ޔުނައިޓެޑުން ބާސެލޯނާ ކަޓުވާލިއިރު، ޑި މާރިއާ އަށް ހެޓްރިކެއް

Feb 24, 2023, 4:49 AM
ޔުނައިޓެޑްގެ އެންޓޮނީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ އެންޓޮނީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ފެބްރުއަރީ 24) - ޔުއެފާ ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގެ ދެ ވަނަ ލެގުގައި ރޭ ފަހަތުން އަރައި 2-1 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ބާސެލޯނާ ކަޓުވާލިއިރު، ފްރާންސްގެ ނޯންޓެސް ކޮޅަށް އަންހެލް ޑި މާރިއާ ހެދި ހެޓްރިކުން 3-0 އިން ޔުވެންޓަސް މޮޅުވެ، މުބާރާތުގެ ގަދަ 16 ބުރުުން ފުރުސަތު ހޯދައިފި އެވެ.

ބާސެލޯނާ ދަނޑުގައި މިދިޔަ ހަފްތާގައި 2-2 އިން އެއްވަރުވިއިރު، ރޭގެ މެޗުން ޔުނައިޓެޑް ދަނޑުގައި ކޮންމެ ޓީމެއް މޮޅުވިޔަސް އޮތީ ގަދަ 16 ބުރުން ފުރުސަތު ލިބޭ ގޮތަށެވެ. އެ ގޮތުން ރޭ ފުރަތަމަ ލީޑުނެގީ ބާސެލޯނާ އިންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ބާސެލޯނާގެ ގޯލު ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އެ ޓީމުގެ އޭރިއާތެރެއިން ބާސެލޯނާގެ އަލެހަންދްރޯ ބާލްޑޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ޔުނައިޓެޑުން އެއްވަރުކުރީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން ފްރެޑް ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ތިރީ ކަނަށް ފޮނުވާލައިފަ އެވެ. ބާސެލޯނާ އަށް އަލުން ލީޑުނަގައިދޭން ޖޫލްސް ކޫންޑޭ ބޮލުންޖެހި ބޯޅަ ޔުނައިޓެޑް ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި އެވެ.

މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ ބަދަަލަކަށް ކުޅެން އެރި އެންޓޮނީ އެވެ. މިއީ މެޗުގެ 73 ވަނަ މިނިޓްގައި ބާސެލޯނާ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އެންޓޮނީ ޖެހި ގޯލެކެވެ.

ނޯންޓެސް ކޮޅަށް ގޯލު ޖެހުމަށް ފަހު ޑި މާރިއާ އުފާފާޅުކުރަނީ: މިއީ ޔުވެންޓަސް އަށް ޑި މާރިއާ ހަދައިދިން ފުރަތަމަ ހެޓްރިކް ފެނިގެންދިޔަ މެޗު.

ޔުވެންޓަސް ދަނޑުގައި މިދިޔަ ހަފްތާގައި 1-1 އިން އެއްވަރުވި ނަމަވެސް ރޭ ނޯންޓެސް ދަނޑުގައި ޔުވެންޓަސް ވަނީ ފުރިހަމަ މޮޅެއް ހޯދައިފަ އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ޑި މާރިއާ ގޯލެއް ޖަހާފައި ވަނިކޮށް، ނޯންޓެސްގެ ނިކޮލަސް ޕަލޯއިސް ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑެއް ދެއްކުމުން، ޕެނަލްޓީން ޑި މާރިއާ ވަނީ ޔުވެންޓަސްގެ ލީޑުފުޅާކޮށްދީފަ އެވެ. ޑިމާރިއާ، ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 78 ވަނަ މިނިޓްގައި އޭރިއާތެރެއިން ބޮލުން ޖެހި ގޯލުންނެވެ.

ރޭ ކުޅުނު ދެ ވަނަ ލެގުގެ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ރޯމާ ވަނީ 2-0 އިން ރެޑްބުލް ސަލްޒްބާގް ބަލިކޮށްފަ އެވެ. ޕީއެސްވީ އައިންދޯވަން އިން 2-0 އިން ސެވިއްޔާ ބަލިކުރިޔަސް އެގްރިގޭޓުން ދިޔައީ ސެވިއްޔާ އެވެ. މޮނާކޯ ދަނޑުގައި 3-2 އިން މޮޅުވެ، އެގްރިގޭޓް އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ލެވަކޫސަން ވެސް ވަނީ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. ޔޫނިއަން ބާލިން އިން 3-1 އިން އަޔަކްސް ކަޓުވާލިއިރު، ޝަކްތާރު ޑޮނެސްކް އިން ވަނީ ޕެނަލްޓީ ޖަހައިގެން ފްރާންސްގެ ރެނެސް ކަޓުވާލައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox