ޔުނައިޓެޑުން ލީޑްސް ބަލިކުރިއިރު، ސިޓީން އާސެނަލާ ގާތަށް ޖެހިލައިފި

Feb 12, 2023, 8:23 PM
ސިޓީން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--

ސިޓީން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--

މެންޗެސްޓާ (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން ލީޑްސް ޔުނައިޓެޑް ބަލިކުރިއިރު، އެސްޓަން ވިލާ އަތުން 3-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ގާތަށް ޖެހިލައިފި އެވެ.

ޖެހިޖެހިގެން ދެ ހަފްތާގައި ޕޮއިންޓް ނަގާލި އާސެނަލް އެއް ވަނައިގައި އޮތީ 21 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަަަނައިގައި އޮތް ސިޓީ އަށް ވަނީ 22 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ތިން ވަނައިގައި އޮތީ 23 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ބުދަ ދުވަހުގެރޭ ސިޓީން އާސެނަލް ދަނޑުގައި މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ކުރިއަށް ޖެހިލެވޭނެ އެވެ.

މީގެ ހަތަރު ދުވަސް ކުރިން ލީޑްސް އިން ވަނީ ޔުނައިޓެޑް ދަނޑުގައި އެ ޓީމާ އެއްވަރުކޮށްފަ އެވެ. މިރޭ ލީޑްސްގެ ދަނޑު، އެލަން ރޯޑުގައި ކުޅުނު މެޗު ފަށައިގެން އެ ޓީމަށް ލީޑުނަަގައިދޭން އޭރިއާތެރެއިން ކްރައިސެންސިއޯ ސަމާވިލް އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތަކުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އަށް ލިބުނު ހުސް ފުރުސަތަކުން ޖެހި ބޯޅަ ލީޑްސްގެ ކީޕަރު އިލާން މެލިއޭ ވަނީ ހުއްޓުވައިފަ އެވެ.

ޔުނައިޓެޑުން މި މެޗުގައި ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު ކޮޅުގަ އެވެ. އެ ގޮތުން، 80 ވަނަ މިނިޓްގައި ޔުނައިޓެޑުން ލީޑުނެގީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި މާކަސް ރަޝްފޯޑް ޖެހި ގޯލުންނެވެ. މިއީ، ލޫކް ޝޯ ނެގި ހުރަހަކުން، ރަޝްފޯޑް ބޮލުން ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، ރަޝްފޯޑް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ބަލައިނުގަންނަން ނިންމައިފަ އެވެ.

ލީޑްސްގެ ކޮކް (ކ) ކައިރިން ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ބޯޅަ ހިފައިގެންދަނީ.

މެޗުގެ 85 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހީ ކައުންޓަ އެޓޭކެއްގައި އަލެހަންދްރޯ ގާނާޗޯ އެވެ. މިއީ ޔުނައިޓެޑްގެ ވައުޓް ވެގްހޯސްޓް ދިން ބޯޅައެއް ހިފައިގެން، އޭރިއާތެރެއަށް ވަދެ، ކައިރީ ކަނަށް ފޮނުވާލައިގެން ގާނާޗޯ ޖެހި ގޯލެކެވެ. ގާނާޗޯ ކުޅެން އެރީ ޖޭޑަން ސަންޗޯގެ ބަދަލުގަ އެވެ. އޭގެ ފަހުން، ވެގްހޯސްޓް ޖެހި ގޯލެއް ވީއޭއާރް އިން ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ.

ސިޓީން މާލީ މައްސަލަތަކެއްގެ ތެރޭގައި ތާށިވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ އެ ޓީމުގެ ސަޕޯޓަރުން ވަނީ ޕްރިމިއާ ލީގުން އެ ޓީމާ މެދު ފިޔަވަޅު އަޅަން އުޅޭ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ސިޓީން ހަތަރު ވަނަ މިނިޓްގައި ލީޑުނެގީ ރިޔާދު މާރޭޒް ނެގި ކޯނަރަކުން ރޮޑްރީ ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ 39 ވަނަ މިނިޓްގައި ސިޓީން ލީޑުފުޅާކުރީ އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން މާރޭޒް އެވެ. މިއީ އެސްޓަން ވިލާގެ ޖެކޮބް ރަމްސީ އޭރިއާތެރެއިން ސިޓީގެ ޖެކް ގްރީލިޝް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފުގައި އެސްޓަން ވިލާ އިން ވަނީ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ސިޓީގެ ބެނާޑޯ ސިލްވާ ހެދި ގޯހެއްގެ ފައިދާނަގައި، އެސްޓަން ވިިލާގެ އޮލީ ވަޓްކިންސް ވަނީ އެ ޓީމުގެ ޑަގްލަސް ލުއީޒް ދިން ބޯޅައަކުން ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން ވެސް އެސްޓަން ވިލާ އިން ގޯލެއް ޖެހޭތޯ ރަނގަޅު އެޓޭކްތަކެއް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox