ރަޝިއާއިން ދަނީ ހަމަލާތައް ވަރުގަދަކުރުމަށް ތައްޔާރުވަމުން: ޔޫކްރެއިން

ރަޝިއާގެ އަސްކަރީ ހެލިކޮޕްޓަރެއް ޔޫކްރޭނުގެ ލަހްނަސްކް ސަރަހައްދުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ރޮއިޓާސް

ރަޝިއާގެ އަސްކަރީ ހެލިކޮޕްޓަރެއް ޔޫކްރޭނުގެ ލަހްނަސްކް ސަރަހައްދުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ރޮއިޓާސް

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ކުރިއަށް އޮތް ހަފުތާތަކުގައި ހަމަލާތައް ވަރުގަދަކުރުމަށް ރަޝިއާއިން ތައްޔާރުވަމުންދާކަމަށް ޔުކްރެއިނުން ބުނެފި އެވެ.

ޔޫކްރެއިނުގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ސެކްރެޓަރީ އެލެކްސީ ޑަނީލޯ އިނގިރޭސި ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުރިއަށް އޮތް މަސްތަކަކީ މި ހަނގުރާމައިގެ ގޮތް ނިންމާ ދުވަސްވަރު ކަމުގަ އެވެ.

"އެބަ އިނގޭ މި ހަނގުރާމައިގެ ބޮޑެތި ކުރިމަތިލުންތައް ކުރިއަށް އޮތީކަން، މި ކުރިމަތިލުންތައް މި އަހަރު ތެރޭ، ބެލެވޭ ގޮތުން ކުރިއަށް އޮތް ދެތިން މަސް ތެރޭ ހިނގާނެ" ޑަނިލޯ ބުންޏެވެ.

އަދި މިހާރު ރަޝިއާއިން ތައްޔާރުވަމުންދަނީ އެ ގައުމުގެ އަސްކަރިއްޔާއަށް ދެވެން ހުރި އެންމެ ވަރުގަދަ ހަމަލާތައް ކުރިއަށް އޮތް ހަފުތާތަކުގައި ދިނުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. މީގެއިތުރުން ޑަނިލޯ ބުނީ މިކަމުގެ ނިޝާންތައް މިހާރުވެސް ފެންނަމުންދާކަމަށެވެ.

ޑެނިލޯގެ އިތުރުން ޔޫކްރެއިނުގެ އިސް އަސްކަރީ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދީ ރަޝިއާއިން ތައްޔާރުވަމުންދަނީ ބިމުގެ މަގުގެ އިތުރުން ކަނޑާއި ވައިގެ މަގުންވެސް ހަމަލާތައް ވަރުގަދަ ކުރުމަށް ކަމަށް ބުނެފަ އެވެ.

ޔޫކްރެއިނުން މިފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު، އެ ގައުމު އަދި ރަޝިއާއާއެކު ބޯޑަރު ހިއްސާކުރާ ބެލަރުސްއިން ވަނީ އަންނަ ހަފުތާވެސް ރަޝިއާއާއެކު 'އަސްކަރީ ތަމްރީނު' ތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

މިއާއެކު ޔޫކްރެއިނުގެ އެކުވެރި ހުޅަނގުގެ ބާރުތަކުން ދަނީ އެކި ފެންވަރުގައި ކުރިއަށް އޮތް މަސްތަކުގައި އެ ގައުމަށް އަސްކަރީ އެހީ ފޯރުކޮށްދޭނެކަން އިއުލާންކުރަމުންނެވެ. އެ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ޕޯޗުގަލް، އިނގިރޭސިވިލާތް އަދި ޖަރުމަނު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox