މައުންޓް ވިއްކާލަން ޗެލްސީން ބުނާ އަގުދޭން ޔުނައިޓެޑް ތައްޔާރު

Mar 10, 2023, 9:50 AM
މައުންޓް ވިއްކާލަން ޗެލްސީން ބުނާ އަގުދޭން ޔުނައިޓެޑް ތައްޔާރު

ލަންޑަން (މާޗް 10) - ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ މިޑްފީލްޑަރު، މޭސަން މައުންޓް ވިއްކާލަން އެ ކްލަބުން ކިޔާ އަގުދޭން މެންޗެސްޓާ ޔުނައިޓެޑުން ތައްޔާރަށް އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނުގައި މިހާތަނަށް އާ ކުޅުންތެރިން ހޯދަން ދެ ޓްރާންސްފާ މާކެޓްގައި 600 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ޗެލްސީން މި އަހަރުގެ ޖޫން 30 ގެ ކުރިން ކްލަބުން ބައެއް ކުުޅުންތެރިން ވިއްކާލައި، އެ ކްލަބްގެ ހަރަދުގެ ކަންކަން ގަވާއިދަށް ފަންތަން ޖެހެ އެވެ.

އެ ގޮތުން، އެ ކަންކަން ހަމަޖެއްސުމުގެ ގޮތުން މި ސީޒަން ނިމުމުން ބައެއް ކުުޅުންތެރިން ވިއްކާލާނެ އެވެ. އޭގެ ތެރޭގައި، 24 އަހަރުގެ މައުންޓް ވެސް ހިމެނެ އެވެ.

Advertisement

މައުންޓްގެ ސޮއި ހޯދުމުގެ ރޭހުގައި ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލްގެ ނަން ކުރިން އައި ނަމަވެސް މިހާރު އެ ރޭހަށް ޔުނައިޓެޑް ވެސް ވަނީ ވަދެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އޮތީ ޗެލްސީން މައުންޓް ވިއްކާލަން ކިޔާ 50 މިލިއަން ޕައުންޑް (64 މިިލިއަން ޑޮލަރު) ދޭން ވެސް ތައްޔާރަށެވެ.

ލިވަޕޫލުން މައުންޓް ގަންނަން ބޭނުންވަނީ 40 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނިއުކާސަލް އިން ރަސްމީކޮށް މައުންޓް ގަންނަން ވާހަކަ ދައްކަން ފަށާނީ މި ސީޒަން ނިމުމުން ކަމަށް އެ ކްލަބްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

ނެދަލެންޑްސްގެ ވިޓެސޭ އާހެމް އާއި އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ޑާބީ ކައުންޓީ އަށް ލޯން އުސޫލުން ކުޅެން ފެށި މައުންޓް އަށް ޗެލްސީ ޓީމުން ފުރުސަތު ލިބެން ފެށީ ފްރޭންކް ލަމްޕާޑް، 2019 ވަނަ އަހަރު ޗެލްސީ ކޯޗަކަށް ހުރިއިރު އެވެ.

އޭގެ ފަހުން، ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ގިނަ ކާމިޔާބީތަކެއް ހޯދިއިރު، މައުންޓް އިސް ރޯލެއް ކުޅުނެވެ.

އެކަމަކު، މި ސީޒަނުގެ މެދުތެރެއިން ޓުޗެލް ވަކިކޮށް، ގްރަހަމް ޕޮޓާ ޗެލްސީއާ ހަވާލުވި ފަހުން މައުންޓަށް އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބި ކުޅުމަށް ވަނީ އަސަރުކޮށްފަ އެވެ. މައުންޓް، މި ސީީޒަނަށް ފަހު ކްލަބް ބަދަލުކުރާއިރު، އެންމެ ބޮޑަށް ވިސްނާނީ ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކާ ގުޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox