ފުރަތަމަ ލެގުގައި ބާސެލޯނާ ދަނޑުގައި ޔުނައިޓެޑާ އެއްވަރު

Feb 17, 2023, 3:10 AM
ޔުނައިޓެޑްގެ ރަޝްފޯޑް ބާސެލޯނާ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔުނައިޓެޑްގެ ރަޝްފޯޑް ބާސެލޯނާ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބާސެލޯނާ (ފެބްރުއަރީ 17) - ޔުއެފާ ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުވެއްޖެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑް ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އަނެއް ބުރުގެ ފުރުސަތު ލިބޭނެ އެވެ.

ރޭގެ މެޗަކީ ޔޫރަޕްގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޔޫރޮޕާ ލީގުގައި ޔުނައިޓެޑާއި ބާސެލޯނާގެ ފުރަތަމަ ކުރިމަތިލުމެެވެ. މީގެ ކުރިން މި ދެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގައި ގިނަ ފަހަރުތަކެއް މަތިން ބައްދަލުކޮށްފަ އެވެ.

ބާސެލޯނާގެ ނޯ ކޭމްޕްގައި ރޭ ކުޅުނު މެޗުގެ ހުރިހާ ގޯލެއް ފެނިގެންދިޔައީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ރަފީނިއާ ނެގި ކޯނަރަކުން ބާސެލޯނާ އަށް ލީޑުނަގައިދިނީ މާކޯސް އަލޮންސޯ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. ބާސެލޯނާ އަށް ލީޑުހިފަހައްޓައިލެވުނީ ދެ މިނިޓެވެ. ޔުނައިޓެޑްގެ ފްރެޑް ދިން ބޯޅައަކަށް އޭރިއާތެރެއަށް ވަދެ، މާކަސް ރެޝްފޯޑް ހަނި އޭންގަލުން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 59 ވަނަ މިނިޓްގައި ޔުނައިޓެޑުން ވަނީ ލީޑުނަގައިފަ އެވެ. މިއީ ރަޝްފޯޑް ތިރިތިރިން ނެގި ހުރަހެއް ބާސެލޯނާގެ ޑިފެންސް ތެރެއިން ގޮސް، އެ ޓީމުގެ ޖޫލްސް ކޫންޑޭ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. ބާސެލޯނާ އިން އެއްވަރުކުރީ މެޗުގެ 76 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ގޯލުންނެވެ. އޭރިއާތެރެއަށް ރަފީނިއާ ހުރަސްކުރި ބޯޅަ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި އަމާޒުވީ ގޯލުގެ ކަނަށެވެ.

ބާސެލޯނާ މޮޅުކޮށްދޭން އަންސޫ ފާޓީ ޖެހި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ހަގީގަތުގައި ފެނިގެންދިޔައީ ޗެމްޕިއަންސް ލީގު ލެވަލްގެ ފޯރިގަދަ މެޗެއް ކަމަށާއި ދެ ޓީމުގެ ފަރާތުން ފެނުނު އެޓޭކިން ފުޓްބޯޅަ ރަނގަޅު ކަމަށެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ޔުނައިޓެޑްގެ އޭރިއާތެރެއިން އެ ޓީމުގެ ފްރެޑް އަތުގައި ބޯޅަ ޖެހުމުން ޕެނަލްޓީ ނުދިން މައްސަލައިގައި ނުރުހުން ފާޅުކޮށްފަ އެވެ.

ޔޫރޮޕާ ލީގުގެ ޕްލޭއޮފްގައި ރޭ ކުުޅުނު އެހެން ފާހަގަކޮށްލެވޭ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި ފްރާންސްގެ ނޯންޓްސްއާ 1-1 އިން އެއްވަރުވެފަ އެވެ. ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ އޭއެސް ރޯމާ ވަނީ ރަށުންބޭރުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އަތުން 1-0 އިން ބަލިވެފަ އެވެ. ސެވިއްޔާ އިން 3-0 އިން ޕީއެސްވީ އައިންދޯވަން ބަލިކުރިއިރު، އަޔަކްސް އާއި ޔޫނިއަން ބާލިން ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އަދި ބަޔާ ލެވަކޫސަން ދަނޑުގައި މޮނާކޯ މޮޅުވީ 3-2 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox