ފުވައްމުލަކުގެ އާސާރުތައް ނުބެލެހެއްޓި ނެތިދަނީ

ފުވައްމުލަކު ކެޑޭރެ މިސްކިތް؛ މިއީ އެރަށުގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއް -- ފޮޓޯ: މިރާޝް/ އަދަދު

ފުވައްމުލަކު ކެޑޭރެ މިސްކިތް؛ މިއީ އެރަށުގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއް -- ފޮޓޯ: މިރާޝް/ އަދަދު

ފުވައްމުލައް ސިޓީގައި ހުރި ގިނަ އާސާާރުތައް ނުބެލެހެއްޓުމުގެ ސަބަބުން ނެތިދިއުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ފުވައްމުލަކުގެ އާސާރީ ތަންތަނުގެ ތެރޭގައި ހަވިއްތަ، ގެން މިސްކިތް، ވަށޮވެޔޮ އަދި ކެޑޭރެ މިސްކިތް ވެސް ހިމެނެ އެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު "އަދަދު" އަށް ވިދާޅުވީ، އާސާރީ ތަންތަން އެކަށީގެންވާ ގޮތަކަށް ބެލެހެއްޓިފައެއް ނެތް ކަމަށެވެ.

މޭޔަރު ވިދާޅުވީ އޭގެ އެއް ގޮންޖެހުމަކީ ބޭނުންވާ ފައިސާ ނުލިބުން ކަމަށެވެ. އެގޮތުން، އާސާރީ ތަންތަން ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަމިއްލަ ފަރާތްތަކާ ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ވިސްނުމަކީ] ރަށުގައި ހުރި އާސާރީ ތަރިކަތަކާ އެއްޗެހި އެއްތަނެއްގައި ބަހައްޓަފައި އެ އެއްޗެހި ބެލެހެއްޓޭނެ ގޮތެއް ހެދުން،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ކައުންސިލުގެ ވިސްނުމަކީ ރަށުގައި ހުރި އާސާރީ ތަކެތި އެއްތަނެއްގައި ބަހައްޓައިގެން ބެލެހެއްޓޭނެ ގޮތަކަށް މިއުޒަމެއް ހެދުން ކަމަށެވެ. އަދި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެތަންތަން ބަލަން ވެސް ފުރުސަތު ދިނުން ކަމަށެވެ. އެހެންކަމުން އެކަންކަން ކުރުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ގެން މިސްކިތު ވެޔޮ؛ އާސާރީ ތަންތަން ނުބެލެހެއްޓުމުގެ ސަބަބުން ނެތިދދިއުމުގެ ބިރުވަނީ ބޮޑުވެފައި -- ފޮޓޯ: މިރާޝް/ އަދަދު
ފުވައްމުލަކު ގެން މިސްކިތު ވެޔޮ؛ އާސާރީ ތަންތަން ނުބެލެހެއްޓުމުގެ ސަބަބުން ނެތިދދިއުމުގެ ބިރުވަނީ ބޮޑުވެފައި -- ފޮޓޯ: މިރާޝް/ އަދަދު

ފުވައްމުލަކު ގެން މިސްކިތު ވެޔޮ؛ އާސާރީ ތަންތަން ނުބެލެހެއްޓުމުގެ ސަބަބުން ނެތިދދިއުމުގެ ބިރުވަނީ ބޮޑުވެފައި -- ފޮޓޯ: މިރާޝް/ އަދަދު

ފުވައްމުލަކުގެ އާސާރީ ތަންތަން ބެލެހެއްޓުމުގައި ދިމާވާ އަނެއް ގޮންޖެހުމަކީ ތަޖުރިބާކާރުންގެ ލަފާ ނުލިބުމެވެ. މޭޔަރު ވިދާޅުވީ އާސާރީ ތަންތަން ބެލެހެއްޓެނީ އެކަމުގެ ތަޖުރިބާއާއި އިލްމު ހުރި މީހުންގެ ލަފައާއެކު ކަމަށެވެ.

"މިސާލަކަށް ގެން މިސްކިތް. އަސްލު ގެއްލޭގޮތަށް ހުރީ ބައެއް އެކްސްޓެންޝަން ހަދާފައި، ދަގަނޑު ޖަހައިގެން. އަޅުގަނޑުމެން އައި ފަހުން އެތަންތަން ރޫޅާފަ، ތަންކޮޅެއް އަސްލާ އެއްގޮތަށް ހުންނާނެ ބަދަލުކޮށްފައި،" ތަޖުރިބާކާރުންގެ ލަފައާ ނުލާވެސް ބައެއް އާސާރީ ތަންތަން ބެލެހެއްޓުމުގެ ކަންކަން ކުރިކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެން މިސްކިތް އަސްލާ އެއްގޮތަށް މަރާމާތު ކުރި ނަމަވެސް، އެފަދަ ތަންތަން ރަނގަޅަށް ގިނަ ދުވަހު ބެހެއްޓޭނެ ގޮތަކަށް ހެދުމުގެ "އެކްޕާޓީޒް ނޮލެޖެއް" ނެތް ކަމަށެވެ. އަދި މިކަމުގައި މިނިސްޓްރީގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އާސާރީ ދަފްތަރުގައި ހުރި ތަންތަނަކީ މިނިސްޓްރީގެ ވެސް ބޮޑު ޒިންމާއެއް އޮންނަ ތަނެއް. ތަންތަން ހިމާޔަތްކޮށް ބެލެހެއްޓުމަށް މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާނެ،" ހެރިޓޭޖް މިނިސްޓްރީން ވެސް ފަންޑާއި، ކަމުގެ އިލްމު ތިބި މީހުންގެ ހިދުމަތް ކައުންސިލަށް ލިބޭނެ ގޮތް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox