މެސީ އަށް 700، އެމްބާޕޭ އަށް 200!

Feb 26, 2023, 9:56 PM
މާސޭ ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ އާއި އެމްބާޕޭ ބައްދާލައިގެން.--- ފޮޓޯ: އޭއެފްޕީ

މާސޭ ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ އާއި އެމްބާޕޭ ބައްދާލައިގެން.--- ފޮޓޯ: އޭއެފްޕީ

ޕެރިސް (ފެބްރުއަރީ 27) - ފްރެންޗް ލީގުގައި މިރޭ ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭ ގުޅިގެން ކާމިޔާބުކުރި ގޯލުތަކާ އެކު، ޕީއެސްޖީން 3-0 އިން މާސޭ ބަލިކޮށް ލީގުގެ ކުރީގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މެޗުގައި އެމްބާޕޭ ވަނީ ޕީއެސްޖީ އަށް 200 ވަނަ ގޯލު ޖަހައިދީފަ އެވެ. އަނެއްކޮޅުން މެސީ ކާމިޔާބުކުރީ ކްލަބް ކެރިއަރުގެ 700 ވަނަ ގޯލެވެ.

މާސޭ ކައިރިން މޮޅުވެ، ޕީއެސްޖީ އެއް ވަނައިގައި އޮތީ 25 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 25 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ.

Advertisement

މާސޭގެ ދަނޑު ސްޓޭޑް އޮރެންޖް ވެލޮޑޮރޯމްގައި ކުޅުނު މެޗުގައި ޕީއެސްޖީން ލީޑުނެގީ 25 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ގޯލުންނެވެ. މެސީ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ. އޭގެ ހަތަރު މިނިޓް ފަހުން، އެމްބާޕޭ، އޭރިއާތެރެއަށް ތިރިތިރިން ހުރަސްކޮށްލި ބޯޅައަށް އަރައި، މެސީ ވަނީ ޕީއެސްޖީގެ ލީޑުފުޅާކޮށްދީފަ އެވެ.

މެޗުގައި މާސޭ އަށް ލަނޑެއް ޖަހަން އެ ޓީމުގެ ރުސްލާން މަލިނޯސްކީ އާއި އަލެކްސިސް ސަންޗޭޒް ގުޅިގެން އެޓޭކްތަކެއް ކުރެވޭތޯ ބެލިނަމަވެސް ޕީއެސްޖީގެ ގޯލުގައި ހުރި އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރުންމާ ކައިރިން ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.

ޕީއެސްޖީން ތިން ވަނަ ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މިއީ ދެ ވަނަ ހާފް ފެށިގެން 10 މިނިޓް ހިނގި ފަހުން، މެޗުގެ 55 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ގޯލެކެވެ. މެސީ މަތިން އޭރިއާތެރެއަށް ވައްޓާލި ބޯޅަ އަށް ހުސްކޮށް އަރައި އެމްބާޕޭ ވަނީ ވޮލީ އަކުން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެެވެ.

މި މެޗުގައި ޖެހި ދެ ގޯލާ އެކު އެމްބާޕޭ ވަނީ ޕީއެސްޖީ އަށް އެންމެ ގިނަ ގޯލު ޖަހައިދީގެން އެ ޓީމަށް ކުރިން ކުޅުނު ފޯވާޑް އެޑިންސަން ކަވާނީ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. ކަވާނީ، ޕީއެސްޖީ އަށް 200 ގޯލު ހަމަކުރީ 301 މެޗު ކުޅެދީގެންނެވެ. އުމުރުން، 24، އަހަރުގެ އެމްބާޕޭ މި ވަނީ 247 މެޗުން 200 ގޯލު ޖަހައިފަ އެވެ.

މި މެޗުގައި މެސީ، ޖެހި ގޯލަކީ އޭނާ ކްލަބް ކެރިއަރުގައި ކާމިޔާބުކުރި 700 ވަނަ ގޯލެވެ. މެސީ ވަނީ ބާސެލޯނާ އަށް 672 ގޯލު ޖަހައިދީފަ އެވެ. ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ 28 ގޯލެވެ.

ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ފާހަގަކުރާގޮތުގައި ސީޒަނުގެ މުހިންމު ހިސާބަށް އަންނައިރު، ޓީމުގައި ތިބި އެންމެ މުހިންމު ކުޅުންތެރިން ކަމަށްވާ އެމްބާޕޭ އާއި މެސީގެ ކޮމްބިނޭޝަން ރަނގަޅުވުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox