މެސީ ނެތަސް ނޭމާ ބޭނުންވަނީ ޕީއެސްޖީގައި މަޑުކުރަން

Feb 22, 2023, 6:30 AM
މެސީ ނެތަސް ނޭމާ ބޭނުންވަނީ ޕީއެސްޖީގައި މަޑުކުރަން

ޕެރިސް (ފެބްރުއަރީ 22) - ޕީއެސްޖީގެ ފޯވާޑް ލިއޮނަލް މެސީ މި ސީޒަނަށް ފަހު އެ ކުލަބް ދޫކޮށްލިޔަސް އެ ޓީމުގައި މަޑުކުރަން ބޭނުންވާ ކަމަށް ނޭމާ ބުނެފި އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. މެސީ އަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމާ ގުޅޭ މަޝްވަރާތައް ޕީއެސްޖީން ފަށާފައިވާއިރު، އެ ވާހަކަތަކަށް މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

މި ދަނޑުވަޅުގައި މެސީ ހޯދުމަށް އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އިން ބޭނުންވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް މިކަމުގައި މާ ބޮޑު ހަގީގަތެއް ނެތްކަމަށް މެސީގެ ބައްޕަ ވަނީ ބުނެފަ އެވެ.

މެސީގެ ކޮންޓްރެކްޓްގެ ވާހަކަތަކާ ބެހޭ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ވެސް ވިއްކާލަން ކުލަބުން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ރިޕޯޓްތައް ބުނާ ގޮތުން އެކުލަބުން މި ސީޒަނަށް ފަހު ވިއްކާލަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ނޭމާ ހިމެނެ އެވެ.

މި ރިޕޯޓްތަކާ ގުޅޭގޮތުން ނޭމާ ބުނީ އޭނާ ޕީއެސްޖީގައި ހުރީ އުފަލުން ކަމަށާއި، އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓަށް ފުރިހަމަ އަށް އިހުތިރާމް ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މީގެ ހަ ވަރަކަށް އަހަރު ކުރިން، 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ، 242 މިލިއަން ޑޮލަރަށް ސްޕެއިންގެ ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ނޭމާ އެންމެ ފަހުން އާ ކުރި ޕީއެސްޖީގެ ކޮންޓްރެކްޓާ ހަމަވާނީ 2027ގަ އެވެ.

ނޭމާ ބުނީ އޭނާގެ ފޯކަސް ހުރީ ޕީއެސްޖީގެ އަމާޒުތައް ހާސިލްކުރަން ކަމަށާއި، ކުލަބުން އޭނާ ވިއްކާލަން ބޭނުންވާ ވާހަކަ މީޑިއާތަކުން ރިޕޯޓް ކުރިޔަސް އެ ކަމަށް ފަރުވާލެއް ނެތް ކަމަށެވެ.

ބެލެވޭ ގޮތުގައި ޕީއެސްޖީ އިން ނޭމާ ވިއްކާލަން ބޭނުންވަނީ އޭނާގެ އަނިޔާގެ މައްސަލަތައް ގިނަ ކަމުންނެވެ. މުހިންމު މެޗުތަކުގެ ކުރިން ނޭމާ އަށް އަނިޔާވާތީ އެ ކުލަބަށް ބައެއް މުބާރާތްތަކުގައި ގިނަ އުނދަގޫތަކާ ދިމާވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި އަހަރު ވެސް ޔުއެފާ ޗެމްޕިއަންސް ލީގުގެ މުހިންމު މެޗެއް ކުރިއަށް އޮތްއިރު މި ވަގުތު ވެސް ނޭމާ ހުރީ އަނިޔާގަ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ނޭމާ އަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގައި ނުކުޅެވޭނެ ކަމަށް ބެލެވެ އެވެ. ފުރަތަމަ ލެގުގައި ޕީއެސްޖީ އަމިއްލަ ދަނޑުގައި ވަނީ ބަލިވެފަ އެވެ.

ނޭމާ ވިއްކާލަން ކީ ނަމަވެސް ޕީއެސްޖީ އަށް އިތުރު ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެއީ އޭނާ އަށް މިވަގުތު ޕީއެސްޖީ އިން ދެމުން އަންނަ މުސާރަ ކަމަށްވާ ހަފްތާ އަކު ހަތް ލައްކަ ޑޮލަރު ދެވޭނެ ވަރުގެ މާލީ ތަނަވަސްކަންހުރި ކުލަބުތައް މަދުވުމެވެ.

މި ވަގުތު ޔޫރަޕްގައި އޮތް ކުލަބުތަކަށް ބަލާއިރު އެވަރުގެ މުސާރައެއް ދެވޭނެކަމަށް ބެލެވެނީ ދެ ކުލަބަކަށެވެ. އެއީ އިނގިރޭސި ދެ ކުލަބު ކަމަށްވާ ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑެވެ. މި ދެ ކުލަބުގެ ތެރެއިން ޗެލްސީ އިން ނޭމާ ގަތުމަށް ޝައުގުވެރިކަން ހުރި ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox