މާލީ މައްސަލަތަކެއްގެ ސަބަބުން ސިޓީ އަށް ބޮޑު އަދަބެއްގެ ބިރު

Feb 6, 2023, 11:09 AM
ސިޓީގެ ވެރިޔާ ޔޫއޭއީގެ މަހުޖަނު މަންސޫރު (މ) އާއި ކޯޗު ގާޑިއޯލާ ސިޓީގެ ޓްރެއިނިން ކޭމްޕެއްގެ ތެރެއިން ވާހަކަ ދައްކަނީ

ސިޓީގެ ވެރިޔާ ޔޫއޭއީގެ މަހުޖަނު މަންސޫރު (މ) އާއި ކޯޗު ގާޑިއޯލާ ސިޓީގެ ޓްރެއިނިން ކޭމްޕެއްގެ ތެރެއިން ވާހަކަ ދައްކަނީ

ލަންޑަން (ފެބްރުއަރީ 6) - މެންޗެސްޓާ ސިޓީން ގިނަ އަހަރުތަކެއްގެ މަތިން ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއޭއެފްޕީ)ގެ އުސޫލުތަކާއި އިނގިރޭސި ޕްރިމިއާ ލީގުގެ ގަވާއިދުތަކާއި ހިލާފަށް ކަންކަން ކޮށްފައިވާ ކަމުގެ މައްސަލަތަކެއް ފެންމަތިވެ، ސިޓީ އަށް ބޮޑު އަދަބެއްގެ ބިރު ބޮޑުވެއްޖެ އެެވެ.

އިނގިރޭސި ނޫސް "ދި ޓައިމްސް"ގެ ސީނިއާ ރިޕޯޓަރު މާޓިން ޒީގްލާ ރިޕޯޓްކޮށްފައިވާ ގޮތުގައި ސިޓީން 2009-2010 ގެ ސީޒަނުން ފެށިގެން 2017-2018 ގެ ސީޒަނާ ހަމައަށް މާލީ ގިނަ ކަންތައްތަކެއް ނިންމާފައިހުރީ އުސޫލާ ހިލާފަށް މަކަރު ހަދައިގެންނެވެ.

ސިޓީގެ އެ މައްސަލަ އިނގިރޭސި ޕްރިމިއާ ލީގުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިޓީގެ މާލީ މުއާމަލާތްތަކާ ގުޅޭ ގިނަ މައްސަލަަތަކެއް ބަލަަމުން އަންނަ ކަމަށާއި އެ ކަންކަން ހިނގައިދިޔަ ގޮތް، ބެލުމަށްޓަކައި ޕްރިމިއާ ލީގުގެ ބޯޑުން މިނިވަން ކޮމިޝަނަކާ ހަވާލުކުރާނެ ކަމަށެވެ.

އެ ކޮމިޝަނުން މައްސަލައިގެ ތަހުގީގު ނިންމާއިރު، ސިޓީގެ ގިނަ މައްްސަލަތަކެއް ފާހަގަކުރެވި، ސާބިތުވާ ވަރަށް ހެކި ލިިބިއްޖެނަމަ އެ ޓީމަށް ދޭ އަަދަބު ބޮޑުވާނެ އެވެ. އެ ގޮތުން ޕޮއިންޓް އުނިކުރުމާއި ރެލިގޭޓްކޮށްލުން ފަދަ ހަރުކަށި އަަދަބުތައް ވެސް ގަވާއިދުގައި ހިމެނެ އެވެ.

ދާދި ފަހުން، އިޓަލީގެ ޔުވެންޓަސް ވެސް މާލީ ގޮތުން ކަންކަން އޮޅުވާލާފައިވާތީ، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށް، ޔުވެންޓަސްގެ ކުރީގެ ބޯޑު މެމްބަރުންނަށް އެކި މުއްދަތުގެ ސަސްޕެންޝަންްތަކެއް ދީފަ އެވެ.

އިނގިރޭސި ލީގު ބޯޑުން، ސިޓީގެ މާލީ ކަންކަމާ ގުޅޭ މި މައްސަލަ ބަލާ އެ ޓީމުން ވަނީ ޕްރިމިއާ ލީގުގެ ތަށި ތިން ފަހަރެއްގެ މަތިން ހޯދައިފަ އެވެ. އެ ގޮތުން ސިޓީން 2013-2014 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު، އެ ފަހަރު ސިޓީގެ މާލީ މައްސަލަތަކެއް ވަނީ ބަލައިފަ އެވެ.

ޔޫއޭއީގެ މަހުޖަނު ޝެއިހް މަންސޫރު، 2008 ވަަނަ އަހަރު ސިޓީ ގަތުމަށް ފަހު, ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭ ވަނީ ސިޓީ އަށް ތިން ބިލިއަން ޑޮލަރަށް ވުރެ އިތުރަށް އިންވެސްޓްކޮށްފަ އެވެ. މަންސޫރު ހަވާލުވި ފަހުން، ސިޓީން ހަރަދުކުރާ ގޮތުގެ މައްސަލަ، އެކި ފަހަރުތަކެއްގެ މަތިން އެކި ކްލަބްތަކުން އިނގިރޭސި ލީގު ބޯޑާއި އިނގިރޭސި އެފްއޭ އަދި ޔުއެފާ އަށް ވަނީ ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox