ހަމަލާ ދީފިނަމަ ރަޝިއާ އާގުޅިގެން ހަނގުރާމައަށް ނުކުންނާނަން: ބެލަރޫސް

ބެލަރޫސްގެ ރައީސް، އެލެކްސެންޑާ ލުކެޝެންކޯ. އޭނާއަކީ އެގައުމުގެ ރައީސްގެ ގޮތުގައި ހުޅަނގުން ބަލައެއް ނުގަނޭ -- ފޮޓޯ: އޭއެފްޕީ

ބެލަރޫސްގެ ރައީސް، އެލެކްސެންޑާ ލުކެޝެންކޯ. އޭނާއަކީ އެގައުމުގެ ރައީސްގެ ގޮތުގައި ހުޅަނގުން ބަލައެއް ނުގަނޭ -- ފޮޓޯ: އޭއެފްޕީ

ހަމަލާއެއް ދީފި ނަމަ ރަޝިއާއާ ގުޅިގެން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމައަށް ނުކުންނާނެ ކަމުގެ އިންޒާރު ބެލަރޫސްގެ ރައީސް، އެލެކްސެންޑާ ލުކަޝެންކޯ ދެއްވައިފި އެވެ.

ލުކެޝެންކޯއަކީ ޔުކްރޭނާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ރަޝިއާއަށް ތާއީދު ކުރައްވާ ލީޑަރެކެވެ. އޭނާ ވަނީ މީގެ ކުރިން ޔުކްރޭނަށް ހަމަލާދިނުމަށް ބެލަރޫސްގެ ބައެއް ސަރަހައްދުތައް ބޭނުން ކުރުމުގެ ހުއްދަ ވެސް ރަޝިއާ ސިފައިންނަށް ދީފަ އެވެ.

އެ ހަނގުރާމަ ފެށުނީއްސުރެ ރަޝިއާއިން ވެސް އަދި އެ ގައުމަށް ތާއީދު ކުރާ ގައުމަކުން ވެސް ހުޅަނގުގެ މީޑިއާތަކާ ބައްދަލުކޮށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިފައެއް ނުވެ އެވެ.

ނަމަވެސް ބެލަރޫސްގެ ވެރިކަން ކުރާ ރަށް، މިންސްކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާތަކުން ވަނީ އެކި ސުވާލުތައް އެމަނިކުފާނާ އަމާޒުކޮށްފަ އެވެ.

ހަނގުރާމައިގެ ތައްޔާރީތަކަށް މިދިޔަ އަހަރު ބެލަރޫސްގެ ސަރަހައްދު ބޭނުން ކުރުމަށް ރަޝިއާ ސިފައިންނަށް ހުއްދަ ދިން ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް ހުއްދަ ދީފާނަންތޯ ނޫސްވެރިޔަކުކުރި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ އެ ފުރުސަތު ރަޝިއާ ސިފައިންނަށް ދިނުމަށް މިހާރު ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

"އާނ، އަހަރެން ތައްޔާރަށް މިހުރީ މިތަނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އެމީހުންނަށް ދޭން، އަހަރުމެންގެ ސަރަހައްދަށް ޔުކްރޭނު ސިފައިންގެ އެންމެ މީހަކު ވަނަސް ހަނގުރާމައިގައި ރަޝީއާއާ ބައިވެރިވާން ވެސް ތައްޔާރަށް އަހަރުމެން މިތިބީ،" ލުކެޝެންކޯ ވިދާޅުވި އެވެ.

ރަޝިއާ އާއި ބެލަރޫސްއާ ދެމެދު އަސްކަރީ ގުޅުންތައް ވަނީ މިފަކަށް އައިސް ވަރަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ތަފާތު ޑްރިލްތައް ކުރިއަށް ގެންދިއުން ވަނީ އިތުރު ކޮށްފަ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ޔުކްރޭނު ހަނގުރާމައިގެ ތެރެއަށް އެ ގައުމުން ވަދެފައެއް ނުވެ އެވެ.

ލުކެޝެންކޯއަކީ ބެލަރޫސްގެ ރައީސް ކަމަަކަށް އިނގިރޭސިވިލާތާއި، ވިލާތުގެ އިއްތިހާދުގެ އިތުރުން އެމެރިކާއިން ވެސް ބަލައެއް ނުގަނެ އެވެ. ސަބަބެއް ކަމަށް ހުޅަނގުން ދައްކަނީ 2020، ގައި ބެލަރޫސްގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ކުުރި މުޒާހަރާ އެވެ.

ލުކެޝެންކޯގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ކުރި އެ މުޒާހަރާ ރޫޅާލީ ވަރަށް ހުދުމުހުތާރުކަމާ އެކު އަނިޔާވެރިކޮށް ކަމަށް ހުޅަނގުން ސިފަކުރެ އެވެ.

ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމައިގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ހުޅަނގު ކަމަށް ލުކެޝެންކޯ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox