ބީލަންތައް މެނޭޖު ކުރުމަށް އެމްއޭސީއެލްގެ އޮންލައިން ޕޯޓަލްއެއް

އެމްއޭސީއެލްގެ ދެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި ހަރަކާތްތެރިވަނީ. ބީލަން ޕޯޓަލް ތައާރަފް ކުރާނީ މާޗް 5 ގައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްއޭސީއެލްގެ ދެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި ހަރަކާތްތެރިވަނީ. ބީލަން ޕޯޓަލް ތައާރަފް ކުރާނީ މާޗް 5 ގައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ޓެންޑާއާ ގުޅޭ މަސައްކަތްތައް މެނޭޖު ކުރުމަށް އޮންލައިން ޕޯޓަލްއެއް ލޯންޗު ކުރުމަށް ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ އޮންލައިން ޕޯޓަލް ލޯންޗު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

މި ޕޯޓަލްގެ ބޭނުމަކީ ބީލަންތަކާއި ގުޅޭ ހުރިހާ މަސައްކަތެއް ސްޓްރީމްލައިންކޮށް އޮޓޮމޭޓުކޮށް، ޓެންޑާގެ ހުރިހާ ހަރަކާތެއްގައި ދެފުށް ފެންނަ ގޮތަށް އާ ޓެންޑާ ޕޯޓަލްއެއް ލޯންޗު ކުރުމަށް ނިންމައިފި އެވެ.

މި ޓެންޑާ ޕޯޓަލް މެދުވެރިކޮށް ވިއްކާ ފަރާތްތަކަށް ޓެންޑާ ރަޖިސްޓްރީ ކުރުމާއި، ބެލުމާއި، ރިކުއެސްޓް ފޯ ކޯޓޭޝަން (އާރްއެފްކިއު) އަދި އެމްއޭސީއެލުން ދޫކުރާ އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) އަށް ޖަވާބުދާރީވުމުގެ ސެންޓްރަލައިޒްޑް ޕްލެޓްފޯމެއް ލިބިގެންދެ އެވެ.

މި ޕޯޓަލް ފަރުމާކޮށްފައިވަނީ ދެފުށް ފެންނަ މިންވަރު އިތުރުކޮށް ޕްރޮކިއުމަންޓް މަރުހަލާގައި އިންސާފުވެރިކަން ކަށަވަރުކޮށް ޓެންޑާ މަރުހަލާގައި ވެންޑަރުންނަށް ރަޖިސްޓްރީކޮށް ބައިވެރިވުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލުން ބުނީ މި ޕޯޓަލް މެދުވެރިކޮށް މައްސަަލަ ހުށަހަޅަން ޖެހޭ މިންވަރު މަދުވެ، ޕްރޮކިއުމަންޓް ޕްރޮސެސް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ވެންޑާ ޕްރޮފައިލް އަޕްޑޭޓް ކުރުމަށްފަހު އެމްއޭސީއެލްގެ ވެބްސައިޓްގައިވާ "ޓެންޑަރ" ޕޭޖަށް ޒިޔާރަތްކޮށް "ޓެންޑަރ ޕޯޓަލް" އަށް ވަދެ ޕޯޓަލް މެދުވެރިކޮށް އެކްޓިވް، އާކައިވް އަދި އަމިއްލަ ޓެންޑަރުތައް ބަލާލެވޭނެ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox