ޗައިނާ އާއި ރަޝިއާގެ ގުޅުން ދަނީ އާ ހަރުފަތްތަކަކަށް އަރަމުން: ޕުޓިން

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަދި ޗައިނާގެ އިސް ޑިޕްލޮމެޓް ވާންގް ޔީ. -- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަދި ޗައިނާގެ އިސް ޑިޕްލޮމެޓް ވާންގް ޔީ. -- ފޮޓޯ: ރޮއިޓާޒް

ރަޝިއާ އާއި ޗައިނާގެ ގުޅުން އާ ހަރުފަތްތަކަކަށް އަރަމުންދާ ކަމަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް އަހަރެއް ފުރެން ގާތްވެފައި ވަނިކޮށް ޗައިނާގެ އެންމެ އިސް ޑިޕްލޮމެޓް ވާންގް ޔީ ބުދަ ދުވަހު ރަޝިއާއަށް ވަޑައިގެން، ޕުޓިންއާ ބައްދަލުކުރެއްވި އެވެ.

"ބައިނަލްއަގްވާމީ ހާލަތު ހަމައަކަށް އެޅުވުމަށް" ރަޝިއާ އާއި ޗައިނާ ގުޅިގެން މަސައްކަތް ކުރުން "ވަރަށް މުހިއްމު" ކަމަށް އެ ބައްދަލުވުމުގައި ޕުޓިން ވިދާޅުވި އެވެ.

ވިޔަފާރީގެ އިތުރުން އެހެން ދާއިރާތަކުގައި ވެސް ރަޝިއާ އާއި ޗައިނާއިން "އާ ހަރުފަތްތަކަކަށް އަރަމުންދާ" ކަމަށް ވިދާޅުވެ، ޕުޓިން ފާހަގަކުރެއްވި ގޮތުގައި ދެ ގައުމުގެ ވިޔަފާރީގެ އަގު 2024 ގެ ކުރިން 200 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

ވާންގް ސިފަކުރެއްވި ގޮތުގައި ޗައިނާ އާއި ރަޝިއާގެ ގުޅުމަކީ ފަރުބަދަައެއްހާ ވަރުގަދަ ގުޅުމެކެވެ. އަދި ބައިނަލްއަގްވާމީ ލޮޅުންތަކުން އެ ފަރުބަދަ ނުގުޑާނެ ކަމަށާއި ތިން ވަނަ ފަރާތެއްގެ އެއްވެސް ޕްރެޝަރެއް އެ ގުޅުމަށް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ޗައިނާއިން ދާދި ފަހުން ބުނެފައި ވަނީ ޔޫކްރެއިންގައި ސުލްހަ ގާއިމްކުރެވޭނެ ރޭވުމެއް އާއްމުކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާ އާއި ޔޫރަޕުން ދެކޭ ގޮތުގައި އެއީ މާ ބޮޑު ބުރަދަނެއް ހުރި ރޭވުމަކަށް ނުވާނެ އެވެ.

ޕުޓިންގެ އިތުރުން ރަޝިއާގެ ސެކިއުރިޓީއާ ގުޅޭ އެންމެ އިސް އޮފިޝަލް އަދި ފޮރިން މިނިސްޓަރާ ވެސް ވާންގް ބައްދަލުކުރެއްވި އެވެ.

ހުޅަނގުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން މި އަހަރު ރަޝިއާއަށް ދަތުރުފުޅެއް ކުރައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox