މެސީގެ ބައްޕަ ބުނަނީ މެސީ އެނބުރި ބާސެލޯނާ އަށް ނުދާނެކަމަށް

Feb 17, 2023, 12:48 AM
މެސީގެ ބައްޕަ ބުނަނީ މެސީ އެނބުރި ބާސެލޯނާ އަށް ނުދާނެކަމަށް

ބާސެލޯނާ (ފެބްރުއަރީ 17) - އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މި ސީޒަނަށް ފަހު އެނބުރި ބާސެލޯނާ އަށް ގޮސްދާނެ ކަމަށް ދެކެވޭ ވާހަކަތައް މެސީގެ ބައްޕަ ދޮގުކޮށްފި އެވެ.

ޔޫތު ކެރިއަރުން ފެށިގެން ސީނިއާ ކެރިއަރުގެ 17 އަހަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު މެސީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ބަދަލުވީ 2021ގަ އެވެ. އޭގެ ފަހުން ޕީއެސްޖީގައި ދެ ވަނަ ސީޒަން ކުޅެމުން އަންނަ, މެސީ އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ.

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ޕީއެސްޖީން ކުރަމުން އަންނައިރު އޭނާ ހޯދުމަށް ކުރީގެ ކުލަބު ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. ސްޕެއިންގެ މީޑިއާތަކުން ބުނާ ގޮތުން ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ މެސީ އެ ކުލަބަށް ގެނައުމަށް މަސައްކަތްތައް ފަށައިފަ އެވެ.

Advertisement

މި ވާހަކަތަކަށް ރައްދުދެމުން މެސީގެ ބައްޕަ ޖޯޖް މެސީ ބުނީ އޭނާގެ ދަރިފުޅު އެނބުރި ބާސެލޯނާ އިން ފެނުން ދުރު ކަމަށާއި، ކުލަބު ރައީސް އެ ކަމާ ގުޅޭގޮތުން މެސީ އަށް ގުޅާފައިވެސް ނުވާ ކަމަށެވެ.

"އަހަންނަށް ހިއެއް ނުވޭ މެސީ ބާސެލޯނާ އަށް ދެން ކުޅޭނެ ހެނެއް. ކުލަބުގެ ހުށެހެޅުމެއް ނުލިބޭ، ރައީސް ލަޕޯޓާއާ އެކު ވާހަކަދެކެވިފައެއް ވެސް ނެތް" މެސީގެ އޭޖެންޓްގެ ގޮތުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި އޭނާގެ ބައްޕަ ބުންޏެވެ.

މެސީ ބާސެލޯނާގައި ކެރިއަރު ނިންމާލުމަކީ މިހާރުގެ ރައީސް ލަޕޯޓާގެ އިންތިހާބީ ވައުދެކެވެ. ލަޕޯޓާ، ބާސެލޯނާ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް މެސީ އެ ކްލަބް ދޫކޮށްލަން ޖެހުމުން، ވަރަށް ބޮޑަށް މާޔޫސްވި ކަމަށް ވަނީ އެކި ފަހަރު މަތިން ވިދާޅުވެފަ އެވެ.

މެސީ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން އެ ކުލަބުން ބޭނުންވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިމުނު ވޯލްޑް ކަޕަަށް ފަހު އާ ކޮންޓްރެކްޓްގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް އެކަމުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ފްރާންސްގެ ނޫސްތަކުން ބުނެ އެވެ.

މެސީ، 35، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމަކީ އެކުލަބަށް އެންމެ ރަނގަޅު ނިންމުމަށް ނުވާނެ ކަމަށް އެކުލަބުގެ ކުރީގެ ބައެއް ކުޅުންތެރިން ބުނަމުން އަންނައިރު މެސީ ހޯދުމަށް އެމެރިކާ ލީގުގެ އިންޓަ މިއާމީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިންގްލެންޑްގެ ފުޓްބޯޅަ ލެޖެންޑު ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަ މަޔާމީން މެސީއަށް ދޭން ހުށަހަޅާ މުސާރަ އަކީ ވެސް ޕީއެސްޖީއިން ދޭ މުސާރަ އަށް ވުރެ ބޮޑު އަދަދެއް ކަމަށް ބެލެވެ އެވެ.

ވޯލްޑް ކަޕްގެ ކުރިން ޕީއެސްޖީގައި ރަނގަޅު ކުޅުމެއް ދެއްކި މެސީ އަށް ވޯލްޑް ކަޕަށް ފަހު އެކަށީގެންވާ ކުޅުމެއް އަދި ނުދެއްކެ އެވެ. އެންމެ ފަހުން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޖަރުމަންގެ ބަޔާން މިއުނިކް އަތުން ވެސް ޕީއެސްޖީ ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox