އެމްބާޕޭ ތިން ހަފްތާ އަށް ކުޅުމާ ދުރަށް، މުހިންމު ތިން މެޗު ގެއްލޭނެ

Feb 2, 2023, 5:08 PM
އެމްބާޕޭ ތިން ހަފްތާ އަށް ކުޅުމާ ދުރަށް، މުހިންމު ތިން މެޗު ގެއްލޭނެ

ޕެރިސް (ފެބްރުއަރީ 2) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކުޅެމުން އަންނަ ތަރި ކީލިއަން އެމްބާޕޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ހެދި ތިން ހަފްތާ އަށް ކުޅުމާ ދުުރުގައި ހުންނަން ޖެހޭއިރު، މުހިންމު ތިން މެޗު ގެއްލޭނެކަން ކަށަވަރުވެއްޖެ އެވެ.

އެމްބާޕޭ، 24، ފަލަމަސްގަނޑަށް އަނިޔާވީ، ފްރެންޗް ލީގުގައި ރޭ އެ ޓީމުން މޮންޓްޕެލިއޭ އަތުން މޮޅުވި މެޗުގަ އެވެ. އެ މެޗުގެ 21 ވަނަ މިނިޓްގައި އެމްބާޕޭ އަށް އަނިޔާވެގެން ބަދަލުކުރިއިރު، އޭނާ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފަ އެވެ. ދެ ފަހަރެއްގެ މަތިން ޖަހަން ލިބުނު ޕެނަލްޓީ އެމްބާޕޭ އަށް ނާކާމިޔާބުވިއިރު، ރީބައުންސް ބޯޅަ ފޮނުވާލީ ހުރަސްދަނޑިމަތިންނެވެ.

ރޭގެ މެޗަށް ފަހު އެމްބާޕޭގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކަށް ފަހު، ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން ހަފްތާއެއް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެެވެ. އެއާ އެކު، އެމްބާޕޭ އަށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ބަޔާން މިއުނިކާ ކުޅޭ މެޗާއި ފްރެންޗް ކަޕްގައި މާސޭއާ ދެކޮޅަށް ކުޅޭ މެޗާއި ލީގުގައި މޮނާކޯއާ ދެކޮޅަށް ޕީއެސްޖީން ނުކުންނަ މެޗު ގެއްލޭނެކަން މި ވަނީ ޔަީންވެފަ އެވެ.

މި ސީޒަނުގައި އެމްބާޕޭ ހުރީ ރަނގަޅު ފޯމެއްގަ އެވެ. މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 26 މެޗުން ވަނީ 25 ލަނޑު ޖަހައިފަ އެވެ.

މިހާރު އޮތްގޮތުން ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުުރުގެ ދެ ވަނަ ލެގުގައި ބަޔާން ދަނޑުގައި ކުޅޭ މެޗަށް އެމްބާޕޭ އެއްކޮށް ފިޓްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox