އާސެނަލް ބަލިކޮށް ރެލިގޭޝަނުން ސަލާމަތްވާން އެވަޓަނަށް އުންމީދެއް

Feb 4, 2023, 2:37 PM
އާސެނަލް ބަލިކޮށް ރެލިގޭޝަނުން ސަލާމަތްވާން އެވަޓަނަށް އުންމީދެއް

ލިވަޕޫލް (ފެބްރުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން، އެވަޓަން އިން އާ ކޯޗު، ޝޯން ޑައިޝްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް 1-0 އިން ބަލިކޮށް، ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން އެވަޓަން އަށް ލީގުގައި ލިބުނު ފުރަތަމަ މޮޅެވެ. އެ ޓީމަށް ލީގުގައި މޮޅެއް މި ލިބުނީ އަށް މެޗަށް ފަހު އެވެ. މިއަދު އާސެނަލް މެޗަށް ނުކުތްއިރު، އެވަޓަން އޮތީ ލީގުގެ 19 ވަނައިގަ އެވެ. މި މޮޅާ އެކު އެ ޓީމު ވަނީ ލީގުގެ 17 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 21 މެޗުން 18 ޕޮއިންޓް ހޯދައިފަ އެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު، އެވަޓަންގެ ކޯޗުކަމުން ފްރޭންކް ލަމްޕާޑް ވަކިކުރިއިރު، ޑައިޝް އަށް ދެ އަަހަރާއި ބައިގެ ކޮންޓްރެކްޓެއް އެވަޓަން އިން ވަނީ ދީފަ އެވެ. ޑައިޝް، ފުރަތަމަ މެޗަށް މި ނުކުތީ މަގާމާ ހަވާލުވިތާ ފަސް ވަރަކަށް ދުވަސް ފަހުންނެވެ.

ގުޑިސަން ޕާކުގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެ ޓީމަށް ވެސް ގޯލު ޖަހަން ފުުރުސަތު ލިބުނެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި އާސެނަލްގެ އެޑީ އެންކެޓިއޭ އަށް އެވަޓަން އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، އާސެނަލްގެ ބުކާޔޯ ސަކާ ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން އެވަޓަންގެ ކޮނާ ކޯޑީ ވަނީ ބްލޮކްކޮށްފަ އެވެ.

ފުރަތަމަ ހާފުގައި އެވަޓަން އަށް ވެސް ގޯލެއް ޖަހަން ހުސް ފުރުސަތު ލިބުނެވެ. އެ ގޮތުން، އެވަޓަންގެ އަމަދޫ އޮނާނާ، ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހުރަސްކޮށްލި ބޯޅަ ޖަހަން އެރި އެ ޓީމުގެ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ފައިގައި ޖެހޭ ގޮތެއްނުވި އެވެ. އޭގެ ފަހުން، އެވަޓަންގެ ޑްވައިޓް މެކްނީލް ނެގި ހުރަހަކުން ހުސްކޮށް ޖަހަން އަރައި، އަބްދުﷲ ޑޮކޫރޭ ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.

އެވަޓަން އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 60 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ މެކްނީލް ނެގި ކޯނަރަކުން ޖޭމްސް ޓާކޯސްކީ އެވެ. ޓާކޯސްކީ ބޮލުން މި ގޯލު ޖެހީ އާސެނަލްގެ ކުޅުންތެރިންގެ ތެރެއިން ލިބުނު ފުރުސަތަކުންނެވެ.

މެކްނީލް އާއި ޓާކޯސްކީ އަކީ އެވަޓަންގެ ކޯޗު ޑައިޝްއާ އެކު ބާންލީގައި މަސައްކަތްކުރި ދެ ކުޅުންތެރިންނެވެ.

ނަތީޖާ ހަމަހަމަކުރަން އާސެނަލުން ކުރި މަސައްކަތް ކާމިޔާބުނުވެ، ލީގުގައި 13 މެޗަށް ފަހު އެ ޓީމު ވަނީ ބަލިވެފަ އެވެ. އެވަޓަން ދަނޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އާސެނަލަށް މޮޅެއް ލިބިފައިނުވެ އެވެ. އެ ގޮތުން، ހަަތަރު މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

މިއީ މި ފަހަރު ލީގުގައި އާސެނަލް ބަލިވި ދެ ވަނަ މެޗެވެ. ކުރިން ބަލިވީ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

ލީގުގެ އެއް ވަނައިގައި އާސެނަލް މި ވަގުތު އޮތީ 20 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 20 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން ސިޓީ މޮޅުވެއްޖެނަމަ، އާސެނަލާ ދެ ޕޮއިންޓާ ގާތަށް ޖެހިލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox