މުޒާހަރާތަކުގައި ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްޖޭއޭއިން ގޮވާލައިފި

ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެފައި؛ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްޖޭއޭއިން ވަނީ ގޮވާލާފައި

ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވެފައި؛ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްޖޭއޭއިން ވަނީ ގޮވާލާފައި

މުޒާހަރާތަކުގެ ހަބަރުތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންނަށް ގޮވާލައިފި އެވެ.

އެމްޖޭއޭއިން މިހެން ގޮވާލާފައި ވަނީ މިއަދު އިދިކޮޅު ޕީޕީއެމުން ބޭއްވި މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް އަނިޔާވުމާ ގުޅިގެންނެވެ. އެގޮތުން، ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވެފައިވާއިރު، ވީޓީވީގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެމްޖޭއޭއިން ކުރި ޓްވީޓެއްގައި ބުނީ މުޒާހަރާ ކަވަރު ކުރަމުންދިޔަ ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވެފައިވާތީ އެ ޖަމްއިއްޔާއިން ކަންބޮޑުވާ ކަމަށެވެ. މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯ ޖާނަލިސްޓަށް ފުލުހުންގެ ޝީލްޑުން ޖެހި އަނިޔާވެފައި ވާއިރު, ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ވަނީ ކޮށްފައިވަ ކަމަށް އެމްޖޭއޭއިން ބުނެ އެވެ.

މުޒާހަރާގައި އަނިޔާވި ނޫސްވެރިންގެ ތެރެއިން އެއް ނޫސްވެރިއަކަށް މި ވަގުތު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

"އެހެންކަމުން, މުޒާހަރާތައް ރޫޅާލުމާއި ބާރުގެ ބޭނުން ކުރާއިރު ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ." އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭއިން އިތުރަށް ބުނީ މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވީޓީވީގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ވެސް މިއަދު ލިބިފައިވާ ކަމަށެވެ. އަދި، މިފަދަ އަމަލުތައް ވެސް އެ ޖަމިއްޔާއިން ކުށްވެރިކުރާ ކަމަށާއި، އަބަދުވެސް ނޫސްވެރިންނަށް ރައްކާތެރި މާހައުލަކަށް ގޮވާލާ ކަމަށް އެ ޖަމްއިއްޔާއިން ބުނެ އެވެ.

މިއަދުގެ މުޒާހަރާގައި އަނިޔާވި ޗެނަލް 13ގެ ނޫސްވެރިއަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އިދިކޮޅު ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އޭޑީކޭ ހޮސްޕިޓަލުން 'އަދަދު'އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި، މުޒާހަރާއިން އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެއްވެސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންނެއް ނުދެ އެވެ. އަދި، އެމީހުންނަށް ފަރުވާ ދެމުންދަނީ އެމަޖެންސީ ރޫމުގައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox