ޕޮޓާ މަސައްކަތްކުރަނީ ހަމައެކަނި ޗެލްސީގެ ވަޒީފާ ސަލާމަތްކުރާކަށް ނޫން

Mar 7, 2023, 4:34 AM
ޕޮޓާ މަސައްކަތްކުރަނީ ހަމައެކަނި ޗެލްސީގެ ވަޒީފާ ސަލާމަތްކުރާކަށް ނޫން

ލަންޑަން (މާޗް 7) - މިހާރު ކުރިއަށްދާ މެޗުތަކުގައި މަސައްކަތްކުރަމުން އަންނައިރު، ފޯކަސް ބަހައްޓަނީ ހަމައެކަނި ޗެލްސީގެ ވަޒީފާ ސަލާމަތްކުރަން ނޫން ކަމަށް ޗެލްސީގެ ކޯޗު ގްރަހަޕް ޕޮޓާ ބުނެފި އެވެ.

އެންމެ ފަހުން ޗެލްސީ ކުުޅުނު މެޗުން އިނގިރޭސި ޕްރިމިއާ ލީގުގައި 1-0 އިން ލީޑްސް ޔުނައިޓެޑް އަތުން މޮޅުވިއިރު، މިއީ 50 ވަރަކަށް ދުވަހުގެ ތެރޭގައި ކުޅުނު 8 މެޗުގެ ތެރެއިން ޗެލްސީން މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ޕްރެޝަރު ހާލަތެއްގައި އޮވެ، ހޯދުނު އެ މޮޅަކީ ހިތްހަމަ ޖެހުމެއް ކަމަށް ޕޮޓާ ވަނީ ބުނެފަ އެެވެ.

"ތެދެއް، މޮޅުވުމަކީ ފުޓްބޯޅައިގައި ކުރިއަށްދާން ލިބޭ ހިތްވަރެއް. އެކަމަކު، މީގެ އަހަރެމެންނަށް ލީޑްސް މެޗު މޮޅުވެގެންނޭ ކިޔާފައި ފަސޭހަކޮށްލެވޭ ކަމަށް ނުދެކެން. ފުޓްބޯޅައިގައި އެއް މެޗުން އަނެއް މެޗަށް ފޯކަސް ބެހެއްޓުން އެންމެ މުހިންމު ކަމަކީ، ވަރަށް ގާތްގާތުގައި އެއް މެޗުން އަނެއް މެޗަށް ފޯކަސް ބަދަލުކުރަން މި ޖެހެނީ،" ޕޮޓާ ބުންޏެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލީޑްސް އާއި ޑޯޓްމަންޑް އަތުން ޗެލްސީ ކުރިހޯދައިފިނަމަ ޕޮޓާ އަށް ޗެލްސީގެ ކޯޗުގެ މަގާމުގައި ދެމިހުރެވޭނެ އެވެ.

ޑޯޓްމަންޑް އަތުން ޗެލްސީ ވަނީ ފުރަތަމަ ލެގުގައި 1-0 އިން ބަލިވެފަ އެވެ. އެ ނަތީޖާ އަނބުރާލައި، ޗެލްސީން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިނަމަ މިއީ ޕޮޓާ އަށް ޗެލްސީގައި މަޑުކުރަން ބޭނުންވާ ހުރިހާ ކަމެއް ބަދަލުވާނެ ހާލަތެއް ގެނެވޭނެ ފުރުސަތެއް އޮތް މެޗެއް ނޫންތޯ ސުވާލުކުރުމުން އެ އަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހެދި އެވެ.

"ތި ހީކުރަނީ އަހަރެންގެ ހުރިހާ ފޯކަސް އެއް ހުރީ ވަޒީފާ ސަލާމަތްކުރަންތޯ؟ ނޫން، އެހެނެއް ނޫން. އަހަރެން ބޭނުމީ ޗެލްސީ އަށް ރަނގަޅު ގޮތް، އަހަރެން ކޯޗުކޮށްދޭ ޓީމަށް ކާމިޔާބު، އަހަރެން އަބަދުވެސް މި ބުނަނީ ގުޅިގެން މަސައްކަތް ކޮށްފިއްޔާ މެޗުތަކަކުން މޮޅުވެގެން މި ހާލަތު ބަދަލުކުރެވޭނެއޭ،" ބްރައިޓަން ދޫކޮށް މި ސީޒަނުގައި ޗެލްސީއާ ހަވާލުވި ޕޮޓާ ބުންޏެވެ.

ޗެލްސީން މިރޭ ޑޯޓްމަންޑް ކައިރިން ނަތިޖާ އަނބުރާލަން ބޭނުންނަމަ ޑިސެމްބަރު 27 ގެ ފަހުން ފުރަތަމަ ފަހަރަށް އެއް މެޗެއްގައި އެއް ގޯލަށް ވުރެ އިތުރަށް ޖަަހަން ޖެހޭނެ އެވެ. ޗެލްސީން އެންމެ ފަަހުން އެއް މެޗެއްގައި އެއް ގޯލަށް ވުރެ އިތުރަށް ޖެހީ ޑިސެމްބަރު މަހު 27 ގައި ޕްރިމިއާ ލީގުގައި ބޯންމައުތު އަތުން 2-0 އިން މޮޅުވި މެޗުގަ އެވެ.

މިރޭގެ މެޗަށް ޗެލްސީ ނުކުންނައިރު، އަނިޔާއިން ރަނގަޅުވެގެން އެންގޯލޯ ކާންޓޭ އަންނަނީ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ. އަނެއްކޮޅުން، ޗެލްސީގެ ރީސް ޖޭމްސް އާއި ކްރިސްޓިއަން ޕުލިސިޗް ވެސް މި މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox