އެމްބާޕޭގެ ރެކޯޑް ގޯލާ އެކު ޕީއެސްޖީ އަށް މޮޅެއް

Mar 5, 2023, 4:42 AM
ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ހެދުމާ އެކު އެމްބާޕޭ އަށް ދިން ޓްރޮފީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ހެދުމާ އެކު އެމްބާޕޭ އަށް ދިން ޓްރޮފީ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (މާޗް 5) - ކީލިއަން އެމްބާޕޭ، ޕީއެސްޖީގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހެދި ގޯލާ އެކު، ފްރެންޗް ލީގުގައި ރޭ ޕީއެސްޖީން ނޯންޓެސް އަތުން 4-2 އިން މޮޅުވެއްޖެ އެވެ.

ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިިދިނުމުގެ ރެކޯޑް ކުރިން އޮތީ އެޑިންސަން ކަވާނީ އަތުގަ އެވެ. އެއީ 200 ގޯލު ޖަހައިގެންނެވެ. ރޭގެ މެޗުގެ އިތުރު ވަގުތުގައި ނޯންޓެސް ކޮޅަށް އެމްބާޕޭ، 24، ޖެހި ގޯލަކީ ޕީއެސްޖީ އަށް އޭނާ ކާމިޔާބުކޮށްދިން 201 ވަނަ ގޯލެވެ. މޮނާކޯ ދޫކޮށް، 2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު އެމްބާޕޭ ވަނީ އެ ޓީމަށް ކުޅެދިން 247 މެޗުން 201 ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މެސީ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ޕީއެސްޖީން ލީޑުފުޅާކުރި ލަނޑަކީ ނޯންޓެސްގެ ޖޯއެން ހަޖާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ޕީއެސްޖީ އަށް ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމައިނުލެވުނެވެ. އެ ގޮތުން، މެޗުގެ 31 ވަނަ މިނިޓްގައި ނޯންޓެސްގެ ލުޑޮވިކް ބްލާސް ހަނި އޭންގަލުން ގޯލަށް ބޯޅަ ފޮނުވާލައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހި އެވެ. ބްލާސް ޖެހި ބޯޅަ ގޯލަށް ވަނީ ޕީއެސްޖީ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަތުގައި ޖެހިފަ އެވެ. އޭގެ ހަތް މިނިޓް ފަހުން، ކޯނަރެއްގައި ތަނަވަސްކުރި ފުރުސަތެއްގައި އިގްނާޝިއަސް ގަނާގޯ ވަނީ ގޯލު ރޮނގުމަތިން ބޮލުން ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

ޕީއެސްޖީ މޮޅުވީ ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 60 ވަަނަ މިނިޓްގައި ޕީއެސްޖީ އަށް އަލުން ލީޑުނަަގައިދިނީ އޭރިއާތެރެއިން ޑަނީލޯ ޕެރޭރާ ބޮލުން ޖެހި ގޯލުންނެވެ. މިއީ އެމްބާޕޭ ނެގި ހުރަހަކުން ޑަނީލޯ ޖެހި ގޯލެކެވެ. އިތުރު ވަގުތުގައި އެމްބާޕޭ، ޕީއެސްޖީގެ ފަހު ގޯލު ޖެހީ އޭރިއާތެެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox