ރެއާލް ބަލިވުމުގެ ފައިދާނަަގައި ބާސެލޯނާ އިން 8 ޕޮއިންޓަށް ލީޑުފުޅާކޮށްފި

Feb 6, 2023, 4:08 AM
ބާސެލޯނާގެ ގަވީ ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ބެޖަށް ބޮސްދެނީ.

ބާސެލޯނާގެ ގަވީ ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ބެޖަށް ބޮސްދެނީ.

ބާސެލޯނާ (ފެބްރުއަރީ 6) - ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު މެޗުން މަޔޯކާ އަތުން 1-0 އިން ބަލިވުމުގެ ފައިދާނަގައި، ބާސެލޯނާ އިން 3-0 އިން ސެވިއްޔާ ބަލިކޮށް ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރޭގެ މެޗުތަކަށް ފަހު ބާސެލޯނާ އެއް ވަނައިގައި އޮތީ 20 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 20 މެޗުން 45 ޕޮއިންޓާ އެކު ރެއާލް އެވެ. ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ވަނީ ރޭ 1-0 އިން ރެއާލް ވަލޮޑޮލިޑް އަތުން ބަލިވެފަ އެވެ. ސޮސިއެޑާޑްގެ އޮތީ 20 މެޗުން 39 ޕޮއިންޓެވެ.

މަޔޯކާ ދަނޑުގައި ރޭ ރެއާލް ކޮޅަށް އެ ޓީމުން ޖެހި ހަމައެކަނި ގޯލަކީ 13 ވަނަ މިނިޓްގައި ރެއާލްގެ ނަޗޯ ގޮންޒާލޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މަޔޯކާގެ ވޭދާތު މުރީގީ އަށް ލިބުމުގެ ކުރިން ނަޗޯ ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވަނީ ރެއާލްގެ ގޯލުގައި ހުރި ކީޕަރު އަންޑްރީ ލުނިން ބޯމަތިން ގޮހެވެ. ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅެ އެވެ.

ނަތީޖާ ހަަމަހަމަކޮށްދޭން ރެއާލަށް އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް މަޔޯކާގެ ކީޕަރު ޕެޑްރަގް ރަޖްކޮވިޗް ކުރި ފައުލަކަށް ދިން ޕެނަލްޓީން މާކޯ އަސެންސިއޯ ފޮނުވާލި ބޯޅަ ކީޕަރު ރަޖްކޮވިޗް ވަނީ މަތަކޮށްފަ އެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން މަޔޯކާ އަތުން ރެއާލް ބަލިވި ފުރަތަަމަ ފަހަރެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި 14 މެޗުގެ ތެރެއިން މަޔޯކާ އަށް މޮޅުވެވުނީ ދެ މެޗުންނެވެ.

ސެވިއްޔާ ކޮޅަށް ރޭ ބާސެލޯނާގެ ތިން ގޯލު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން ބާސެލޯނާ އަށް ގޯލު ހުޅުވައިދިން ލަނޑު ޖެހީ 58 ވަނަ މިނިޓްގައި ޖޯޑީ އަލްބާ އެވެ. މިއީ އޭރިއާތެރެއިން ބާސެލޯނާގެ ފްރޭންކް ކެސިއޭ ދިން ބޯޅަ އަކުން އަލްބާ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ ގަވީ އެވެ. މިއީ ސެވިއްޔާ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދުމަށް ފަހު، ރަފީނިއާ ހުސްކޮށްލާފައި ދިން ބޯޅައަކުން ގަވީ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ނުވަ މިނިޓް ފަހުން، ޖޯޑީ އަލްބާ ނެގި ހުރަހަކަށް ހުސްކޮށް އަަރައި، ރަފީނިއާ ވަނީ ބާސެލޯނާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ސެވިއްޔާ އަށް މި މެޗުގައި ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox