ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމުން އެމްބާޕޭގެ ކުރިމަގާ މެދު ސުވާލެއް

Mar 9, 2023, 3:51 AM
ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމުން އެމްބާޕޭގެ ކުރިމަގާ މެދު ސުވާލެއް

މިއުނިކް (މާޗް 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ލެގުގައި ވެސް ބަޔާން މިއުނިކް އަތުން ޕީއެސްޖި ބަލިވެ، އެ ޓީމު މުބާރާތުން ކެޓުމާ އެކު އެ ކްލަބްގައި ކީލިއަން އެމްބާޕޭގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުއުފެދިއްޖެ އެވެ.

މިދިޔަ މަހު ފުރަތަމަ ލެގުގައި ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބަޔާން އަތްދަށުވެފަ އެވެ. ނަތީޖާ ނެރެން ޖެހޭ މެޗަކަށް ޕީއެސްޖީން ރޭ ނުކުތީ ބަޔާން ދަނޑަށެވެ. އެ މެޗުން ބަޔާން ވަނީ 2-0 އިން ޕީއެސްޖީ ބަލިކޮށް ކުއާޓާގެ ޖާގަ ހޯދައިފަ އެވެ.

ރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޕީއެސްޖީގެ ތަރި އެމްބާޕޭ އަށް އަމާޒުވި ސުވާލަކީ މި ސީޒަނުގައި ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ނުހޯދިއްޖެނަމަ އޭނާ އެ ޓީމުގައި މަޑުކުރާނެތޯ އެވެ.

އެމްބާޕޭ ބުނީ އޭނާ އެ ކްލަބްގައި ދެމިހުރުން އޮތީ އެއް މުބާރާތަކަށް ބަލައިގެން ކަމަށްވާނަމަ އެއީ އިހުތިރާމް ކުޑަ ނިންމުމަކަށް ވާނެ ކަމަށެވެ. ރޭގެ ނަތީޖާ އަށް ފަހު ޕީއެސްޖީ މުބާރާތުން ކެޓުމާ އެކު އަނެއްކާ ވެސް އެމްބާޕޭގެ ކުރިމަގާ ގުޅޭގޮތުން މީޑިއާ އިން ސުވާލު އަމާޒުކުރަން ފެށި އެވެ.

"އަހަރެން މި ހުރީ ހަަމަޖެހިގެން. ދެން ޔަގީނުން ވެސް މި ސީޒަނުގައި އަހަރެން ވިސްނާނީ ޕީއެސްޖީއާ އެކު ލީގު ކާމިޔާބުކުރަން. ދެން އެ އަށް ފަހު ދެން ތި ހުރި ކަންކަމަށް ވިސްނާނީ،" ޕީއެސްޖީއާ އެކު 2025 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ، 24، ބުންޏެވެ.

އެމްބާޕޭ ބުނީ ޕީއެސްޖީ ބަލިވިޔަސް އެ ޓީމުން ވަނީ ދެއްކޭނެ އެންމެ ރަނގަޅު ކުޅުން ދައްކަން މަސައްކަތް ކޮށްފަ އެވެ. އަދި އެ ޓީމު ބަލިވީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން އެކުލަވާލާފައި އޮތް ވަރުގަދަ ޓީމެއް އަތުން ކަމަށާއި ބަޔާނަކީ ތަފާތު ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ކަަމަށެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ޑިފެންޑަރު، މާކީނިއޯސް އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުން ދެން އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އެމްބާޕޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox