ލިވަޕޫލުން 7 ގޯލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި

Mar 5, 2023, 7:58 PM
ލިވަޕޫލުން 7 ގޯލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި

ލިވަޕޫލް (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން 7-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

މިއީ ޔުނައިޓެޑާއި ލިވަޕޫލްގެ ކުރިމަތިލުމެއްގައި މިހާތަނަށް ތާރީހުގައި ވެސް ނުކުތް އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އެ ގޮތުން، މީގެ ކުރިން 1895-1896 ވަނަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ލިވަޕޫލުން ވަނީ 7-1 އިން ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަނެއްކޮޅުން، މިއީ ޔުނައިޓެޑްގެ އެންމެ ފަރަގު ބޮޑު އެއް ބައްޔެވެ. މީގެ ކުރިން ހަތަރު ފަހަރު ޔުނައިޓެޑް ވަނީ 7-0 އިން ބަލިވެފަ އެވެ. އެންމެ ފަހުން އެ ވަރުގެ ފަރަގަކުން ބަލިވީ 1931 ވަނަ އަހަރު ވުލްވްސް އަތުންނެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން ލިވަޕޫލުން ދިޔައީ ފުރުސަތު ތަނަވަސްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ޔުނައިޓެޑަށް ލިބުނު ފުރުސަތެއްގައި އެ ޓީމުގެ ބްރޫނޯ ފެނާންޑޭސް އަށް ހުސްކޮށް ލިބުނު ފުރުސަތުން ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އަދި ފޯމުގައި ހުރި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ލިބުނު ބޯޅަ ވެސް ރަނގަޅަށް ފޮނުވާނުލެވުނެވެ.

Advertisement

މެޗުގައި ލިވަޕޫލަށް ލީޑުނަގައިދިނީ މި ސީޒަނުގައި ޔުނައިޓެޑުން ގަންނަން އުޅެނިކޮށް ލިވަޕޫލުން ހައިޖެކް ކުރި ޑީލެއްގެ ދަށުން ސޮއިކުރި ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ގަކްޕޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، ދެ މިނިޓް ތެރޭ، މެޗުގެ 47 ވަނަ މިނިޓްގައި ޑާވިން ނޫނޭޒް ވަނީ ބޮލުން ގޯލެއް ޖަހައި، ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ސަލާހު ދިން ބޯޅައަަކަށް އަރައި، ގަކްޕޯ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހި އެވެ.

މުހައްމަދު ސަލާހު ވަނީ މެޗުގެ 66 ވަނަ މިނިޓްގައި ޔުނައިޓެޑްގެ މިޑްފީލްޑަރުން އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ސަލާހު ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި ޖޯޑަން ހެންޑަަސަން ނެގި ހުރަހަކުން ނޫނޭޒް ބޮލުން ގޯލެއް ޖަހައި، ލިވަޕޫލަށް ފަސް ވަނަ ގޯލު ޖަހައިދިނެވެ. ސަލާހު ވަނީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައި މެޗުގެ 83 ވަނަ މިނިޓްގައި ލިވަޕޫލްގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. މި ގޯލު ޖެހި ސަލާހު ވެފައިވަނީ 129 ގޯލާ އެކު ޕްރިމިއާ ލީގުގައި ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށެވެ.

ލިވަޕޫލްގެ ހަތް ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ރޮބާޓޯ ފިރްމީނޯ އެވެ. މިއީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ފިރްމީނޯ ޖެހި ގޯލެކެވެ.

މި މޮޅާ އެކު ލިވަޕޫލް ފަސް ވަނައިގައި އޮތީ 25 މެޗުން 42 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 25 މެޗުން 49 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox