ދަރަނި ރީސްޓްރަކްޗާގެ ވާހަކަ މެނިފެސްޓޯގައި ނެތޭ ބުނުމުން އިއްވީ ރައީސްގެ އޯޑިއޯއެއް

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ވަހީދު؛ އޭނާ ވަނީ ރައީސްގެ އޯޑިއޯއެއް މިއަދު މަޖިލީހުގައި އިއްވާފައި-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ވަހީދު؛ އޭނާ ވަނީ ރައީސްގެ އޯޑިއޯއެއް މިއަދު މަޖިލީހުގައި އިއްވާފައި-- ފޮޓޯ: މަޖިލިސް

ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވާހަކަ އެމްޑީޕީގެ މެނިފެސްޓޯގައި ނެތް ކަމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދުވަސްވަރުގެ އޯޑިއޯއެއް މަޖިލީހުގައި އިއްވައިފި އެވެ.

ފާއިތުވި ދިހަ އަހަރު ތެރޭގައި ދައުލަތުން ނަގާފައިވާ ދަރަނި ރީސްޓްރަކްޗާ ކުރުމާއި އެ ދަރަނި އަދާ ކުރުމާ ގުޅޭ ގޮތުން މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ގަރާރެއް ހުށަހަޅާފައިފަ އެވެ.

މި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު ރިޒާ ވިދާޅުވީ ކޮވިޑް-19ގެ އާލަމީ ވަބާއާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދައުލަތަށް ލިބެމުން ދިޔަ އާމްދަނީ ހުއްޓޭނެ ކަން އެމްޑީޕީ މެނިފެސްޓޯއަށް ނޭނގޭނެ ކަމަށެވެ.

Advertisement

"އެމްޑީޕީގެ މެނިފެސްޓޯ ދަންނަ ކަމެއް ނޫން އެއީ، ދެކުނު ކަމެއް ނޫން އެއީ، ހިޔާލަށް ވެސް ވިސްނުމަށް ވެސް އައި ކަމެއް ނޫން، ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު، ދުނިޔޭގެ ރައްޔިތަކު ވެސް ހިޔެއް ނުވޭ މި ދުވަސް ފެންނާނެ ކަމަކަށް އުންމީދު ކޮށްގެން އެއްވެސް މެނިފެސްޓޯއެއްގައި އެންމެ ނުކުތާ އެއް ވެސް ލިޔެފައި އޮންނާނެ ކަމަކަށް،" ރިޒާ ވިދާޅުވި އެވެ.

މި ހުރިހާ ކަމަކުން ރާއްޖެ "ސަލާމަތްކޮށް" ބަނގުރޫޓުވިޔަ ނުދިން ވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަން ވެސް ރާއްޖޭގެ ރައްޔިތުން ދަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަރާރަށް ބަހުސް ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ އެކަން ދޮގު ކުރައްވަން އޯޑިއޯއެއް އިއްވައިފަ އެވެ.

"އެމްޑީޕީ މެނިފެސްޓޯގައި ނެތް ވާހަކައެކޭ މިލަންދޫ ދާއިރާގެ މެންބަރު ވިދާޅުވީމާ އަޅުގަނޑު އިއްވާލާނަން 2018 ވަނަ އަހަރު އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ވާހަކަކޮޅެއް،" ފޯނުން އޯޑިއޯ އިއްވަވަމުން އޭނާ ވިދާޅުވި އެވެ.

ދީފައި ހުރި ފަރާތްތަކަށް ނަގާފައި ހުރި ލޯނުތައް ރިވިއު ކުރުމާއި ނެގޯޝިއޭޓު ކުރުން އޮންނާނެ ކަމަށް ރައީސް ސޯލިހު އެ އޯޑިއޯގައި ވިދާޅުވާ އަޑު އިވެ އެވެ. އެގޮތުން "ޑިކްޓޭޓަރެއް ވެރިކަމެއް ކޮށްފައި ދާއިރުގައި" ގައުމެއް ނޯންނާނެ ކަމަށާއި އޮންނާނީ ގައުމު ބަނގުރޫޓުވެފައި ކަމަށް ވިދާޅުވެ އެވެ.

"ޑިކްޓޭޓަރެއް ވެރިކަން ނިމިގެން ދާއިރު ފެންނަން ޖެހޭ ހުރިހާ ސިފައެއް ފެނިގެން މިދަނީ، ދެން ޖެހޭނީ އެހީތެރިކަމާއި އަޅާލުން ބޭރުގެ ގައުމުތަކުން ހޯދަން، ލޯނުތައް ނަގާފައި ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އަލުން ރީސްޓްރަކްޗާ ކުރަން، ކޮށްގެން މިކަންތައް ވާނީ، " އޯޑިއޯގައި ރައީސް ސޯލިހު ވިދާޅުވެ އެވެ.

ވަހީދު ވިދާޅުވީ ކޮވިޑް-19 އަންނާނެ ކަން ލަފާ ނުކުރެވުނަމަވެސް، މި ވާހަކަތަކަކީ އެމްޑީޕީ މެނިފެސްޓޯގަ އާއި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ވާހަކަތަކެއް ކަމަށެވެ. ކޮވިޑަށް ފަހު ރީސްޓްރަކްޗާ ކުރުމުގެ މުހިންމުކަން އިތުރުވެފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

"މިދައްކަނީ މަރުކަޒީ ބޭންކް އެމްއެމްއޭއިން އަޅުގަނޑުމެންނަށް ދީފައިވާ އަދަދުތަކުގެ ވާހަކަ، މި ދައްކަނީ 2026 ވަނަ އަހަރު ދަރަނި ދެއްކުމަށް ޓަކައި 18 ބިލިއަން ރުފިޔާ ދަރަނި ދެއްކުމަށް ހޭދަކުރަން ޖެހޭ ވާހަކަ،" ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރުން ދެކޮޅު ހަދާތީ ކަންބޮޑުވުން ފާޅުކޮށް ވަހީދު ވިދާޅުވި އެވެ.

ގަރާރުގައި އޮތީ ކީކޭ؟

މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ އެ ގަރާރުގައި ވަނީ 2003 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތުގެ އިތުރުން ތިން އަހަރު ތެރޭގައި އެ ދަރަނި އަނބުރާ ދެއްކުމުގައި އަމަލު ކުރަންވީ ގޮތުގެ ލަފަޔަކަށް އެދި އޮގަސްޓު، 10، 2020 ގައި ރިޔާސަތުން ހުށަހެޅި ކަމަށާއި އެ މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު 2020، ގައި ފާސްކޮށްފައި ވާނެ ކަމަށެވެ.

މަޖިލީހުން ފާސްކުރި އެ ރިޕޯޓުގައި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި އެ ބެލެހެއްޓުމުގައި އަމަލު ކުރަމުން ދާގޮތް އިތުރަށް ހަރުދަނާ ކުރުމަށް ލަފާ ދީފައިވާނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެގޮތުން ދައުލަތަށް ލަފާ އަރުވައި ފާސްކުރި ރިޕޯޓުގައި ހިމެނެނީ:

  • ދަރަނި ރީ ސްޓްރަކްޗާ ކުރާނެ ހާއްސަ ކޮމިޓީއެއް އެކުލަވާލުން
  • އެ ކޮމިޓީގެ މަސައްކަތަށް ގާނޫނީ އަދި މާލީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުން
  • އެ ކޮމިޓީއާ ހަވާލު ކުރާ މަސައްކަތްތައް އަށް މަސްދުވަހުގެ ތެރޭގައި ނިންމުން
  • އެ ކޮމިޓީގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުން
  • ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކޮށްފައިވާ ފަރާތްތައް މޮނިޓާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުން
  • ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރަމުން ގެންދިއުން
  • ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ މުރާޖާ ކުރުން
  • ދަރަނީ ސްޓްރެޓެޖީ ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، ނަތީޖާ ހާސިލު ކުރެވޭނެ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު މަޖިލީހާ ހިއްސާ ކުރުން

އެގަރާރުގައި ވަނީ ރިޕޯޓުގައި ހުރި ކަންކަން އެގޮތަށް ކުރުމަށް ގޮވާލައި، އެ ރިޕޯޓުގައި ހުރި ކަންކަން ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox