ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ޖޭއެސްސީން ނިންމައިފި

ސުލޫކީ މައްސަލަ ނުބަލަން ނިންމާފައިވާ ތިންް ފަނޑިޔާރުން؛ ސިވިލްކޯޓު ގާޒީ މަރިޔަމް (ކ) ހައިކޯޓު ފަނޑިޔާރު ޝަހީދު (މ) ކްރިމިނަލް ކޯޓު ގާޒީ ސޮފްވަތު (ވ) -- ފޮޓޯ: ޖޭއެސްސީ

ސުލޫކީ މައްސަލަ ނުބަލަން ނިންމާފައިވާ ތިންް ފަނޑިޔާރުން؛ ސިވިލްކޯޓު ގާޒީ މަރިޔަމް (ކ) ހައިކޯޓު ފަނޑިޔާރު ޝަހީދު (މ) ކްރިމިނަލް ކޯޓު ގާޒީ ސޮފްވަތު (ވ) -- ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަަލަމުން ދިޔަ ހަތަރު ސުލޫކީ މައްސަލައެއް ސާބިތު ނުވާ ކަމަށް ނިންމައިފި އެވެ.

އެއީ، ތިން ފަނޑިޔާރަކާއި ގުޅިގެން ހުށަހަޅާފައިވާ ހަތަރު މައްސަލަ އެކެވެ. އޭގެ ތެރޭގައި ހިމެނެނީ، ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ދެ ސުލޫކީ މައްސަލައަކާއި، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބުގެ ސުލޫކީ މައްސަލައަކާއި، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލައެކެވެ.

ފެބްރުއަރީ 12، ގައި ބޭއްވި ޖޭއެސްސީގެ 12 ވަނަ ބައްދަލުވުމުގައި ވަނީ މި މައްސަލަތައް ސާބިތު ނުވާ ކަމަށް ނިންމާފަ އެވެ.

ފަނޑިޔާރު ހުސައިން ޝަހީދުގެ ދެ ސުލޫކީ މައްސަލައެއްް ތަހުގީގުކޮށްފައިވާއިރު، އެއީ ކޮން މައްސަލަތަކެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބުއާ ގުޅިގެން ނޮވެމްބަރު 10، 2022 ގައި ބަލަން ފަށާފައި ވަނީ، ސޮފްވަތު ބައްލަވަމުން ގެންދަވާ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހެޅި ފަހުން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ މައްސަލައެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން، ޝަރީއަތުގެ ހިނގި ކަންކަމުގެ މައްޗަށް މައްސަލައެއްގައި ހިމެނޭ ކޮންމެ ހަސްމެއްގެ ފަރާތުން ހުލާސާ ބަޔާނެއް ހުށަހެޅުމަށް ފަހު، 30 ދުވަހުގެ ތެރޭގައި މައްސަލައެއްގެ ހުކުމް އިއްވަން ޖެހެ އެވެ.

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލަ ބަލާފައި ވަނީ އެ ކޯޓުގައި ކުރިއަށް ގެންދިޔަ ތަންފީޒީ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމަކާ އެގަޒިއްޔާއާ ގުޅޭގޮތުން ޝަރީއަތުގެ ބޭރުން މުއާމަލާތުކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލާ ކަނޑައެޅިގެނ ހިލާފަށް އަމަލުކޮށްފައިވާކަމަސް ބުނެ ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox