ޕީއެސްޖީ މޮޅުވީ އިތުރު ވަގުތުގައި މެސީ ކާމިޔާބުކުރި ހިލޭޖެހުމުން

Feb 19, 2023, 8:04 PM
މެސީ އިތުރު ވަގުތުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެސީ އިތުރު ވަގުތުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޕެރިސް (ފެބްރުއަރީ 20) - ފްރާންސް ލީގުގައި ލިއޮނަލް މެސީ، މެޗުގެ އިތުރު ވަގުތުގައި ޖެހި ހިލޭ ޖެހުމުން ޕީއެސްޖީން މިރޭ 4-3 އިން ލިލް އަތުން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ 24 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޮނާކޯ އިން މިރޭ ބްރެސްޓް ދަނޑުގައި 2-1 އިން މޮޅުވިއިރު، މޮނާކޯ އަށް ވަނީ 24 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

ޕީއެސްޖީން ލީޑުނެގީ މެޗުގެ 11 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ. މިއީ ނޭމާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއިން ލިލްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އެމްބާޕޭ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލެކެވެ. އޭގެ ހަ މިނިޓް ފަހުން، މެޗުގެ 17 ވަނަ މިނިޓްގައި ޕީއެސްޖީން ލީޑުފުޅާކުރީ މެޗުގައި ކުޑަހުޅަށް އަނިޔާވެގެން އަށިގަނޑުގައި ބާލަން ޖެހުނު ނޭމާ އެވެ. އޭރިއާތެރެއިން ވިޓީނިއާ ދިން ބޯޅަ ނޭމާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ނޭމާ، ކުޑަހުޅަށް އަނިިޔާވެގެން ބަދަލުުކުރީ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ.

މި މެޗުގައި ޕީއެސްޖީން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ލިލް އިން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 24 ވަަނަ މިނިޓްގައި ލިލްގެ ފުރަތަމަ ގޯލު ޖެހީ އަންދްރޭ ގޯމޭޒް ނެގި ހިލޭ ޖެހުމަކުން ބަފޯޑް ޑިއަކީޓޭ ބޮލުންނެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ 58 ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖޮނަތަން ޑޭވިޑް އެވެ. މިއީ ޕީއެސްޖީގެ މާކޯ ވެރާޓީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 68 ވަނަ މިނިޓްގައި އޭރިއާތެރެއިން ޖޮނަތަން ބަމްބާ ވަނީ ގޯލެއް ޖަހައި ލިލް އަށް ލީޑުނަގައިދީފަ އެވެ.

ޕީއެސްޖީން ގިނަ އެޓޭކްތަކެއް ކުރި މި މެޗުގައި އެ ޓީމަށް އެއްވަރުކޮށްދިނީ 87 ވަނަ މިނިޓްގައި އެމްބާޕޭ އެވެ. މިއީ އޭރިއާތެރެއިން ހުއާން ބާނާޓް ޖައްސާލި ބޯޅައެއް ތިރިތިރިން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިގެން އެމްބާޕޭ ޖެހި ގޯލެކެވެ. މެޗުގެ އިތުރު ވަގުތުގެ ހަތް މިނިޓްގެ ތެރެއިން ފަސް ވަނަ މިނިޓްގައި މެސީ ވަނީ ހިލޭ ޖެހުމަކުން ގޯލު ޖަހައި ޕީއެސްޖީ މޮޅުކޮށްދީފަ އެވެ. މެސީ ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

މެޗަށް ފަހު ޕީއެސްޖީން ނޭމާގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ފުރަތަމަ ޓެސްޓްތަކުން ފައިގެ ކުޑަހުޅުގައި ރެނދެއް ލާފައި ނެތްކަން އެނގޭ ކަމަށް އެ ކްލަބާ ހަވާލާދީ ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ތަފްސީލް އެނގޭ ވަރުގެ ރިޕޯޓެއް ލިބެން އޮތީ 24 ގަޑިއިރަށް ފަހު، ހަދާ ޓެސްޓްތަކުން ކަމަށް ޕީއެސްޖީގެ އޮފިޝަލަކު ވަނީ ފްރާންސްގެ ލެކިއުޕޭ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

ނޭމާ އަކީ މި ސީޒަނުގައި ޕީއެސްޖީ އަށް ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއެކެވެ. ލީގުގައި ނޭމާ ވަނީ 13 ގޯލު ޖަހައި 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox