ބަޔާން މެޗަށް ޕީއެސްޖީގެ އެމްބާޕޭ ފިޓްވެއްޖެ

Feb 13, 2023, 2:31 PM
ބަޔާން މެޗަށް ޕީއެސްޖީގެ އެމްބާޕޭ ފިޓްވެއްޖެ

ޕެރިސް (ފެބްރުއަރީ 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ބަޔާން މިއުނިކާ ދެކޮޅަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ކުޅޭ މެޗަށް އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ފިޓްވުމުން ސްކޮޑުގައި ހިމަނައިފި އެވެ.

މި މަހު އެއް ވަނަ ދުވަހު ޕީއެސްޖީން ފްރެންޗް ލީގުގައި މޮންޓްޕެލިއޭއާ ކުޅުނު މެޗުގައި އެމްބާޕޭ އަށް ލިބުނު އަނިޔާގެ ސަބަބުން އޭރު ޕީއެސްޖީން ބުނީ އެމްބާޕޭ ތިން ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެރޭ ފްރެންޗް ލީގުގައި މޮނާކޯ އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ގާތުގައި އެމްބާޕޭ އަށް މާދަމާރޭ ބަޔާނާ ދެކޮޅަށް ކުޅެވޭނެތޯ ގިނަ ސުވާލުތަކެއް ކުރިމަތިވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެމުން، ގަލްޓިއޭ ބުނީ އެމްބާޕޭ ފިޓްނަމަ ކުޅޭނެ ކަމަށާއި އެއްވެސް ވަރަކަށް "ރިސްކު ނަގައިގެން" އެމްބާޕޭ ލައްވައި ނުކުޅުވާނެ ކަމަށެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ އެމްބާޕޭ ފިޓްނުވާނެ ކަމަށް ބުނެ، ޕީއެސްޖީން ދައްކާ ވާހަކަތައް އަޑުނާހާނެ ކަމަށާއި އޭނާގެ ވިސްނުމަށް އަންނަނީ އެމްބާޕޭ އަނިޔާ ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ޕީއެސްޖީން ރާވައިގެން ކުޅޭ "މައިންޑް ގޭމެއް" ކަމަށެވެ.

މިދިޔަ ދެ ދުވަހު ޕީއެސްޖީން ބޭއްވި ފަރިތަކުރުންތަކުގައި އެމްބާޕޭގެ އިތުރުން، އަނިޔާގައި ހުރި ލިއޮނަލް މެސީ އާއި މާކޯ ވެރާޓީ ވެސް ވަނީ ބައިވެރިވެފަ އެވެ. އެމްބާޕޭ އާއި ވެރާޓީ އަދި މެސީ ވެސް ޕީއެސްޖީން ބަޔާނާ ދެކޮޅަށް ކުޅެން ނެގި 22 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެ އެވެ.

ޕީއެސްޖީން އެމްބާޕޭ އާއި މެސީގެ ސޮއި ހޯދި އެންމެ ބޮޑު ބޭނުމަކީ އެ ކްލަބްގެ ތާރިހުގައި ފުރަަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox