ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ލިވަޕޫލަށް ހުރިހާ ގޮތަކުން ވެސް ހާއްސަ

Mar 5, 2023, 8:52 AM
ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ލިވަޕޫލަށް ހުރިހާ ގޮތަކުން ވެސް ހާއްސަ

ލަންޑަން، (މާޗް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަކީ ވާދަވެރިކަމުގެ ތެރެއިންނާއި އެހެން ހުރިހާ ގޮތްގޮތުން ވެސް ހާއްސަ އަދި "ބޮޑު" މެޗެއްގެ ގޮތުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ސިފަކޮށްފި އެވެ.

އިނގިރޭސި ފުޓްބޯޅަައިގެ އެންމެ ވާދަވެރި ޓިމްތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް މިރޭ ވާދަކުރާއިރު، މިވަގުތު ޔުނައިޓެޑް އޮތީ 49 ޕޮއިންޓާ އެކު ތާވަލްގެ ތިން ވަަނައިގަ އެވެ. ސީޒަންގެ ކުރީކޮޅު އެހާ ރަނގަޅު ނަތީޖާތަކެއް ނުނެރެވުނު ނަމަވެސް ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް މިހާރު ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލާފަ އެވެ. މިރޭ މެޗުން މޮޅުވެ އެ ޓީމަށް ލީގުގެ ފަސް ވަނަ އަށް ޖެހިލެވޭނެ އެވެ.

މިރޭގެ މެޗާ ގުޅޭގޮތުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ލިވަޕޫލުން ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ކޮންމެ މެޗަކީ ވެސް ގިނަ ގޮތްގޮތުން ހާއްސަ އަދި ފޯރިގަދަ މެޗުތަކެއް ކަމަށެވެ، ދެ ޓީމުގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް އެ ޖޯޝަށް ބަދަލެއް ނާންނަ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

Advertisement

އޭނާ ބުނީ މިހާރު ދެ ޓީމް އޮތް ހާލަތަށް ބަލާއިރު ދެ ޓީމަށް ވެސް މެޗުގެ މުހިންމުކަން ބޮޑު ކަމަށެވެ. ލީގު ރޭހުގައި އޮތް ޔުނައިޓެޑަށް މި މެޗުން މޮޅުވާން މުހިންމުވާއިރު، ގަދަ ހަތަރެއްގެ ޓާގެޓްގައި މިހާރު އޮތް ލިވަޕޫލަށް ވެސް މި މެޗުން ރަނގަޅު ނަތީޖާ އެއް ހޯދުން މުހިންމު ކަން ކްލޮޕް ފާހަގަކުރި އެވެ.

ކްލޮޕް ވަނީ މި ސީޒަނަށް ޔުނައިޓެޑްގެ ތައްޔާރީތަކާއި އެ ޓީމުން ބިނާކުރަމުން އަންނަ ޓީމަށް ވެސް ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ ޔުނައިޓެޑުން އެ ތައްޔާރުކުރާ ޓީމަކީ ދިގު މުއްދަތަށް ވިސްނައިގެން ތައްޔާރުކުރާ ޓީމަކަށް ވުރެ ބޮޑަށް މި ދެ ތިން އަހަރު ކާމިޔާބު ހޯދަން ތައްޔާރުކޮށްފައި އޮތް ޓީމެއް ކަމަށެވެ. ޓްރާންސްފާ މާކެޓުން އެ ޓީމުން ގަތް ކުޅުންތެރިންނަށް ބަލާއިރު ވެސް އެކަން ފާހަގަވާ ކަމަށެވެ.

"މިސާލަކަށް ކަސެމީރޯ، އެރިކްސަން، ނޫނީ ވަރާން ވިޔަސް. މި ހުރިހާ ކުޅުންތެރިންނަކީ ވެސް ޒުވާން ކުޅުންތެރިންނެއް ނޫން. ޓެން ހާގަށް އިނގޭ އޭނާ ޓީމް މިހާރު ރެޑީކުރަން ބޭނުންވާ ގޮތް، މިސްރާބު އެނގިގެން އެ ކުރަނީ" ކްލޮޮޕް ބުންޏެވެ.

މި އަހަރުގެ ކުރީކޮޅު ލިވަޕޫލުގެ ނަތީޖާތައް ދަށްކޮށް ފެނުނު ނަމަވެސް މިހާރު އެ ޓީމުން ވަނީ މަޑުމަޑުން ކުޅުން ރަނގަޅުކޮށްފަ އެވެ. އެންމެ ފަހުން ލީގުގައި އެ ޓީމް ކުޅުނު ހަތަރު ބަލިވެފައި ނުވާއިރު، ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ ރަނގަޅު ނަތީޖާއެއް ހޯދޭނެކަމަށް ކްލޮޕް ޔަގީންކުރެ އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ޒަމާންވީ ވާދަވެރިންގެ މެޗަކަށް ނުކުންނައިރު ސަޕޯޓަރުން ވެސް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ލިވަޕޫލްގެ ދަނޑުގައި ކުޅެން ޖެހޭއިރު އެ ސްޓޭޑިއަމްގައި ލިވަޕޫލްގެ ސަޕޯޓަރުން ދައްކަނީ އާ ރޫހެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

ޓެން ހާގް ބުނީ ސަޕޯޓަރުންގެ ފަރާތުން ކޮންމެ ކަހަލަ މަންޒަރެއް ފެނުނު ނަމަވެސް އެންފީލްޑްގައި ކުޅެން ޔުނައިޓެޑުން ޖެހިލުން ނުވާ ކަމަށެވެ. އޭނާ ބުނީ މިހާރު ޔުނައިޓެޑުގެ ކުޅުންތެރިން ވެސް ބޭނުންވަނީ ސަޕޯޓަރުންގެ ޕްރެޝަރާ އެކު ކުޅެ މޮޅުވާން ކަމަށާއި ޔުނައިޓެޑް ގައި އޮތީ އެ ކަހަލަ ޖޯޝެއް ކަަމަށެވެ.

ލީގުގެ ބޮޑެތި ޓީމްތަކާ ދެކޮޅަށް އަމިއްލަ ދަނޑުގައި މި ސީޒަންގައި ޔުނައިޓެޑުން މޮޅުވެފައިވީ ނަމަވެސް ރަށުން ބޭރުގައި ބޮޑު ޓީމެއް އަތުން އަދި ޔުނައިޓެޑް މި ސީޒަންގައި މޮޅެއް ނުވެ އެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް، މެންޗެސްޓާ ސިޓީ، އާސެނަލް އަދި ޓޮޓެންހަމްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދާފައިވާއިރު، ރަށުން ބޭރުގައި އެ ޓީމް ވަނީ އާސެނަލާއި ސީޓީ އަތުން ބަލިވެފަ އެވެ.

ޓެން ހާގު ބުނީ ސީޒަންގެ ބާކީ ހުރި މެޗުތަކުން ބޭނުންވާ ނަތީޖާތައް ހޯދަން ބަލާއިރު ރަށުން ބޭރުގައި ކުޅޭ މެޗުތަކުން ގިނަ ޕޮއިންޓްތަކެއް ހޯދަން ޖެހޭނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 09:30ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox