ރައީސް ސޯލިހުގެ ވަފުދެއް ގާސިމް އަރިހަށް

Feb 18, 2023, 7:20 PM
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަސްލަމް އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު ނިޔާޒު.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަސްލަމް އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު ނިޔާޒު.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމްއާ މަޝްވަރާ ކުރެއްވުމަށް، އެ މަނިކުފާނުގެ ރިސޯޓު، އދ. އަތޮޅު ސަން އައިލެންޑަށް ހޮނިހިރު ދުވަހު ވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި ރައީސް ސޯލިހުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

އެ ދެ ބޭފުޅުން އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައިކަން އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.

ރައީސް ސޯލިހުގެ ވަފުދުން ގާސިމްއާއެކު ކުރެއްވި މަޝްވަރާއާ ގުޅޭ ގޮތުން ދެ ޕާޓީން އަދި ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް ބަހެއް ނުލިބުނެވެ.

އަސްލަމް އާއި ނިޔާޒު މިރޭ ގާސިމްއާއެކު ފަރިއްކުޅެއްވަން ފެއްޓެވުމުގެ ކުރިން ނަންގަވާފައިވާ ފޮޓޯއެއް އަދަދު ނޫހަށް ލިބިފައިވެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ސޯލިހަށް ވަނީ ދީފަ އެވެ.

ސަން އައިލެންޑުގެ އެ ބައްދަލުވުންތަކުގެ ކަންކަން އެނގޭ ބޭފުޅަކު، ނަން ސިއްރެއްގެ ގޮތުގައި ހިފެއްޓުމަށް އެދިވަޑައިގެން އަދަދު ނޫހަށް ވިދާޅުވީ މަޝްވަރާތައް ކުރެއްވީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުންނެވެ. އިތުރު ތަފުސީލެއް އޭނާ ވެސް ނުދެއްވަ އެވެ.

"މިހާރު އޮންނާނީ އެ މަޝްވަރާތައް. އެ ބޭފުޅުން ވެސް ވަޑައިގެންނެވީ އެކަމަށް،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާން ނިންމަވާފައިވާކަން މިދިޔަ އަހަރުގެ ޖޫން މަހު އިއުލާނު ކުރެއްވުމަށް ފަހު، ގާތް ބޭފުޅުންނާއެކު ރައީސް ސޯލިހު ވަޑައިގެންނެވީ ސަން އައިލެންޑަށެވެ. އެ ދަތުރުފުޅުގައި އެހެން ބޭފުޅުންގެ ހާޒިރުގައި ރިޔާސީ އިންތިހާބާ ގުޅޭ ވާހަކަތައް ދެ ލީޑަރުން ވެސް ނުދައްކަވާ ކަމަށް، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު ފަހުން ވިދާޅުވި އެވެ.

ގާސިމްގެ ތާއިދު ހޯއްދެވުމަށް ރައީސް މަސައްކަތް ކުރައްވާއިރު، މި ހަފުތާގައި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އޮންނާނެ އެވެ. އެ ކޮންގްރެސްގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑަނާޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox