މޭގަންގެ ދައްތަ އޭނާ އަދި ހެރީގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފި

އިނގިރޭސިވިލާތުގެ އަމީރު ހެރީ އަދި އަނބިކަނބަލުން މޭގަން. -

އިނގިރޭސިވިލާތުގެ އަމީރު ހެރީ އަދި އަނބިކަނބަލުން މޭގަން. -

ފްލޮރިޑާ (ފެބްރުއަރީ 09) - އިނގިރޭސި ވިލާތުގެ އަމީރު ހެރީ އަދި އަނބިކަނބަލުން މޭގަންގެ މައްޗަށް، މޭގަންގެ ދައްތަ ސަމަންތާ މާކަލް އަބުރުގެ ދައުވާ ކޮށްފި އެވެ.

ފްލޮރިޑާގެ ކޯޓެއްގައި ކޮށްފައިވާ މި ދައުވާ އަކީ މޭގަން އަދި ހެރީ 2021 ގައި އޯޕްރާ ވިންފްރީ އަށް ދިން އިންޓަވިއެއްގައި މޭގަން އަކީ އޭނާގެ މައިންބަފައިންގެ ހަމައެކަނި ދަރި ކަމަށާއި ބޮޑުވީ ބޭބެއެއް ނުވަތަ ދައްތައެއް ނެތި ކަމަށް ބުނި ބުނުމާ ގުޅިގެންނެވެ.

ސަމަންތާއަކީ މޭގަންގެ ބައްޕަގެ އިތުރު ކައިވެންޏަކަށް ލިބިފައިވާ ދަރިއެކެވެ. އަދި މޭގަން ކުޑައިރު އޭނާގެ އެކި ކަންކަމުގައި ސަމަންތާ ބައިވެރިވި ކަމަށް އޭނާގެ ދައުވާގައި ބުނެފައިވެ އެވެ.

އެ އިންޓަވިއުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ސަމަންތާ ވަނީ 75،000 ޑޮލަރުގެ ބަދަލެއް ހޯދައިދިނުމަށް އެދިފަ އެވެ.

ސަމަންތާގެ ދައުވާގައިވާ މައިގަނޑު ނުކުތާތަކަކީ:

  • މުޅި ދުނިޔޭގެ ކުރިމަތީގައި މޭގަން، އޭނާގެ އަގު ވައްޓާލާ ނަފުރަތު އުފެއްދުން
  • މޭގަން ބޮޑުވަމުން އައިއިރު އޭނާ އާއި ސަމަންތާއާ ދެމެދު އޮތް ގުޅުމަކީ ހީނަރު ގުޅުމެއް ކަމަށާއި އެއީ ދެބެންގެ ދެމެދުގައި އޮންނަ ކަހަލަ ގާތް ގުޅުމެއް ނޫން ގޮތަށް ސިފަކޮށް ދޮގުހެދުން
  • މޭގަން އަކީ މައިންބަފައިންގެ ހަމައެކަނި ދަރިކަމަށް ބުނެ ދޮގު ހެދުން
  • ބޮޑުވަމުން އައިރު ދިމާވާ ނުވާ ކަންކަން އިންޓަވިއުގައި ހިއްސާކޮށް ދޮގު ހެދުމާއި އެކަމުގެ ސަބަބުން ސަމަންތާ އަދި އޭނާގެ ބައްޕަގެ އަގު ވައްޓާލުން

މި ކަންކަމުގެ އިތުރުން ސަމަންތާ ވަނީ މޭގަންގެ ޅަފަތުގައި ދެބެއިންގެ ދެމެދުގައި އޮތީ ރަނގަޅު ގުޅުމެއް ކަމަށާއި ކުޑައިރު އަބަދުވެސް ދެމީހުން މުއާމަލާތް ކުރި ކަމަށް ބުނެފަ އެވެ. އަދި ދަތި ޅަފަތެއްގެ ގޮތުގައި މޭގަން ސިފަކުރި ސިފަކުރުން ދޮގުކޮށް ސަމަންތާ ބުނެފައިވަނީ މޭގަންގެ ގިނަ ހަރަދުތަކެއް ކޮށްފައިވަނީ އޭނާގެ ބައްޕަ ކަމަށާއި އޭގެ ތެރޭގައި ޕްރައިވްޓް ސްކޫލު ފީ އަދި އެކްޓިން ކެރިއަރު ފެއްޓުމުގައި އެހީވުން ހިމެނޭ ކަމަށެވެ.

މި މައްސަލައިގައި މޭގަން އަދި ހެރީގެ ފަރާތުން ކޯޓަށް ބަޔާން ދިނުމާ ދެކޮޅަށް އަމުރަކަށް އެދުނު ނަމަވެސް މައްސަލަ ބަލާ ގާޒީ އެ އަމުރަށް އިޖާބަ ދީފައެއްނުވެ އެވެ. އެހެންކަމުން މި މައްސަލައިގައި ހެރީ އަދި މޭގަންވެެސް ކޯޓަށް ހާޒިރުވެ ބަޔާން ދޭން ޖެހޭނެ އެވެ.

އިނގިރޭސިވިލާތުގެ ޑިޔުން އެންޑް ޑަޗެސް އޮފް ސަސެކްސް ޝާހީ ޒިންމާތަކާ ދުރަށް ޖެހި، އެމެރިކާގެ ކެލިފޯނިއާއަށް ދިރިއުޅުން ބަދަލުކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެއަށްފަހު އެ ދެކަނބަލުން އޯޕެރާއަށް ދިން އިންޓަވިއު އަދި މިދިޔަ ޑިސެމްބަރު މަހު ނެޓްފިލްކްސް އިން ރިލީޒްކުރި ޑޮކިއުސީރީޒްގައި ޝާހީ އާއިލާ އަދި މޭގަންގެ އާއިލާއަށްވެސް އެކި ތުހުމަތުތައް ކޮށް ގިނަ ވާހަކަތަކެއް ވަނީ ހިއްސާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox