ޓޫ ފެކްޓާ އޯތެންޓިކޭޝަނަށް ވެސް ޓްވިޓާއިން ލާރި ނަގަނީ

ސަބްސްކްރައިބް ނުކުރާ ފަރާތްތަކަށް އެ ފީޗާ ޑިސްއޭބަލްކޮށްލުމަށް ނުވަތަ އެހެން ގޮތެއް ހިޔާރުކުރުމަށް ޓްވިޓާއިން ވަނީ 30 ދުވަހުގެ މުހުލަތެއް ދީފަ

ސަބްސްކްރައިބް ނުކުރާ ފަރާތްތަކަށް އެ ފީޗާ ޑިސްއޭބަލްކޮށްލުމަށް ނުވަތަ އެހެން ގޮތެއް ހިޔާރުކުރުމަށް ޓްވިޓާއިން ވަނީ 30 ދުވަހުގެ މުހުލަތެއް ދީފަ

އެކައުންޓްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް އެތައް ބަޔަކު ބޭނުންކުރާ ފީޗާއެއް ކަމަށްވާ ޓޫ-ފެކްޓާ އޯތެންޓިކޭޝަން އަށް ވެސް ޓްވިޓާ އިން ލާރި ނަގާނެކަން އެ ކުންފުނިން ހާމަކޮށްފި އެވެ.

ޓްވިޓާގެ އޮފިޝަލް އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ މި އަހަރުގެ މާޗް 20 ފެށިގެން ޓްވިޓާގެ ސަބްސްކްރައިބާސް ފިޔަވާ އިތުރު ފަރާތްތަކަށް ޓެކްސްޓް މެސެޖް އޯތެންޓިކޭޝަން ބޭނުން ނުކުރެވޭނަކަމަށެވެ.

އަދި, ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުންކުރަން ބޭނުން ނަމަ އެ ފަރާތައް ޖެހޭނީ ޓްވިޓާއަށް ސަބްސްކްރައިބް ކުރަން ކަމަށާއި ނޫނީ އެހެން އެޕެއް މެދުވެރިކޮށް އެކަން ކުރަން ކަމަށް އެ ޓުވީޓުގައިވެ އެވެ.

އެ ކުންފުނިން ކުރި ޓްވީގުގައި ހިމެނޭ ބްލޮގް ޕޯސްޓްގައި ޓްވިޓާ އިން އިތުރަށް ބުނެފައިވަނީ، އެ ކުންފުނީގެ އަމާޒަކީ ޓްވިޓާއަކީ ވީހާވެސް ރައްކާތެރި އަދި ޕްލެޓްފޯމެއް ކަން އާންމުނަށް ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ޓްވިޓާ ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ ފަރާތްތައް ވެސް ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުންކުރަމުންދާތީ، މިއީ އެފަދަ ފަރާތްތަކަށް އެޅޭ އިތުރު ހުރަހެއްކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓްވިޓާ އިން ބުނެފައިވަނީ އެ ޕްލެޓްފޯމް ބޭނުންކުރުމަށް ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުންކުރުން މަޖުބޫރު ނޫން ކަމަށެވެ. ސަބްސްކްރައިބް ނުކުރާ ފަރާތްތަކަށް އެ ފީޗާ ޑިސްއޭބަލްކޮށްލުމަށް ނުވަތަ އެހެން ގޮތެއް ހިޔާރުކުރުމަށް ޓްވިޓާއިން ވަނީ 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ.

ޓްވިގާގެ ސަބްސްކްރައިބް ފީޗާއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވީ އިރު މިހާތަނަށް ސަބްސްކްރައިބްކޮށްފައިވަނީ 180،000 މީހުން ކަމަށާއި އެކަމަށް ލިބެމުން އަންނަ ތަރުހީބު ވަރަށް ދަށްކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބިލިއަނަރު އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު އެކުންފުނީގެ ހިންގުމަށް އަންނަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ.

އެގޮތުން، އޭނާ ވަނީ ޓްވިޓާއަކީ ހުރިހާކަމެއް ކުރެވޭ "އެވްރިތިން އެޕް" އަކަށް ހަދާނެ ކަމަށް ބުނެފަ އެވެ. އެގޮތުން، އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިހާރުވެސް ހިމެނޭ ފީޗާއެއް ކަމަށްވާ ވީޑިއޯ ކޯލިން ވެސް ޓްވިޓާއަށް ވަރަށް އަވަހަށް އަންނާނެ ކަމަށް މަސްކް ބުނެ އެވެ.

އޭގެ އިތުރުން ޓްވިޓާ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ނިޒާމެއް ވެސް ގާއިމު ކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެކަން ކުރުމަށް ބޭނުންވާ ހުރިހާ ރަސްމީ ކަންކަމެއް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox