އަންޗެލޮޓީ ބުނަނީ ރެއާލަށް އާ ކުޅުންތެރިން ބޭނުންނުވާ ކަމަށް

Feb 5, 2023, 5:36 AM
އަންޗެލޮޓީ ބުނަނީ ރެއާލަށް އާ ކުޅުންތެރިން ބޭނުންނުވާ ކަމަށް

މެޑްރިޑް (ފެބްރުއަރީ 5) - ދާދި ފަހުން ނިމުނު ޖެނުއަރީ ޓްރާންސްފާގައި އާ ކުޅުންތެރިން ގެންނަން ރެއާލް މެޑްރިޑުން މަސައްކަތް ނުކުރީ އެ ޓީމުގައި މިހާރު އޮތް ސްކޮޑާ އެކު މި ސީޒަން ކާމިޔާބުކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޖެނުއަރީ ޓްރާންސްފާގައި ސްޕެނިޝް ކުލަބުތަކުން ހޭދަކުރީ އެންމެ 30 މިލިއަން ޑޮލަރެވެ. ބޮޑެތި ކުލަބުތައް ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ކުޅުންތެރިން ގަތުމަށް ހޭދަކޮށްފައިނުވާއިރު، އެތުލެޓިކޯ މެޑްރިޑުން ވަނީ ބާސެލޯނާގެ މެމްފިސް ޑިޕާއީ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ މެޓް ޑޮހަޓީ އެ ޓީމަށް ގެނެސްފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކުގެ ތެރޭގައި ހިމެނޭ ރެއާލް މެޑްރިޑުން ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިން ގަންނަން މަސައްކަތް ނުކުރާތީ އެ ޓީމަށް މިދިޔަ ސީޒަންގައި ހޯދުނު ކަހަލަ ކާމިޔާބެއް މި އަހަރު ލިބޭނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.

މި ސުވާލުތަކަށް ކޯޗު އަންޗެލޮޓީ ދިނީ ވަރަށް ފިނި ޖަވާބެކެވެ. އޭނާ ބުނީ ކުޅުންތެރިން ގަންނަން ނޫޅުނީ ކުލަބަށް އާ ކުޅުންތެރިން ބޭނުން ނުވާތީ ކަމަށާއި، އެ ޓީމުގެ ކަންކަން އަބަދުވެސް ދުރާލާ ޕްލޭން ކުރަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

އެ ގޮތުން ސީޒަން ފެށުމުގެ ކުރިން ރެއާލުން ބޭނުންވާ ހުރިހާ ކުޅުންތެރިން ހޯދައި ޓީމް ވަރުގަދަކޮށްފައި އޮއްވައި އާ ކުޅުންތެރިން ސީޒަންގެ މެދުތެރެއިން ޓީމަށް ގެންނަން ބޭނުންނުވީ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

"އަހަރުމެން ސީޒަން ފެށި ރަނގަޅު ޕްލޭނަކާ އެކު، ސްކޮޑު އޮތީ ބޭނުންވާ ހާލަތުގައި. އަހަރުމެން މި ނުކުންނަނީ ތައްޓަށް ކޮންމެ މުބާރާތެއްގައި ވެސް، އެކަން ކުރެވޭ ވަރު މި ސްކޮޑުގައި އެބަހުރި" ރެއާލް މެޑްރިޑާ އެކު މިދިޔަ އަހަރުގެ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ މި ގޮތަށް ބުނި ނަމަވެސް، ޖުމްލަކޮށް ބަލާއިރު، މި ސީޒަންގައި ރެއާލަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އެ ގޮތުން ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުުން ދެ މެޗުން ބަލިވެ ތިން މެޗު އެއްވަރުވެފައިވާއިރު، އެ ޓީމު އޮތީ، ލީގުގެ ކުރީގައި އޮތް، ބާސެލޯނާގެ ފަހަތުން ފަސް ޕޮއިންޓްގެ ފަރަގަކާ އެކު ލީގުގެ ދެ ވަނައިގަ އެވެ.

ސީޒަން ފެށިއިރު ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ކަރީމް ބެންޒެމާ އަށް އަނިޔާގެ މައްސަލަތައް މަދުމަދުން ކުރިމަތިލާން ޖެހޭއިރު، މުހިންމު ބައެއް ޑިފެންޑަރުން ވެސް އަދިވެސް ތިބީ ފިޓުކޮށެއް ނޫނެވެ.

ފީފާ ކުލަބު ވޯލްޑް ކަޕްގައި މި މަހު ރެއާލް ކުޅެން ޖެހޭއިރު އެ ޓީމަށް އެކަމުގެ ސަބަބުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ބެލެވެ އެވެ. އެއީ ގާތް ގާތުގައި ލީގު މެޗުތަކެއް ހުރުމާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ކުޅުންވެސް މި މަހު ފަށާތީ އެވެ.

އެންމެ ފަހުން އެ ޓީމުން ވެލެންސީއާ އާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ކުޅުމަށް ފަހު އެކަށީގެންވާ ރެސްޓެއް ނެތި މަޔޯކާއާ ދެކޮޅަށް މިރޭ ކުޅޭނެ އެވެ. އޭގެ ފަހުން އަންނަ ބުރާސްފަތި ދުވަހު އެ ޓީމު ފީފާ ކުލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭނެ އެވެ.

ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން އަންޗެލޮޓީ ވަނީ ސްޕެނިޝް ލީގު ހިންގާ އެލްއެފްޕީ އަށް ފާޑުކިޔާފަ އެވެ. ކުޅުންތެރިންގެ ރައްކާތެރި ކުރުމަށް ޝެޑިއުލް ހަދާ ފަރާތްތަކުން ނުވިސްނާކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

"އަހަރަމެން އެންމެ ބޮޑަށް ކަންބޮޑު ވަނީ އަރާމުކުރަން 72 ގަޑިއިރު ވެސް ނުލިބި އަނެއްކާ މެޗަކަށް ކުރިމަތިލާން ޖެހޭތީ. މިއީ ރަނގަޅު ގޮތެއް ނޫން." އަންޗެލޮޓީ ބުންޏެވެ.

މަޔޯކާ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިއަދު އިރުއޮއްސި ހައެއް ޖަހާއިރު އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox