ޓޮޓެންހަމް އިން ޕޮޓާގެ ޗެލްސީ ހާސްކޮށްލައިފި

Feb 26, 2023, 6:43 PM
ޗެލްސީގެ ފޮފާނާ (ކ) ޓޮޓެންހަމްގެ ކޭން ކައިރިން ބޮލުން ބޯޅަ ފޮނުވާލަނީ.

ޗެލްސީގެ ފޮފާނާ (ކ) ޓޮޓެންހަމްގެ ކޭން ކައިރިން ބޮލުން ބޯޅަ ފޮނުވާލަނީ.

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-0 އިން ބަލިވެ، ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އިތުރު ޕްރެޝަރަކަށް ވައްޓާލައި އެ ޓީމުގެ ސީޒަން އުނދަގޫ ފައްތަރަކަށް ގޮސްފި އެވެ.

މި މެޗުން ބަލިވެ، ލީގުގެ ގަދަ ހަތަރެއްގައި ނިންމުމުގެ ފުރުސަތު ޗެލްސީ އަށް ވަނީ ހަނިވެފަ އެވެ. ހަތަރެއްގައި އޮތް ޓޮޓެންހަމް އަށް 25 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ 10 ވަނައިގައި އޮތީ 24 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން ޗެލްސީ މޮޅުވީ އެންމެ ދެ މެޗުންނެވެ. ގަދަ ހަތަރެއް ހޯދުމުގެ ފުރުސަތު ޗެލްސީ އަށް ފަނޑުވަމުން އަންނައިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޗެލްސީ ކޮލިފައިނުވެއްޖެނަމަ އެ ޓީމުން މާލީ ގޮތުން ކްލަބްގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ޕޮޓާ ބުނީ ކޮންމެ މެޗެއްގައި ނަތީޖާ ދަށްވުމާ އެކު މީޑިއާ ކުރިމަތީގައި ހުރެ ދައްކަން ޖެހެނީ ޕާފޯމަންސްގައި ހުރި ރަނގަޅު ކަންތައްތަކުގެ ވާހަކަ ކަމަށެވެ. އެކަމަކު، މިހާރު ނަތީޖާ އެ ހުރީ އަރައިގަންނަން އުނދަގޫ ހިސާބެއްގައި ކަމަށް ފާހަގަކޮށް ޕޮޓާ ބުނީ ކަންކަން ރަނގަޅުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެެވެ.

ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ މިރޭ ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީގެ ހަކީމް ޒިޔެޗަށް ދެއްކި ރަތް ކާޑެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ރީނދޫ ކާޑަކަށް ބަދަލުކޮށްފަ އެވެ. ޒިޔެޗަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ކުޅުންތެރިއަކަށް ހަމަލާއެއް ދިން ކަމަށް ބަލައިފަ އެވެ. އެކަަމަކު، ވީއޭއާރް އިން ބަލާފައި، ނިންމީ އެއީ ރީނދޫ ކާޑެއް ކަމަށެވެ.

ޓޮޓެންހަމް އިން މިރޭގެ މެޗުގައި ލީޑުނެގީ ދެ ވަނަ ހާފްގެ ކުޅުން ފެށިތާ މިނިޓެއްގެ ތެރޭގައި އޭރިއާބޭރުން އޮލިވާ ސްކިޕް ޖެހި ގޯލުންނެވެ. އެ ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. ޗެލްސީ ޑިފެންޑަރުން ކައިރިން ގޮސް އެ ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އަތުގައި ޖެހިފަ އެވެ.

ޗެލްސީން ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ޓޮޓެންހަމް އިން ވަނީ 81 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ކޯނަރެއްގައި ސޮން ހެއުން މިން ނެގި ބޯޅައެއް އެރިކް ޑަޔާ ޖައްސާލުމުން އޭރިއާތެރެއިން ހެރީ ކޭން ހަމަޖެހިލާފައި ޖެހި ގޯލެކެވެ. މިއީ ކޭން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޖެހި 20 ވަނަ ގޯލެވެ. ކޭން މި ވަނީ ޖެހިޖެހިގެން ނުވަ ސީޒަނުގައި މަދުވެގެން ކޮންމެ އަހަރެއްގައި 20 ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox