ސީއެސްސީން ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ނިންމައި، މުސްއަބަށް ކޯޓުގެ ހަރަދު ދޭން ހުކުމް ކޮށްފި

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން؛ ނަހަމަ ގޮތުގައި ކޯޓުގެ ބޭނުން އެ ކޮމިޝަނުން ހިފި ކަމަށް ނިންމައިފި - ފައިލް ފޮޓޯ

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން؛ ނަހަމަ ގޮތުގައި ކޯޓުގެ ބޭނުން އެ ކޮމިޝަނުން ހިފި ކަމަށް ނިންމައިފި - ފައިލް ފޮޓޯ

އިސްލާމިކް މިިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲއަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަދަލު ދިނުމަށް އެންގި މައްސަލާގައި އިސްތިއުނާފް މަރުހަލާގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އަމަލު ކުރަން ފެށި މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގައި ބުނާ ގޮތުން، ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ގޮތުން މައްސަލައެއް އިސްތިއުނާފު ކޮށްފައިވާ ކަން ޝަރީއަތަށް ސާބިތުވާ ނަމަ، އެ ފަރާތުގެ ކިބައިން މައްސަލަ ރައްދުވާ ފަރާތަށް ކޯޓުގެ ހަރަދު އަތުލެވޭނެ އެވެ.

މުސްއަބު ސަސްޕެންޑު ކޮށްފައިވާ މުއްދަތުގައި އޭނާއަށް އިނާޔަތްތައް ހިމެނޭ ގޮތަށް މުސާރައިގެ ގޮތުގައި ލިބެން ޖެހޭ 86،333.33ރ. އާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގައިވާ މުއްދަތު ހަމަވާއިރު މުސާރައަށްވާ 1،113،333.33 ރ. ދިނުމަށް އަމުރުކުރީ ވެސް ހައި ކޯޓުންނެވެ.

ހައި ކޯޓުން ކުރި އެ ހުކުމާ އެއް ގޮތަށް ސީއެސްސީން ފައިސާ ދައްކަމުން ނުދާތީ، މުސްއަބުގެ ފަރާތުން ސިވިލް ކޯޓަށް އަނެއްކާ ވެސް އެ މައްސަލަ ހުށަހެޅި އެވެ. އަދި، ތިން ދުވަހުގެ ތެރޭގައި އެ ފައިސާ ދިނުމަށް ސިވިލް ކޯޓުން އަމުރު ވެސް ކުރި އެވެ.

އެހެން ވިޔަސް ފައިސާ ދެއްކުމުގެ ބަދަލުގައި ސީއެސްސީ އިން ވަނީ ސިވިލް ކޯޓުން ފަހުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. މުސްއަބު އެދުނީ މަދަނީ އިޖުރާއަތުގެ ގާނޫނަށް ހަވާލާދީ، އެއީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ކަނޑައަޅައިދިނުމަށެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ހައި ކޯޓުން ބަދަލު ދިނުމަށް ކޮށްފައިވާ ހުކުމަކަށް އަމަލު ނުކުރުމަށް އެދެން ޖެހޭނީ މަތީ މަރުހަލާއެއްގެ ކޯޓުގައި އިސްތިއުނާފު ކޮށްގެން ކަމަށެވެ.

ނަމަވެސ،ް އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކޮށް، ހައި ކޯޓުން ކުރި ހުކުމާ އެއް ގޮތަށް އަމަލު ނުކުރުން ސިވިލް ކޯޓުން ކުރި ހުކުމެއް އަނެއްކާ ވެސް ހައި ކޯޓަށް ހުށަހެޅީ ހެޔޮ ނިޔަތެއްގައި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.

ކޯޓުގެ ހަރަދުގެ ގޮތުގައި 30،000ރ. ނަގައި ދިނުމަށް މުސްއަބުގެ ފަރާތުން އެދިފައިވާއިރު، އެ ފައިސާ ހޯދުމަށް ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަން މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައި އޮންނާތީ އެ ގޮތަށް އަމަލު ކުރުމަށް ވެސް ހައި ކޯޓުން ކުރި ހުކުމުގައިވެ އެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ދީބަނާޒް ފަހުމީ އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox