އެކައުންޓުން ކުރާ "ވައްކަމުގައި" ބީއެމްއެލް ކުށްވެރިކުރުން ނަޝީދަށް ވެސް ގޯސް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ވިދާޅުވީ ވައްކަން ބެލުން އެއީ ބޭންކުގެ ޒިންމާއެއް ނޫން ކަމަށް-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ވިދާޅުވީ ވައްކަން ބެލުން އެއީ ބޭންކުގެ ޒިންމާއެއް ނޫން ކަމަށް-- ފޮޓޯ: މަޖިލިސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައި ހުންނަ އެކައުންޓުތަކުން ކަސްޓަމަރުންނަށް ނޭނގި ފައިސާ ނަގަމުންދާ މައްސަލައިގައި ހަމައެކަނި ބޭންކް ކުށްވެރި ކުރުން ގޯސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަކަރާއި ހީލަތުން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ހޯދައިގެން އެކައުންޓުގައި ހުންނަ ފައިސާ ކެނޑޭ މައްސަލަ އާންމު ވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރި މެންބަރުން ވަނީ ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ މި މައްސަލައިގައި ބީއެމްއެލްއިން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އިހުމާލު އޮތް ކަން ފާހަގަކޮށްފަ އެވެ. އަދި މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ދިނުމުގެ ފުރިހަމަ ޒިންމާ ބީއެމްއެލްއިން ނަގަންޖެހޭނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ކުއްލި މައްސަލައިގެ ބަހުސް ތެރެއިން ނަޝީދު ވިދާޅުވީ ވައްކަމެއް ހިނގާ ކަމަށް މެންބަރުން ބުނާ ކަމަށާއި ވައްކަމެއް ހިނގުމުން ހުށަހަޅަން ޖެހެނީ ފުލުހުންނަށް ކަމަށެވެ.

"ވައްކަމެއް ހިނގީމާ ފުރަތަމަ ދާން ޖެހެނީ ފުލުސް އޮފީހަށް، އަޅުގަނޑަކަށް އެއްވެސް އިއްޒަތްތެރި މެންބަރަކު މިތަނުގައި ފުލުސް އޮފީހުގެ ވާހަކަ ފާހަގައެއް ނުކުރޭ، ކަނޑައެޅިގެން ވައްކަމެއް މި ކުރަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވައްކަމުގެ މައްސަލަތައް ބަލަން ހަވާލުކޮށްފައި އޮތީ ބޭންކަކާ ނޫން ކަމަށެވެ.

ނަޝީދުގެ ވާހަކައަށް ރައްދު ދެއްވަމުން ދެން ބަހުސް ކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން ބުނަނީ ބޭންކަށް ދާން ކަަމަށެވެ. އެހެންނަމަވެސް ބޭންކުން ދެނީ ކަންބޮޑުވާ ޖަވާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ގެއްލުނީ ނޫންހޭ، ގުޅާނާލާނަމޭ ބުނެފަ ދެން މަސް ދުވަސް ވާއިރު ވެސް ގުޅާ ނުލެވޭ،" ރާއީ ވިދާޅުވި އެވެ.

ކުއްލި މައްސަލައިގައި އޮތީ ކީކޭ؟

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، ރާއްޖޭގައި އެހެން ގިނަ ބޭންކުތަކެއް ހިންގަމުންދާއިރު، މި މައްސަލަ ހަމައެކަނި ބީއެމްއެލްއަށް ދިމާވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އަދި ބީއެމްއެލްގެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ހޯދައިގެން، އޮޅުވާލައިގެން އެކި އެކައުންޓުތަކުން ފައިސާ ނަގަމުންދާއިރު، އެކަން ރިޕޯޓު ކުރިޔަސް، އެ ފައިސާ އަނބުރާ ނުހޯދި، ގިނަ ބަޔަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވަމުންދާ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އެހެންކަމުން، ނަޝީދު ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ވަނީ މިކަން ހައްލުކޮށްދިނުމަށް ބީއެމްއެލްގެ އިތުރުން ސަރުކާރަށް ގޮވާލައިފަ އެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ބީއެމްއެލްގެ އެކައުންޓުތަކުން އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަ މިހާރު ވެސް މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންނަނީ ބަލަމުންނެވެ.

ބައެއް ކަސްޓަމަރުންގެ ކްރެޑިޓު ކާޑުތަކުން މުއާމަލާތްތައް ކޮށްފައިވަނީ ބޭރުގެ މާޗެންޓެއްގައި ހުރި ޑޭޓާ ވަގަށް ނަގައިގެން ކަމަށާއި އެފަދަ ހާލަތްތަކުގައި ގެއްލޭ ފައިސާ އަނބުރައި ހޯދައިދޭނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ ދީފަ އެވެ.

މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ގިނަ އީމެއިލްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިން ޕާސްވޯޑް ބަދަލުކުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox