ގާސިމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަން ދޭން މަޝްވަރާކޮށްފި

ގާސިމް އިބްރާހިމް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު : ގާސިމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަން ދޭން ޕީޖީ ގްރޫޕްގައި މަޝްވަރާކޮށްފި - ފޮޓޯ: ރައީސް އޮފީސް

ގާސިމް އިބްރާހިމް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު : ގާސިމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަން ދޭން ޕީޖީ ގްރޫޕްގައި މަޝްވަރާކޮށްފި - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަން މާމިގިލި ދާއިރާއަށް ހަތަރުވަނަ ދައުރަކަށް އިންތިހާބުވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދިނުމަށް އަންނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގައި މިއަދު މަޝްވަރާކޮށްފި އެވެ.

ވިހިވަނަ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ސަރުކާރާއެކު 79 މެންބަރުން ތިއްބަވާނެ އެވެ. އޭގެ ތެރޭގައި ސީދާ ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވާނެ އެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ، މަޖިލީހުގައި ޕާޓީތައް ތަމްސީލްކުރާ ނިސްބަތަކަށް އެކުލަވާލާ ކޮމިޓީތަކެކެވެ.

އެހެންވެ މިއަދު މެންދުރުފަހު ބޭއްވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ކޮމިޓީތައް ބެހޭނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ބައެއް ކޮމިޓީތަކަށް މެންބަރުންތަކެއްގެ ނަން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަން ގާސިމަށް ދިނުމަށް މަޝްވަރާކޮށްފައިވެ އެވެ.

ޕީއެންސީގެ އެއް މެންބަރަކު، ނަން ނުޖަހާ ގޮތަށް ކިޔައިދެއްވި ގޮތުގައި އެ ކޮމިޓީގެ މުގައްރިރުކަން ކުރައްވަން ގާސިމް ބޭނުންފުޅުވެގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާފައިވާތީ އެ ކަމާ ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވާހަކަ ދެއްކެވި އެވެ.

"އެކި ކޮމިޓީތަކަށް މެންބަރުން ތިބޭނެ ގޮތެއް ނިންމަން ވެގެން، ކޮންމެ ކޮމިޓީއަކަށް ޝައުގުވެރިވާ މެންބަރުންނާއި ލީޑާޝިޕަށް ފެންނަ މެންބަރުންގެ ނަން ހިމަނައިގެން ކޮމިޓީތައް އޮންނަ ގޮތެއް ދެއްކި، އޭގެ ތެރޭގައި ގާސިމް މާލިއްޔަތު ކޮމިޓީގެ މުގައްރިރަށް ލުމަށް ވެސް ވާހަކަ ދެއްކި،" އެ މެންބަރު ވިދާޅުވި އެވެ.

ޕީއެންސީގެ އެހެން މެންބަރަކު ވެސް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީތައް އޮންނާނެ ގޮތެއް ނިންމާފައިނުވާ ކަމަށެވެ. ގާސިމް ވެސް ހިމެނޭ ގޮތަށް ކޮމިޓީތަކުގެ މުގައްރިރުންނަށް ޝައުގުވެރިވާ މެންބަރުންގެ ވާހަކަ ދައްކަވައި މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދަކު ވަކި ގޮތެއް ނުނިންމާ، ގާސިމްގެ ޝައުގު އޮތް ކަން ފާހަގަކޮށްލި، ދެން ކޮމިޓީތައް އެކުލަވާލަން ޖެހޭތީ އެ އޮންނާނެ ގޮތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި ޝައުގުވެރިކަން މެންބަރުންގެ ހުރި ދިމާތައް ބަލައިލީ،" އެ މެންބަރު ވެސް ވިދާޅުވި އެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އިންތިހާބުކުރި، އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހު "އަދަދު" ނޫހަށް ވިދާޅުވީ ކޮމިޓީތައް ފައިނަލް ކުރުމަށް މާދަމާގެ ޖަލްސާއަށް ފަހު ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ތާވަލު ކޮށްފައި ވާނެ ކަމަށެވެ.

ޕީޖީ ގްރޫޕްގެ ރަސްމީ ނިންމުމެއް ނެތުމުން، އެކި ކޮމިޓީތަކުގެ މުގައްރިރުންނަށް ހަމަޖައްސަވަން އެ ގްރޫޕްގައި މިއަދު މަޝްވަރާ ކުރެއްވި ނަންތައް ފަލާހު ވިދާޅެއް ނުވެ އެވެ.

"މިހާރު މަޖިލީހުގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ ޕީއެންސީ އަދި ޕީއެންސީއާ ގުޅިފައިވާ ޕާޓީތަކުގެ މެންބަރުން، ކޮމިޓީތައް އެކުލަވާލަން ވަކި ގޮތެއް ނިންމުމުގެ ކުރިން އެބަ ޖެހޭ މަޝްވަރާކޮށް އެކި މެންބަރުންގެ ވިސްނުން ހުރި ގޮތެއް ބަލަން، އެ ކަން ކުރިއަށް ދިޔައީ މިއަދު،" ފަލާހު ވިދާޅުވި އެވެ.

"ކޮމިޓީތަކަށް މެންބަރުން ނަގާނީ މާދަމާގެ ޖަލްސާއަށް ފަހު،" ފަލާހު ވެސް ވިދާޅުވި އެވެ.

އާ މަޖިލީހުގެ މެންބަރުން ހުވާ ކުރުން އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރެވެ. ހުވާ ކުރުމަށް ފަހު އާ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބު ކުރުމުގެ ޖަލްސާ ފަށާނީ ހެނދުނު 10:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox