މެލޭޝިއާ ބޮޑުވަޒީރުގެ ދަރިކަނބަލުންނަށް އާ މަގާމެއް

Feb 13, 2023, 1:20 AM
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދޮށީ ދަރިކަނބަލުން ނޫރުލް އިއްޒާ. -- ފޮޓޯ: ދަ ސްޓާ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދޮށީ ދަރިކަނބަލުން ނޫރުލް އިއްޒާ. -- ފޮޓޯ: ދަ ސްޓާ

މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ އިކޮނޮމިކް އެޑްވައިޒަރުގެ މަގާމުން އިއްޔެ ވަކިވެވަޑައިގެންނެވި އެ މަނިކުފާނުގެ ދޮށީ ދަރިކަނބަލުން ނޫރުލް އިއްޒާ، ފިނޭންސް މިނިސްޓަރަށް ލަފާ ދޭ ޕެނަލްގެ ސެކްރެޓޭރިއޭޓުގެ ކޯޗެއާއަކަށް އައްޔަން ކުރައްވައިފި އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރަކީ އަދި ފިނޭންސް މިނިސްޓަރަކީ ވެސް އަންވަރެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި މެލޭޝިއާގެ އާންމު އިންތިހާބުގައި 42 އަހަރުގެ ނޫރުލް އިއްޒާ ވާދަކުރެއްވި ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ދިފާއު ނުކުރެއްވުނެވެ.

އެއަށް ފަހު އޭނާ އައްޔަން ކުރެއްވީ ބޮޑުވަޒީރު އަންވަރަށް މާލީ އަދި އިގުދިސޯދީ ކަންކަމުގައި ލަފާ ދެއްވާ ބޭފުޅެއްގެ މަގާމަށެވެ. އެކަމާ ގުޅިގެން އަންވަރަށް ފާޑުކިޔުންތައް އަމާޒުވަމުން ދިޔައިރު، އެޑްވައިޒަރުގެ މަގާމުން ނޫރުލް އިއްޒަ އިސްތިއުފާ ދެއްވި ކަން އިއްޔެ އޭނާ ވަނީ ހާމަ ކުރައްވައިފަ އެވެ. އަދި ފިނޭންސް މިނިސްޓަރަށް ލަފާ ދޭ ޕެނަލްގެ ސެކްރިޓޭރިއޭޓުގެ ކޯޗެއާއެއްގެ ގޮތުގައި ހިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ދައުވަތު ގަބޫލު ކުރައްވާކަން ވެސް އޭނާ ވަނީ ހާމަ ކުރައްވައިފަ އެވެ.

ފެބްރުއަރީ 7 ގައި އުފެއްދެވި އެ ޕެނަލުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގައި މިހާރު ހުރި ސަބްސިޑީތައް މުރާޖައާ ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަމުގައި ލަފާ ދިނުމާއި، މާލީ ކަންކަމާއި ދަރަންޏާއި ހެޔޮވެރިކަމާ ގުޅޭ ކަންކަމުގައި ލަފާ ދިނުމެވެ.

އެ ޕެނަލްގައި ހިމެނިވަޑައިގަންނަނަވަނީ މެލޭޝިއާގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯނާސްގެ ކުރީގެ ޗީފް އެގްޒެކެޓިވް ހަސަން މަރިކަން، ސަންވޭ ޔުނިވާސިޓީގެ އިކޮނޮމިކްސް ސްޓަޑީޒް ޑިރެކްޓަރު ޔޭ ކިމް ލެންގް އަދި ޔުނިވާސިޓީ މަލާޔާގެ ޕްރޮފެސަރު އޮފް އިކޮނޮމިކްސް ރާޖާ ރާސިއާ އެވެ.

ޕެނަލްގެ ސެކްރެޓޭރިއޭޓުގެ ކޯޗެއާގެ ގޮތުގައި ތިއްބަވާނީ ޕެޓްރޯނާސްގެ ސީނިއާ މެނޭޖަރު ޚައިރިލް އަނޫރު ރަމްލީއާ އާއި ނޫރުލް އިއްޒާ އެވެ.

އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން އިންޖިނިއަރިންގެ ދާއިރާއިން ނޫރުލް އިއްޒަ ޑިގްރީ ހާސިލު ކުރައްވާފައިވާއިރު، ޕަބްލިކް އެންޑް ސޯޝަލް ޕޮލިސީގެ ދާއިރާއިން ބެސް ޑިގްރީއެއް ހާސިލް ކުރައްވާފައިވެ އެވެ.

މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ނޫރުލް އިއްޒާ ކުރިން އަދާކުރެއްވި ނަމަވެސް، މާލީ އަދި އިގުތިސޯދީ ދާއިރާގެ ތަޖުރިބާއެއް ލިބިވަޑައިގެންފައިނުވެ އެވެ.

ނޫރުލް އިއްޒާ އަށް އެޑްވައިޒަރުކަން ދެއްވުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތައް ދިފާއު ކުރައްވައި އަންވަރު ވިދާޅުވީ އެޑްވައިޒަރުގެ މަގާމަކީ އުޖޫރައެއް ލިބޭ މަގާމެއް ވެސް ނޫން ކަމަށެވެ. އަދި އެއީ އާއިލީ ބޭފުޅަކަށް މަގާމުގެ ނާޖާއިޒު ބޭނުން ހިފައި، މުއްސަނދިވުމަށް ލިބިފައި އޮތް ފުރުސަތެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox