ޔުނައިޓެޑާއި ބާސެލޯނާ ވެސް އޮތީ ރަނގަޅު މިސްރާބުގައި: ޓެން ހާގް

Feb 16, 2023, 1:33 PM
ޔުނައިޓެޑާއި ބާސެލޯނާ ވެސް އޮތީ ރަނގަޅު މިސްރާބުގައި: ޓެން ހާގް

ބާސެލޯނާ (ފެބްރުއަރީ 16) - މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ އަކީ ވެސް ޗެމްޕިއަންސް ލީގުގައި ވާދަކުރަން ބޭނުންވާ ދެ ކްލަބު ކަމަށާއި ދެ ކްލަބު ވެސް މި ވަގުތު އޮތީ ރަނގަޅު މިސްރާބުގައި ކަމަށް ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔޫރޮޕާ ލީގުގެ ނޮކައުޓްގެ ޕްލޭ އޮފް ބުރުގައި މިރޭ ބާސެލޯނާގެ ދަނޑުގައި މި ދެ ޓީމު ކުރިމަތިލާނެ އެވެ. މިއީ 30 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ބޭރުން މި ދެ ޓީމު ކުރިމަތިލާނެ ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގައި މި ދެ ކްލަބު އެންމެ ކުރިމަތިލީ 2019 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގަ އެވެ. އޭގެ ކުރިން ބާސެލޯނާ އިން ވަނީ 2009 ވަނަ އަހަރާއި 2011 އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ބާސެލޯނާ އިން ޔޫރަޕްގެ ތައްޓެއް އެންމެ ފަހުން ހޯދީ 2015 ވަނަ އަހަރެވެ. ޔުނައިޓެޑަށް އެންމެ ފަހުން ލިބުނު ޔޫރަޕްގެ ތައްޓާކީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދަައްކަަމުން ޔުނައިޓަޑްގެ ކޯޗު ޓެން ހާގް ބުނީ ދެ ކްލަބު ވެސް އޮތީ ރަނގަޅު މިސްރާބެއްގައިި ކަމަށެވެ. އަދި ދެ ޓީމުގެ ވެސް އަމާޒަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރުން ކަމަށް ޓެން ހާގް ފާހަގަކުރި އެވެ.

"ދެ ޓީމުގެ ވެސް އަމާޒަކީ ޗެމްޕިއަންސް ލީގު. އެކަމަކު، މި ވަގުތު މި އޮތީ ޔޫރޮޕާ ލީގުގައި. ދެ ކްލަބު ވެސް ޖެހޭނީ ރީސެޓްކުރަން. އެކަމަކު މިހާރު މި އޮތީ ރަނގަޅު މިސްރާބުގައި،" ޓެން ހާގް ބުންޏެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒަށް ތައުރީފްކުރަމުން ޓެން ހާގް ބުނީ މިހާރު ބާސެލޯނާގެ ފަރާތުން ފެންނަނީ ނެދަލޭންޑްސްގެ ލެޖެންޑް ޔޯހަން ކްރައިފްގެ ވިސްނުމުގައި ބައްޓަންކުރި ކުޅުމުގެ ސްޓައިލް ކަމަށެވެ.

"ބާސެލޯނާއާ ދެކޮޅަށް ކުޅުމަކީ ވަރަށް ރަނގަޅު ކަމެއް. މިއީ އަހަންނަށް ވަރަށް ކަމުދާ ކްލަބެއް. މިހާރު ބާސެލޯނާގެ ފަރާތުން ފެންނަނީ ފާއިތުވި ދެ ތިން އަހަރު އެ ޓީމުގެ ފަރާތުން ނުފެންނަ ވަރުގެ ކުޅުމެއް،" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަކީ މި ވަގުތު މުޅި ޔޫރަޕްގެ ފުޓްބޯޅަ އަށް ބެލިޔަސް އެންމެ ނުރައްކާތެރި ފޯމެއްގައި ހުރި ކުޅުންތެރިޔާ ކަމަށާއި އޭނާ އަށް ސަމާލުވާނެ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ ބުނެފަ އެވެ.

ބާސެލޯނާގެ ދަނޑުގައި މިރޭ އެ ޓީމުން ޔުނައިޓެޑާ ބައްދަލުކުރާ މެޗު ފަށާނީ މާލޭ ގަޑިން 23:45 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox