ގައުމީ އެތުލީޓުންނަށް ހާއްސަ ޖިމެއް ހުޅުވަނީ

Mar 8, 2023, 4:04 AM
ގައުމީ އެތުލީޓުންނަށް ހާއްސަ ޖިމެއް ހުޅުވަނީ

ގައުމީ ކުޅިވަރު އެތުލީޓުންނަށް ހާއްސަކޮށް ހުޅުމާލޭގައި ޖިމް އެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މި ގޮތަށް ވިދާޅުވީ މިދިޔަ ހަފްތާގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.

"ނެޝަނަލް ޓީމުތަކުގެ އެތުލީޓުންނަށް އިރާދަކުރެއްވިއްޔާ ޖިމްގެ ހިދުމަތް ރަސްމީކޮށް، ހަމައެކަނި ގައުމީ އެތުލީޓުންނަށް ހާއްސަ ކުރެވިގެން ޖިމް އެއް ހުޅުމާލޭގައި އަންނަ ހަފްތާގައި ހުޅުވިގެންދާނެ،" މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވި އެވެ.

Advertisement

"މި ހުންނަނީ ވަރަށް ކުދި ކުދި ކަންކަން. އަޅުގަނޑު ގޮސްފައި ޖިމް އަށް ވަންނައިރުގައި އެ ތަނުން ބާސްކެޓް އެސޯސިއޭޝަންގެ އެތުލީޓުންގެ ތަމްރީން ހަދާތަން ފެންނަނީ އެ ކުދިން އުޅެން ޖެހެނީ ވަރަށް ދަތި ހާލެއްގައި، މިއީ، އަޅުގަނޑުމެންގެ ކުޅިވަރު އޮތް (ހާލަތުން) ކުޑަ ކަމެއް ހަގީގަތުގައި. އެކަމު، އަޅުގަނޑު ގަބޫލުކުރާގޮތުގައި އޭގެއިން ބޮޑު ބަދަލެއް އަންނާނެ ކަމެއް،"

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުޅުވާ އެ ޖިމް ހިންގުމުގެ ޒިންމާ ހަވާލުކުރަނީ ގައުމީ ބޮޑީބީލްޑިން އެސޯސިއޭޝަން، ބީބީއޭއެމްއާ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

އެ ގޮތުން ވަކި ޝެޑިއުލެއްގެ ދަށުން ކަންކަން ހަމަޖެއްސުމާއި އެ ޖިމާ ގުޅޭ މުހިންމު ކަންކަމާ ހަވާލުވެފައި އޮތީ ވެސް ބޮޑީބިލްޑިން އެސޯސިއޭޝަނުންނެވެ.

އޮލިމްޕިކް ކޮމިޓީ އަހަރީ އާންމު ޖަލްސާގައި މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ހޯސްޓްކުރުމުގައި ހުންނަ ތަކުލީފުތަކުގެ ތެރެއިން ވަކި ވަކި ކަންކަމަށް ބެލިޔަސް ރަނގަޅު ކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށެވެ.

އެ ގޮތުން، މިހާރު ބައިނަލްއަގުވާމީ މުބާރާތެއް ބާއްވައިރު، ޓީމުތަކުގެ ދަތުރުފަތުރު ކަންކަން ހަމަޖައްސަން ޖެހެނީ އެމްޓީސީސީ އާއި އެމްއެންޑީއެފް ކިބައިން ބަހެއް ހަމަޖައްސަން "ސަލާން ޖެހުމަށް" ކަމަށް ފާހަގަކުރައްވައި، މިނިސްޓަރު މަހުލޫފް ވިދާޅުވީ ގައުމީ ޓީމުތައް ދަތުރުކުރަން ބަހެއްގެ އިންތިޒާމު ހަމަޖައްސައިދޭން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

"އަޅުގަނޑުމެން މުބާރާތެއް ބާއްވާއިރު، މިހާރު އުޅެން ޖެހެނީ އެމްއެންޑީއެފް އަށް އެމްޓީސީސީ އަށް ސަލާން ޖެހުމުގައި ދަތުރު ހަމަޖައްސައިދޭތޯ. އަޅުގަނޑުމެންގެ ނެޝަނަލް ޓީމު ދަތުރުކޮށްލާނެ ބަހެއް ނެތް، އެކަން ވެސް ކޮށްލެވޭތޯ އެބަ އުޅެން. މި ކަހަލަ ބައިވަރު ވަރަށް ކުދި ކުދި ކަންތައް، މި ހުރިހާ ކަމެއް ހަގީގަތުގައި ކުރަނީ އަޅުގަނޑުގެ ވެސް ލޯބި ކުޅިވަރު ކުރިއަރުވާ ކަމެއްގެ ގޮތުގައި އޮތީމަ،" މަހުލޫފް ވިދާޅުވި އެވެ.

"ކުޅިވަރު އެސޯސިއޭޝަނުން ކުޅިވަރުގެ ކުރިއެރުމަށް ކަމެއް ނުކުރެވިގެން ލަސްވެގެން އުޅޭކަން ނުޖެހޭނެ. މިހާރު ބުނަން ޖެހޭނީ ކުޅިވަރެއް ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތް އިތުރަށް ރަނގަޅުކޮށްލަން. މާނަ އަކީ ކޮންމެ ކުޅިވަރެއްގެ ކުރިއެރުމަަށް ވެސް މަސައްކަތް ދަނީ ކުރެވެމުންނޭ،"

ރާއްޖޭގެ ކުޅިވަރުގެ މުސްތަގްބަލްގެ އާ ޖީލު ބިނާކުރުމަށް "އަރުތަ" ޕްރޮގްރާމްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ރަސްމީކޮށް ލޯންޗު ނުކުރި ނަމަވެސް އެ ޕްރޮގްރާމަށް ގިނަ އެތުލީޓުންތަކެއް ވަނީ ނަގައިފަ އެވެ. އެ ޕްރޮގްރާމް ރަސްމީ ސިފައެއްގައި ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި އޭރުން އަމިއްލަ އަށް ހުށަހަޅައިގެން ވެސް "އަރުތަ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް މަހުލޫފް ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox