ވަރާން، ފްރާންސް ޓީމަށް ކުޅުން ހުއްޓާލައިފި

Feb 2, 2023, 4:54 PM
ފްރާންސްގެ ޑިފެންޑަރު ވަރާން: އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި.

ފްރާންސްގެ ޑިފެންޑަރު ވަރާން: އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި.

ޕެރިސް (ފެބްރުއަރީ 2) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރު، ރަފައެލް ވަރާން، ފްރާންސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ވަރާން، 29، އަކީ 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު، ގަަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ގެންގޮސްދިނުމުގައި ވެސް އިސް ރޯލެއް ކުޅުނު ކުޅުންތެރިއެކެވެ.

"އެންމެ މަތީ ފަންތީގައި 10 އަހަރު ދުވަހު ގައުމީ ޓީމަށް ކުޅުމަކީ އަހަރެންގެ ކެރިއަރުގައި ވެސް އަދި ދިރިއުޅުުމުގައި ވެސް އެންމެ ފަހުރުވެރިކަމާ އެކު ފާހަަގަކުރާނެ އެއް ކަންތައް،" 2013 ވަނަ އަހަރު އެންމެ ފުރަތަމަ ފްރާންސް ޓީމަށް މެޗެއް ކުޅެދިން ވަރާން ބުންޏެވެ.

"ފްރާންސް ޖޯޒީގައި ކުޅެން ލިބުނު ކޮންމެ މެޗެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރީ ގައުމުގެ ހައްގުގައި، އޭގެއިން ކޮންމެ ހަނދާނެއް ވެސް އަބަދު އާ ކުރާނީ ފަހުރުވެރިކަމާ އެކު،"

ވަރާން، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ތަށި ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

ފްރާންސް ގައުމީ ޓީމަށް ކުޅެދިން 93 މެޗުން ވަރާން ވަނީ ފަަސް ގޯލު ޖަހައިފަ އެވެ.

ގައުމީ ޓީމާ އެކު ކުރެވުނު ހާއްސަ ތަޖުރިބާގެ ހަނދާން އާ ކޮށް، ވަރާން ބުނީ 1998 ވަނަ އަހަރު ފްރާންސް އިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދިތަން ޓީވީން ބެލިއިރު، ގައުމީ ޓީމަށް ކުޅުުމުގެ ހާއްސަ ޝައުގުވެރިކަމެއް އުފެދުނު ކަމަށާއި އޭގެ 20 އަހަރު ފަހުން ފްރާންސުން ދުނިޔޭގެ ތަށި އުުފުލާލިިއިރު، ޓީމުގައި ހުރެވުމަކީ ހުވަފެން ހަގީގަތަކަށް ވުން ކަމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސް ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރި ފުރަތަމަ ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން، ގޯލްކީޕަރު ހޫގޯ ލޮރީސް އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ވަރާންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށާއި ފްރާންސް ޓީމުން ގެންލިގެން އެ ދިޔައީ ލީޑަރެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox