މުނިހޯމްކެއާ ރޯދަ ސޭލްގައި 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު

އަމީނީ މަގުގައި ހުންނަ މުނި ހޯމްކެއާ ލިވިން ސެންޓަރު -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އަމީނީ މަގުގައި ހުންނަ މުނި ހޯމްކެއާ ލިވިން ސެންޓަރު -- ފޮޓޯ: މިރާން ނާޝިމް / އަދަދު

70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ 'ސުޕަ ފާސްޓު ރަމަޟާން ސޭލް' މުނި ހޯމްކެއާގައި ފަށައިފި އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 21، ގެ ނިޔަލަށް އަމީނީ މަގުގައި ހުންނަ މުނި ލިވިން ސެންޓާ އަދި ޕެއިންޓު ސެންޓާ އާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ މުނި ޓްރޭޑާސް އަދި ފާނީޗާ ސެންޓާގަ އެވެ.

ސުޕަ ފާސްޓު ރަމަޟާން ސޭލްގެ ތެރެއިން މުނި ހޯމްކެއާގެ ފިހާރަތަކުން ވިއްކާ ލިވިން، ބެޑްރޫމް، އޮފީސް، އައުޓްޑޯ ފަރުނީޗަރު، އޮފީސް ވޯކު ސްޓޭޝަންސް، ސެނިޓަރީވެއާ ޕްރޮޑަކްޓު، މޮޑިއުލާ ކިޗެން ކަބަޑު، ފްލޯ، ވޯލް ޓައިލްސް، ކެމިކަލް ސިމެންތި އަދި ވިޓެކްސް/ސެންމާކޯ ޕެއިންޓުގެ ބާވަތްތަކުން ޑިސްކައުންޓު ލިބޭނެ އެވެ.

Advertisement

އެ ޕްރޮމޯޝަނާ ގުޅޭގޮތުން މުނި ހޯމްކެއާގެ އޮޕަރޭޝަންސް މެނޭޖަރު، އިމްރާން މުހައްމަދު ވިދާޅުވީ، ރަމަޟާން މަހަށް ހާއްސަކޮށް މިވަރުގެ ބޮޑެތި ޑިސްކައުންޓުތަކެއް މުނި ހޯމްކެއާއިން ދެވުމަކީ އެ ކުންފުނިން އެކަމާ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ މިވަގުތަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން އެޕްރިޝިއޭޓުކުރުމުގެ ގޮތުން ޑިސްކައުންޓުތަކާއި ހާއްސަ އޮފާތައް އެމީހުންނަށް ދޭން އެންމެ މުނާސަބު ވަގުތުކަމަށް،" އިމްރާން ވިދާޅުވި އެވެ.

"މިއީ (ރަމަޟާން މަހަކީ) އެންމެން އެއްބައިވެ އަޚުވަންތަވެ އުފާ ކުރަންވީ ދުވަސްވަރެއް، ވަރަށް ފަހުރުވެރިވޭ އެ އުފަލުގައި ބައިވެރިވެވޭތީ،"

ސުޕަ ފާސްޓު ރަމަޟާން ސޭލްގެ މުއްދަތުގައި މުނި ހޯމެކެއާގެ ފިހާރަތަކަށް ޒިޔާރަތް ކުރާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް އެ ކުންފުނިން ހުށަހަޅާފައިވެ އެވެ.

އެގޮތުން އެއްވަނައަށް ހޮވޭ ނަސީބުރިއަކަށް ހަ ފޫޓުގެ މޮޑިއުލާ ކިޗެން އެއް ހުށަހަޅާފައި ވާއިރު، ދެވަނައަށް ހުށަހަޅާފައި ވަނީ ޓްވީކް ސްވިންގެކެވެ. އަދި ތިންވަނައަށް ހޮވޭފަރާކަށް މުނި ހޯމްކެއާއިން ހުށަހަޅާފައި ވަނީ ތިން މީހުންގެ ޖާގައިގެ ސޯފާ އެކެވެ.

އަދި އެ މުއްދަތުގައި މުނި ހޯމްކެއާގެ ފާނީޗާ ސެންޓަރާއި މުނި ޓްރޭޑާސް އަދި މުނި ލިވިން ސެންޓަރުން 5000ރ. އަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހާއްސަ އިނާމެއް ލިބޭނެ އެވެ.

ސުޕަ ފާސްޓު ސޭލްގެ ތެރެއިން މުނި ޕެއިންޓު ސެންޓަރުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތެއް ނެގުމަށް ވެސް ހަމަޖެހިފައިވެ އެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެ ކުންފުނިން ހުށަހަޅާފައި ވަނީ 55 އިންޗީގެ، ހައިސެންސް ޔޫއެޗްޑީ، 4ކޭ، ސްމާޓް ޓީވީ އެކެވެ.

ދިވެހިންގެ ދިރިއުުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެނެސްދިނުމުގެ މަގުސަދުގައި އުފަންކުރުވި މުނި ހޯމްކެއާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަރުނީޗަރާއި ސެނިޓަރީވެއާ އަދި ޕެއިންޓުގެ އުފެއްދުންތައް ވިއްކަމުން އަންނަ އެއް ކުންފުންޏެވެ.

ހުޅުމާލެއާއި މާލޭގެ ހުރިހާ ސަރަހައްދަކަށާއި ބޯޓުތަކަށް ވެސް މުނި ހޯމްކެއާއިން ހިލޭ ޑެލިވަރީ ކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox