ސިޓީ އުންމީދުގައި ތިއްބައި، އާސެނަލުން ފަހަތުން އަރައި މޮޅުވެ ހިތްވަރު ދައްކައިފި

Mar 4, 2023, 7:59 PM
ސިޓީ އުންމީދުގައި ތިއްބައި، އާސެނަލުން ފަހަތުން އަރައި މޮޅުވެ ހިތްވަރު ދައްކައިފި

ލަންޑަން (މާޗް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް، މެންްޗެސްޓާ ސިޓީން ލީގުގެ ރޭހުގައި ފަރަގު ކުޑަކުރަން އުންމީދެއްގައި ތިއްބައި، ފަހަތުން އަރައި 3-2 އިން ބޯންމައުތު ބަލިކޮށް ލީގުގެ ކުރީގައި އޮތް އާސެނަލުން ޗެމްޕިއަންކަން ހޯދަން ބޭނުންވާ ހިތްވަރު ދައްކައިފި އެވެ.

ނިއުކާސަލް އަތުން މޮޅުވެ، ސިޓީން ވަނީ މިރޭ އާސެނަލްގެ މެޗުގެ ކުރިން އެ ޓީމާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އާސެނަލުން ޖެހި ގޯލުން މޮޅުވެ، އެ ޓީމުން ވަނީ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ.

އާސެނަލަށް ވަނީ 26 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ އޮތީ 26 މެޗުން 58 ޕޮއިންޓެވެ. ލީގުގެ ރޭހުގައި ދެން އޮތް މެންޗެސްޓާ ޔުނައިޓެޑަށް 24 މެޗުން ވަނީ 49 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑުން މާދަމާރޭ ލިވަޕޫލް ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ސިޓީން ނިއުކާސަލް ބަލިކުރިއިރު، ގޯލުތައް ޖެހީ ފުރަތަމަ ހާފުގައި ފިލް ފޯޑެން އަދި ދެ ވަނަ ހާފުގައި ބެނާޑޯ ސިލްވާ އެވެ. މި މެޗުގައި ގޯލު ޖަހަން ނިއުކާސަލަށް ލިބުނު ފުރުސަތުތައް ބޭނުންނުކުރެވިދިޔައިރު، މިއީ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ކޮޅަށް ގޯލެއް ނުވަދެ، ޕްރިމިއާ ލީގުގައި އޭނާ ފުރިހަމަ ކުރި 100 ވަނަ މެޗެވެ. ކޮޅަށް ގޯލެއް ނުވަދެ، 100 ކްލީންޝީޓް ހަމަކުރުމުގެ ރެކޯޑެއް ޕްރިމިއާ ލީގުގައި އޮތީ ހަ ކީޕަރެއް އަތުގަ އެވެ.

އާސެނަލް ދަނޑުގައި މިރޭ ބޯންމައުތުން ވަނީ ނުވަ ވަނަ ސިކުންތުގައި ފިލް ބިލިންގެ ގޯލުން ލީޑުނަގައިފަ އެވެ. އަދި 57 ވަނަ މިނިޓްގައި މާކޯ ސެނޭސީ ބޮލުން ގޯލެއް ޖަހައި، ބޯންމައުތަށް ލީޑުފުޅާކޮށްދިނެވެ. އާސެނަލް ކޮޅަށް ނަތީޖާ އަނބުރާލުމުގައި ބަދަލަކަށް ކުޅެން އެރި ރީސް ނެލްސަން މުހިންމު ރޯލެއް ކުޅުނެވެ.

އެ ގޮތުން، މެޗުގެ 62 ވަނަ މިނިޓްގައި އާސެނަލަށް ފުރަތަމަ ގޯލު ޖަހައިދިނީ އެމީލް ސްމިތު ރޯވް ދިން ބޯޅައަކުން ތޯމަސް ޕާޓޭ އެވެ. މެޗުގެ 70 ވަަނަ މިނިޓްގައި ނެލްސަން ދިން ބޯޅައަކުން ބެން ވައިޓް އާސެނަލަށް އެއްވަރުކޮށްދިންއިރު، އިތުރު ވަގުތަށް ދެއްކި ހަތް މިނިޓް ވެސް ފުރިހަމަވި ފަހުން ކޯނަރެއްގައި ލިބުނު ފުރުސަތެއްގައި ނެލްސަން ވަނީ އާސެނަލް މޮޅުކޮށްދީފަ އެވެ.

ލީގުގެ ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ވަނީ މިރޭ ރަށުންބޭރުގައި ވުލްވްސް އަތުން 1-0 އިން ބަލިވެފަ އެވެ. ވުލްވްސްގެ ހަމައެކަނި ގޯލު ޖެހީ އެޑަމާ ޓްރައޯރޭ އެވެ. ޓޮޓެންހަމް ހަތަރެއްގައި އޮތީ 26 މެޗުން 45 ޕޮއިންޓާ އެކު އެވެ.

ޗެލްސީން ވެސްލީ ފޮފާނާ ކޯނަރެއްގައި ބޮލުންޖެހި ގޯލުން 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކުރިއިރު، މިއީ އެންމެ ފަހުން ކުޅުނު 15 މެޗުން ޗެލްސީން ހޯދި ފުރަތަމަ މޮޅެވެ. މި ތިން ޕޮއިންޓާ އެކު ޗެލްސީ އޮތީ 25 މެޗުން 34 ޕޮއިންޓް ހޯދައިގެން ލީގުގެ 10 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox