ބަޔާނާ ދެކޮޅަށް ނަތީޖާ އަނބުރާލަން ޕީއެސްޖީގެ ހަތިޔާރަކީ އެމްބާޕޭ

Mar 8, 2023, 4:31 AM
ޕީއެސްޖީގެ ޕްރެކްޓިހެއްގެ ތެރެއިން އެމްބާޕޭ (ކ) އާއި ގަލްޓިއޭ.

ޕީއެސްޖީގެ ޕްރެކްޓިހެއްގެ ތެރެއިން އެމްބާޕޭ (ކ) އާއި ގަލްޓިއޭ.

މިއުނިކް (މާޗް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުުރުގެ ދެ ވަނަ ލެގުގައި މިރޭ ބަޔާން މިއުނިކާ ދެކޮޅަށް ނަތީޖާ އަނބުރާލަން ޕީއެސްޖީން ބަރޯސާވާނެ ހަތިޔާރަކީ އެ ޓީމަށް ކުޅޭ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފި އެވެ.

މި ދިޔަ މަހު ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި ބަޔާން އަތުން 1-0 އިން ބަލިވެފަ އެވެ. އެހެންކަމުން، މިރޭ ރަނގަޅު ނަތީޖާ އަކުން ބަޔާން ދަނޑުގައި މޮޅުވެގެން ނޫން ގޮޮތަކަށް ޕީއެސްޖީ އަކަށް މުބާރާތުގައި ކުރިއަށް ދެވޭނެ މަގެއް ނެތެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ކޯޗު ގަލްޓިއޭ ބުނީ ނަތީޖާ އަނބުރާލަން ބޭނުންވާ ފެންވަރު ޕީއެސްޖީގެ ޓީމުގައި އެބަހުރި ކަމަށާއި ބަރޯސާވާނެ ކުޅުންތެރިއެއް ހޯދާނެ ހާލަތެއް އައިސްފިނަމަ އެ ކުޅުންތެރިއަކަށް ވާނީ އެމްބާޕޭ ކަމަށެވެ.

Advertisement

"ފުރަތަމަ ލެގުގައި ކުޅުނު ވަރަށް ވުރެ ރަނގަޅު ފުޓްބޯޅައެއް ޔަގީނުން ވެސް އަހަރެމެން ކުޅެން ޖެހޭ. އެ އަށް މަސައްކަތް ކުރަން މި އުޅެނީ. އަހަރެމެންގެ އެބައޮތް ގޭމްޕްލޭނެއް، ދެން އަހަރަމެންގެ ޓީމުގައި އެބަހުރި ކީލިއަން (އެމްބާޕޭ)،" ގަލްޓިއޭ ބުންޏެވެ.

ބަޔާނާ ދެކޮޅަށް ފުރަތަމަ ލެގުގައި އެމްބާޕޭ ކުޅެން އެރީ ބަދަލަކަށެވެ. އެ މެޗުގައި އެމްބާޕޭ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މި ސީޒަނުގައި 30 މެޗުން 30 ގޯލު ޖަހާފައިވާ އެމްބާޕޭ މި ވަގުތު ހުރި ފޯމަށް ބަލާއިރު، އޭނާ އަށް ތަފާތު ދެއްކޭނެ ކަމަށް ގަލްޓިއޭ ގަބޫލުކުރެ އެވެ.

މިރޭގެ މެޗުން ޕީއެސްޖީ އަށް ކުރި ނުހޯދި އެ ޓީމަށް ޗެމްޕިއަންސް ލީގު ނިމިއްޖެނަމަ، މި ސީޒަނަށް ފަހު އެމްބާޕޭ އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، އެމްބާޕޭ ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ނިންމަނީ ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގުގައި ވާ ގޮތަކުން ކަމަށް ވާނަމަ އެއީ ވަރަށް އިހުތިރާމް ކުޑަ ނިންމުމެއް ކަމަށެވެ.

ޕީއެސްޖީގައި އެމްބާޕޭ، މަޑުކޮށްގެން ހުރީ އެ ކްލަބްގެ ޕްރޮޖެކްޓާ މެދު ހިތް ރުހޭތީ ކަމަށް ވަނީ ބުނެފަ އެވެ.

އަނިޔާގެ ސަބަބުން ޕީއެސްޖީގެ ތަރި ނޭމާ އަށް ސީޒަން ނިމިފައިވާއިރު، އެއީ ޓީމަށް އަންނާނެ ކިހާ ބޮޑު އުނިކަމެއްތޯ ސުވާލުކުރުމުން ގަލްޓިއޭ ބުނީ ޔަގީނުން ވެސް އެއީ ގެއްލުމެއް ކަމަށާއި އެކަމަކު، ނެތް ކުޅުންތެރިއެއްގެ ވާހަކަ މާ ބޮޑަށް ދައްކައިގެން ނެގެޓިވް ކަމެއް ސިކުނޑީގައި ހަރުލެއްވުމަށް ވުރެ، ރަނގަޅަށް މެޗަށް ފޯކަސް ކުރަން ބޭނުންވާ ކަމަށެވެ.

ބަޔާނާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox