އަންހެނުން ގޭގައި ނުތިބެ، ސިޔާސީ މައިދާނަށް ނުކުންނަން ނަހުލާ ގޮވާލައިފި

ޓްރާނސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ؛ އޭނާ ވަނީ ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލާފައި-- ފޮޓޯ: ޖޭޕީ މެކުހަށް

ޓްރާނސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ؛ އޭނާ ވަނީ ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލާފައި-- ފޮޓޯ: ޖޭޕީ މެކުހަށް

ސިޔާސީ ދާއިރާއަށް އަންހެނުން ނުނިކުމެ ވާން ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތިލައްވައި، ކެމްޕެއިނު ކުރުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ނަހުލާ ވަނީ ސިޔާސީ މައިދާނަށް ނުކުންނަން ޖެހުނު ގޮތުގެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.

ފިރިކަލުން ގާސިމް އިބްރާހިމާއި ދޮންދަރިކަލުން ސިޔާދު ގާސިމްގެ ހައްގުގައި ސިޔާސީ މައިދާނަށް ނުކުންނަން ޖެހިވަޑައިގެންނެވި ނަމަވެސް، މަސްރަހު ބަލާލިއިރު "ކަމަކު ދާކަށް ނެތް" ކަމަށް ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެއް ކަމަށާއި ކޮންމެ ކަމަކާ ވެސް ކުރިމަތިލާނެ އަދި އެކަމެއް ކޮށްފަ ދައްކާނެ ބައެއް ކަމަށެވެ.

"އަޅުގަނޑުމެން ގޭގައި ތިބެގެން ވާކަށް ނެތް، އަޅުގަނޑުމެންގެ ބަސް ކިޔުން ނެތި ކަންތައްތައް ނިންމަން ވެއްޖެއްޔާ އެއްގޮތަކަށް ވެސް ހިއެއް ނުވޭ ރަނގަޅުވާނެ ހެންނެއް،" އަންހެނުން މި ދާއިރާއަށް ނުކުތުމަށް ގޮވާލައި ނަހުލާ ވިދާޅުވި އެވެ.

ދީނުގައި ކަން އޮންނަ ގޮތުގެ މިސާލު ނަންގަވައި ނަހުލާ އިތުރަށް ވިދާޅުވީ، އަންހެނުންގެ މަޝްވަރާ އާއި އަންހެނުންގެ ނިންމުންތަކަކީ މުހިންމު ކަންކަން ކަމަށެވެ.

ޖޭޕީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ނަހުލާ އިތުރަށް ވިދާޅުވީ އެ މަގާމަށް ހޮވިއްޖެނަމަ ފިރިހެނުންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރާނެ އަންހެނެއް ކަން ދައްކައިދޭނެ ކަމަށެވެ.

"އަޅުގަނޑުގެ މި މަސައްކަތަކީ އަންހެނުންނަށް ދިރުމެއް ގެނެސްދޭނެ މަސައްކަތެއް ކަމުގައިވާނެކަމުގައި ދަންނަވަން،" ނަހުލާ ވިދާޅުވި އެވެ.

މި މަސައްކަތުގައި އެންމެ ހިތްވަރުދެއްވައި އެއް ބޭފުޅަކީ ފިރިކަލުން ގާސިމް ކަން ފާހަގަކުރައްވައި އޭނާ ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

"ހިތްވަރު ބަލިވާ ވަގުތު ވެސް އަޅުގަނޑަށް ވާނެ ކަން އަޅުގަނޑަށް ކުރެވޭނެ ކަން ހަނދާން ކޮށްދެއްވައި، އައިޝާ މީހަކަށް ނުބައްލައިވައި އައިޝާ ކުރިއަށް ވަޑައިގަންނަވާށޭ، އައިޝާއަށް ވާނެ އަބަދަވެސް ކަންފަތުގައި އިނދޭ،" އޭނާ ވިދާޅުވި އެވެ.

މި ހަފްތާ ބަންދުގައި އޮންނަ ޖޭޕީ ކޮންގްރެސްގައި އިންތިހާބު ކުރާ ނައިބު ލީޑަރުގެ މަގާމަށް ނަހުލާ ހިމެނޭހެން 11 ބޭފުޅަކު ކުރިމަތިލެއްވި އެވެ. ލީޑަރުގެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެ ވެސް ލީޑަރު ގާސިމް އިބްރާހިމް އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox