ބަޔާނުން ޕީއެސްޖީ ކަޓުވާލައިފި، 11 އަހަރަށް ފަހު މިލާން ކުއާޓާ އަށް

Mar 9, 2023, 2:57 AM
ބަޔާނުން ޕީއެސްޖީ ކަޓުވާލައިފި، 11 އަހަރަށް ފަހު މިލާން ކުއާޓާ އަށް

ޕެރިސް (މާޗް 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ވެސް ބަޔާން މިއުނިކުން 2-0 އިން ޕީއެސްޖީ ބަލިކޮށް އެ ޓީމު މުބާރާތުން ކަޓުވާލިއިރު، 11 އަހަރަށް ފަހު އޭސީ މިލާނުން މުބާރާުތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު، ބަޔާން ވަނީ 3-0 އިން ޕީއެސްޖީގެ މައްޗަށް ކުރިހޯދައިފަ އެވެ. ޕީއެސްޖީ މި ވަނީ އެންމެ ފަހުން ކުޅުނު ހަތް ސީޒަނުގެ ތެރެއިން ފަސް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރާ ހަމައިން ކަޓައިފަ އެވެ. މިލާނުން ރޭ ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، އެގްރިގޭޓުން ކުރިހޯދީ 1-0 އިންނެވެ.

ފުރަތަމަ ލެގުގައި ޕީއެސްޖީ އަމިއްލަ ދަނޑުގައި ބަލިވެފައި އޮތުމުން ރޭގެ މެޗުން މޮޅުވާން ޖެހޭތީ އެ ޓީމު ފުރަތަމަ މިނިޓުން ފެށިގެން ވެސް ފެނިގެންދިޔައީ ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ތަނެވެ. އެ ގޮތުން، ރޭގެ މެޗުގައި ޕީއެސްޖީ އަށް ގޯލު ޖަހައިދޭން އެ ޓީމުގެ ވިޓީނިއާ އަށް ލިބުނު ހުސް ފުރުސަތުން އޭނާ ޖެހި ބޯޅަ ބަޔާނުގެ ޑިފެންޑަރު، މަަތައިސް ޑި ލިޓް ވަނީ ސަލާމަތްކޮށްފަ އެވެ. ބަޔާންގެ ކީޕަރު، ޔެން ސޮމާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ވިޓީނިއާ ޖެހި ޝޮޓް، ޑި ލިޓް ވަނީ ޓެކަލްކޮށްފައި ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.

ބަޔާނުން މި މެޗުގައި ދެ ލަނޑު ވެސް ޖެހީ ދެ ވަަނަ ހާފުގަ އެވެ. އެ ގޮތުން ފުރަތަމަ ބަޔާނުން އެރިކް މެކްސިމް ޗުޕޯ-މޯޓިން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އައި ނިންމުމެކެވެ. އެކަމަކު، މެޗުގެ 61 ވަނަ މިނިޓްގައި ޕީއެސްޖީ އޭރިއާ ރޮނގުކައިރިން ބޯޅައެއް ހޯދައި، ބަޔާނުގެ ލެއޯން ގޮރެޓްޒްކާ ބޯޅަ ހޯދައި، ހުސްކޮށް ހުރި ޗުޕޯ-މޯޓިން އަށް ދީގެން ވަނީ ގޯލު ޖަހައި، ލީޑުނަގައިފަ އެވެ. ޗޫޕޯ-މޯޓިން އަކީ 2020 ވަނަ އަހަރުގެ ފައިނަލުގައި ޕީއެސްޖީ ޖޯޒީގައި ބަޔާނާ ދެކޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.

ޕީއެސްޖީ އަށް އެއްވަރުކޮށްދޭން ލިއޮނަލް މެސީގެ ކޯނަރަކުން ސާޖިއޯ ރާމޯސް ބޮލުން ޖެހި ބޯޅަ ކީޕަރު ސޮމާ ވަނީ ހުއްޓުވައިފަ އެވެ. ބަޔާނުން ކުއާޓާގެ ޖާގަ ޔަގީންކުރީ މެޗު ނިމެން އެއް މިނިޓަށް ވެފައި ހުއްޓައި، ސާޖް ގްނާބްރީ ޖެހި ގޯލުންނެވެ.

ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ރޭގެ މެޗަށް އެ ޓީމުގެ ބެންޗަށް އަ އެވެ. ގޯލްބްލެޑާ ސާޖަރީ އަށް ފަހު ރިކަވާވުމަށް އާއިލާ ގާތުގައި ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު ކޮންޓޭ ރޭގެ މެޗަށް ބެންޗަށް އައީ މި މެޗުން މޮޅެއް ހޯދައިގެން ނޫން ގޮތަކަށް ޓޮޓެންހަމަށް މުބާރާތުގައި ކުރިއަށް ދެވޭނެ ނެތުމުންނެވެ. މި މެޗުގައި ގޯލެއް ޖަހަން ޓޮޓެންހަމް އިން ފޮނުވާލި ގިނަ ބޯޅަތަކެއް އޭސީ މިލާން ގޯލުގައި ހުރި ފްރާންސްގެ ކީޕަރު މައިކް މައިންގްނޯން ވަނީ މަތަކޮށްފަ އެވެ.

މިލާނަށް ގޯލެއް ޖަހައިދޭން ޑިވޮކް އޮރީގީ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި މި މެޗު ޓޮޓެންހަމް އިން ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ގޮތުން، މެޗުގެ 78 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ޑިފެންޑަރު، ކްރިސްޓިއަން ރޮމޭރޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

މި ފަހަރުގެ ކުރިން މިލާން، ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން، ކުއާޓާ ފައިނަލު ކުޅުނީ 2011-2012 ވަނަ އަހަރުގެ ސީޒަނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox