ޗެލްސީ، އާސެނަލް އަދި ނިއުކާސަލަށް ވެސް މޮޅެއް ނުވެވުނު

Feb 11, 2023, 8:21 PM
ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޓްރޮސާޑް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޓްރޮސާޑް އުފާފާޅުކުރަނީ.

ލަންޑަން (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޗެލްސީ، އާސެނަލް އަދި ނިއުކާސަލް ޔުނައިޓެޑް މޮޅެއް ނުލިބި ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެ އެވެ.

ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ 1-1 އިން އެއްވަރުވިއިރު، އާސެނަލުން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ އެއްވަރުވީ 1-1 އިންނެވެ. ބޯންމައުތުން ލީޑުނެގި މެޗު ނިއުކާސަލް އިން ވެސް ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.

އާސެނަލް އެއްވަރުވުމުން ލީގުގެ ރޭހުގައި އެ ޓީމަށް ފައިދާނަގަން ލިބުނު ފުރުސަތެއް މި ވަނީ ގެއްލިފަ އެވެ. މިރޭގެ ނަތީޖާއާ އެކު އާސެނަލް އެއް ވަނައިގައި އޮތީ 21 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 21 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން 22 މެޗުން 43 ޕޮއިންޓް ހޯދާފައިވާއިރު، ހަތަރެއްގައި އޮތް ނިއުކާސަލްގެ އޮތީ 22 މެޗުން 41 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލް އަށް މިރޭގެ މެޗުގައި ލީޑުނަގައިދިނީ މެޗުގެ 66 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް އެވެ. ބެންޗުން ކުޅެން އެރިތާ މާގިނައިރެއްނުވެ، ޓްރޮސާޑް މި ގޯލު ޖެހީ ބުކާޔޯ ސަކާ ދިން ބޯޅައަކުންނެވެ. މިއީ ޖެނުއަރީ ޓްރާންސްފާގައި ބްރައިޓަން ދޫކޮށް އާސެނަލަށް ބަދަލުވި ފަހުން ޓްރޮސާޑްގެ ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފުގައި ބްރެންޓްފޯޑްގެ ފޯވާޑް އައިވާން ޓޯނޭ ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، މެޗުގައި ބްރެންޓްފޯޑަށް އެއްވަރުކޮށްދިން ގޯލު ވެސް ޖެހީ އޭނާ އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ޓޯނޭ ޖެހި މި ގޯލަކީ އާސެނަލް އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިދިޔަ ބޯޅައެއްގައި ކްރިސްޓިއަން ނޯގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެެވެ.

މިއީ މި ފަހަރު ލީގުގައި އާސެނަލަށް މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލަން ޖެހުނު ދެ ވަނަ މެޗެވެ.

ވެސްޓް ހޭމް ކޮޅަށް ގޯލު ޖެހުމަށް ފަހު ޖޮއާއޯ ފެލިކްސް އުފާފާޅުކުރަނީ: ޗެލްސީ އަށް ކުޅުނު ފުރަތަމަ މެޗުގައި ޖޮއާއޯ ފެލިކްސް އަށް ވަނީ ރަތް ކާޑު ދައްކާފައި، މި މެޗަކީ އެ ރަތް ކާޑުގެ ސަބަބުން އައި ތިން މެޗުގެ ސަސްޕެންޝަނަށް ފަހު ފެލިކްސް ކުޅުނު ފުރަތަމަ މެޗު.

ވެސްޓް ހޭމް ދަނޑުގައި ޗެލްސީ އަށް 16 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖޮއާއޯ ފެލިކްސް އެވެ. ތިން މެޗުގެ ސަސްޕެންޝަނަކަށް ފަހު މި މެޗުގައި ކުޅުނު ފެލިކްސް ޖެހި ފުރަތަމަ ގޯލު ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެންގުމުން ބަލައިނުގަންނަން ނިންމައިފަ އެވެ. އެކަމަކު، 16 ވަނަ މިނިޓްގައި އެންޒޯ ފެނާންޑޭސް ނެގި ހުރަަހަކުން އޭރިއާތެރެއިން ފެލިކްސް ޖެހި ގޯލު ވަނީ ވީއޭއާރް އިން ބެލުމަށް ފަހު ވެސް ބަލައިގަންނަން ނިންމައިފަ އެވެ.

ޗެލްސީ އަށް ލީޑުފުޅާކޮށްދޭން ކައި ހަވާޓްޒް ޖެހި ގޯލެއް ވަނީ ވީއޭއާރްގެ އެންގުމަށް ބަލައިނުގެންފަ އެވެ.

ވެސްޓް ހޭމް އަށް މި މެޗުގައި އެއްވަރުކޮށްދިން ގޯލު ޖެހީ 28 ވަނަ މިނިޓްގައި އެމަސަން ޕަލްމިއޭރީ އެވެ. ވާތު ބެކަށް ކުޅޭ އެމަސަން އަކީ ކުރިން ޗެލްސީގެ ކުޅުންތެރިއެކެވެ. އެމަސަން މި ލަނޑު ޖެހީ ޗެލްސީ އޭރިއާތެރެއިން ޖެރޮޑް ބޮވެން ބޮލުން ޖައްސާލި ބޯޅައަކަށް އަރަ އެވެ.

މި މެޗުން ވެސްޓް ހޭމް މޮޅުކޮށްދޭން ފަހު ވަގުތު ތޯމަސް ސޯޗެކް ވަނީ ގޯލެއް ޖަހައިފަ އެވެ. މިއީ ހިލޭޖެހުމަކުން ވެސްޓް ހޭމްގެ ކެޕްޓަން، ޑެކްލަން ރައިސް ބޮލުން ޖެހި ބޯޅައެއް ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އަތުގައި ޖެހިފައި ނުކުތް ރީބައުންސް ގޯލަށް ފޮނުވާލައިގެން ސޯޗެކް ޖެހި ގޯލެކެވެ. ވީއޭއާރް އިން ބެލުމަށްފަހު ނިންމީ މި ގޯލު ބަލައިނުގަންނާށެވެ. އެއީ އޮފްސައިޑް ކަމަށް ނިންމުމަށް ފަހު އެވެ.

ލީގުގައި ޖެހިޖެހިގެން ތިން ވަނަ މެޗުން އެއްވަރުވި ޗެލްސީ އޮތީ 22 މެޗުން 31 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ.

ރަނގަޅު ފޯމެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑް ކޮޅަށް ލީޑުނެގި އަމިއްލަ ދަނޑުގައި ކުޅުނު ބޯންމައުތުންނެވެ. މެޗުގެ 30 ވަނަ މިނިޓްގައި ބޯންމައުތުގެ ގޯލު ޖެހީ މާކޯސް ސެނޭސީ އެވެ. މިއީ އޭނާ ބޯންމައުތަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ބޯންމައުތަށް އެއްވަރުކޮށްދިނީ މިގޭލް އަލްމިރޯން އެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ކުރިން އިރުޝާދުދިން ބޯންމައުތު އަތުން މިރޭ ނިއުކާސަލަށް މޮޅެއް ނުލިބުނު ނަމަވެސް އެ ކްލަބުން ވަނީ ބަލިނުވެ 17 މެޗު ހަމަކޮށްފަ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ލެސްޓާ ސިޓީން ވަނީ ފަހަތުން އަރައި 4-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނު ވުލްވްސް އިން ވަނީ ރަށުންބޭރުގައި ފަހަތުން އަރައި 2-1 އިން ސައުތެމްޓަން އަތުން މޮޅުވެފަ އެވެ. ފުލަމް އިން 2-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، ކްރިސްޓަލް ޕެލަސް އާއި ބްރައިޓަން ވަނީ 1-1 އިން އެއްވަރުވެފަަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox