ނޭޕާލުން އާ ކޯޗާ އެކު މަސައްކަތް ފަށަން ތުރީ ނޭޝަންސް ކަޕެއް ބާއްވަނީ

Mar 8, 2023, 3:14 AM
2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ނޭޕާލް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ނޭޕާލް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޭޕާލް ގައުމީ ޓީމުގެ ކޯޗަކަށް އިންޑިއާގެ ސުޕަ ލީގާއި އައި ލީގުގައި މަސައްކަތް ކޮށްފައިވާ އިޓަލީގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ ހަމަޖައްސައި، އޭނާއާ އެކު މަސައްކަތް ފެށުމުގެ ގޮތުން މި މަހު ތުރީ ނޭޝަންސް އިންޓަނޭޝަަނަލް މުބާރާތެއް ކުޅެން ނިންމައިފި އެވެ.

މި މުބާރާތުގައި ބައިވެރިވަނީ ނޭޕާލްގެ އިތުރުން ބޫޓާނާއި ލާއޯސް އެވެ. މިއީ މީގެ ކުރިން ނޭޕާލުން، 2021 ވަނަ އަހަރު ބަންގްލަދޭޝާއި ބޫޓާނާ އެކު ކުރިއަށްގެންދިޔަ ފޯމެޓަށް ރޭވިފައިވާ މުބާރާތެކެވެ. މުބާރާތް ފަށަން ތާވަލުކޮށްފައިވަނީ މި މަހު 22 ވަަނަ ދުވަހު އެެވެ.

ނުރަނގަޅު ނިންމުންތަކެއްގެ ސަބަބުން ނޭޕާލްގެ ފުޓްބޯޅަ އަށް ގިނަގުނަ ނޭދެވޭ އަސަރުތަކެއް ފާއިތުވި ހަތަރު މަހެއްހާ ދުވަސްތެރޭގައި ކޮށްފައިވާއިރު، ސަރުކާރުގެ އިސްނެގުމާ އެކު ބާއްވާ މި ތުރީ ނޭޝަންސް ކަޕާ އެކު، ނޭޕާލްގެ ފުޓްބޯޅަ ރަނގަޅު މިސްރާބަށް އެޅުވޭނެ ކަމަށް އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) އިން ގަބޫލުކުރެ އެވެ.

މީގެ އިތުރުން އާ ކޯޗު، ވިންޗެންޒޯއާ އެކު ނޭޕާލުން މަސައްކަތް ފަށަން ޖެހޭނީ ފުޓްބޯޅައިގެ ފޯރިގަދަ މާހައުލެއްގައި ކަމަށްވާއިރު، އުންމީދަކީ ރަނގަޅު ފޯމެއްގައި އަންނަ ޖޫން މަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުން ކަމަށް އަންފާގެ އޮފިޝަލަކު، އެ ގައުމުގެ މީޑިއާ އަށް ވަނީ މައުލޫމާތު ދީފަ އެވެ.

2013 ވަަނަ އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.

ތިން އަހަރެއްހާ ދުވަސް ފަހުން ބޫޓާން ބައިނަލްއަގުވާމީ ފުޓްބޯޅަ އަށް

ކޮވިޑް-19ގެ ސަބަބުން ދެކުނު އޭޝިއާ ސަރަަހައްދުގެ ގައުމުތަކުގެ ފުޓްބޯޅަ އަށް ވަނީ ގިނަ ގުނަ ބަދަލުތަކެއް އަތުވެފަ އެވެ. އޭގެތެރެއިން އެންމެ ބޮޑު ގޮންޖެހުންތަަކަކާ ކުރިމަތިލީ ބޫޓާން އެވެ.

އެ ގޮތުން، ބޫޓާނުން އެންމެ ފަހުން ބައިނަލްއަގުވާމީ މެޗެއް ކުޅެފައިވަނީ 2019 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ގުއާމާ ދެކޮޅަށެވެ. ކޮވިޑް-19އާ ހެދި 2021 ވަނަ އަހަރު ރާއްޖޭގައި ހޯސްޓްކުރި ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ނުކުޅެ އެވެ.

ބޫޓާން ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ވަނީ މި މަހު ނޭޕާލުގައި ބާއްވާ ތުރީ ނޭޝަންސް ކަޕްގައި ކުޅޭނެ ކަމަށް އިއުލާނުކޮށްފަ އެވެ. އޭގެ އިތުރުން ޖޫން މަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން ވެސް ބޫޓާން ފެންނާނެ ކަމަށް އިއުލާނުކޮށްފައިވާއިރު، އޭގެ އިތުރުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ވެސް ބޫޓާނުން ވަނީ ނިންމައިފަ އެވެ.

ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ކަންކަމަށް ބަލާއިރު، މި މަސް ތެރޭ ޕާކިސްތާނާއި ރާއްޖޭން އެކުވެރިކަމުގެ މެޗެއް ކުޅެން ވަނީ ރާވައިފަ އެވެ. ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރުމުގެ ކުރިން އިންޑިއާ އިން ހީރޯ އިންޓަ ކޮންޓިނެންޝިއަލް ކަޕްގެ ނަމުގައި މުބާރާތެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox