މަދީނަތުލްމުނައްވަރާ - ފުރަތަމަ ވެރިރަށް

މަދީނާގައި ހުންނަ ރަސޫލާގެ މިސްކިތް، މަސްޖިދުލް ނަބަވީ -- ފޮޓޯ: ވިޒިޓްސައުދީ

މަދީނާގައި ހުންނަ ރަސޫލާގެ މިސްކިތް، މަސްޖިދުލް ނަބަވީ -- ފޮޓޯ: ވިޒިޓްސައުދީ

އިސްލާމީ ވެރިކަން ފެށިގެން އައި ގޮތަށް ނަޒަރެއް ދޭނަމަ، އަހަރެމެން މުސްލިމުން އެބިމަކަށް ނުހަނު އިހުތިރާމާއި ހުރުމަތް އަދާކުރަމުންދާ މަދީނަތުލްމުނައްވަރާގެ ތާރީހުން ބަޔަކަށް އަލިއަޅުވާލުމަކީ އެކަމާއި ނުލައި ވާހަކަ ކުރިޔަށް ނުގެންދެވޭނެ ކަމެކެވެ. މީލާދީ ސަނަތުން ފަނަރަ އަހަރުގެ ކުރިންވެސް މަދީނާގެ ބިމުގައި އިންސާނުން ދިރިއުޅެމުން ގޮސްފައިވާކަމަށް ތާރީހުން އެނގެން އޮވެއެވެ. ޔަޘްރިބްގެ ނަމުން މިރަށުގެ ވާހަކަ މީލާދީ ތާރީހު ފެށުމުގެ ފަސްވަނަ ގަރުނުގެ ކުރީގެ ލިޔުންތަކުންވެސް ފެންނާން އެބަހުއްޓެވެ. ތާރީހު ކިޔައިދޭގޮތުގައި މަދީނާގެ އެންމެ ދުވަސްވީ ރަށްވެހީންނަކީ ޢުބައިލް ނަމަކަށް ކިޔުނު ގަބީލާ އެވެ. މަދީނާ އޭރު އޮތީ ގަދީމީ ގަދަ ބާރެއްކަމަށްވާ އަމާލިގުންގެ ވެރިކަމަށް ތަބާވާ ރަށެއްގެ ގޮތުގަ އެވެ. އެހެން އޮވެފައި، ފަހުން މަދީނާ ބަދަލުވެގެންދިޔައީ އޭރު ޔަމަނުގައި އޮތް ރަސްކަމަށް ތަބާވާ ރަށަކަށެވެ. ޔަމަނުގައި އޮތް މަޢީންގެ ރަސްކަމެވެ. އެއީ ގަދީމީ ޒަމާނުގެ އަރަބީންގެ ބާރުގަދަ ރަސްކަމެކެވެ.

ޔަމަނު ކަރައިގައި އޮތް މަޢީންގެ ރަސްކަމަށް ތަބާވާ ރަށެއްގެ ގޮތުގައި މަދީނާ އޮއްވައި، މީލާދީ ސަނަތުގެ ކުރިޔަށް ދެވަނަ ގަރުނުގެ ތެރޭގައި ފަލަސްތީނުން ގިނަ އަދަދެއްގެ ޔަހޫދީން މަދީނާއަށް ހިޖުރަކުރި އެވެ. އެއީ ރޯމަނުންގެ އަނިޔާތަކަށް ކެތްނުކުރެވިގެން އުފާވެރި ބާއްޖަވެރި ދިރިއުޅުން ހޯދައިގަތުމަށެވެ. މަދީނާއަކީ އެފަދަ މާހައުލެކެވެ. ޔަމަނު ކަރައިގެ ހިމާޔަތަށް މުހިންމު މައުރަބް ޑޭމް ހަލާކުވުމުގެ ކާރިސާއާ ގުޅިގެން އެތައް ހާސް ބަޔަކު ޔަމަނުކަރައިގައި އޮތް އަރަބީންގެ ރަސްކަމަށް ތަބާވާ ރަށްތަކަށް ހިޖުރަކުރާންޖެހުނީ މީލާދީ ތާރީޚް ފެށިގެން އައި ދުވަސްވަރުއެވެ. އިސްލާމީ ތާރީހުގައި ނަން ހިނގާ މަދީނާގެ ދެ ދަރިކޮޅުކަމަށްވާ އައުސް ހާންދާނާއި ޚަޒްރަޖް ހާންދާން މަދީނާއަށް ހިޖުރަކުރީ ހަމަ އެހާދިސާއާ ގުޅިގެން ޔަމަންކަރަ ދޫކޮށްލުމަށްފަހުގައެވެ. އެޔާއެކު މަދީނާވެފައި އޮތީ އަރަބީންގެ އެތައް ގަބީލާއަކާއި ޔަހޫދީންގެ ތިން ގަބީލާއެއް ދިރިއުޅެމުންދާ ސިޓީއަކަށެވެ. މިހުރިހާ ގަބީލާތަކެއް އެއްގަލަކަށް އަރާނެ ހަމައެކަނި ކަމަކީ، މަދީނާ އޭގެ ޒާތުން ހިމާޔަތްކުރުންކަމަށްވާތީ، މަދީނާއަށް އަންނަ ކޮންމެ ނުރައްކަލަކުން އެރަށް ސަލާމަތްކުރުމަށް ހުރިހާ ގަބީލާތަކެއްގެ މެދުގައި އެއްބަސްވެވިފައި އޮތެވެ. ނަމަވެސް ތާރީހުގެ އެހެން ސަފުހާތަކެކޭ އެއްފަދައިން ޔަހޫދީންނަކީ އަހުދަށް ވަފާތެރިވުމުގެ ސިފަ ނެތް ބަޔެއްކަން ތާރީހުގެ މިސަފުހާއިންވެސް ފެންނާން އޮވެއެވެ. އެހެންކަމާއެކު މަދީނާގެ ގަބީލާތަކުގެ މެދުގައި ދޭތެރެ ދޭތެރެއިން ހަނގުރާމަ ފެށި އެހަނގުރާމަތައް ޒަމާންތަކަށް ދެމެމުން އައިސްފައިވެ އެވެ.

ކޮންމެއަކަސް މިތާރީހީ ހަގީގަތްތަކުގެ އަލީގައި ބަލާއިރު، މަދީނާގައި ތޮބީއީ ގޮތުން އެންމެ ހޭލުންތެރި ބާރުގަދަ ދެދަރިކޮޅަކަށްވާނީ އައުސްޚާންދާނާއި ޚަޒްރަޖު ހާންދާނުކަމާމެދު ހަމަ ކުޑަކޮށްވެސް ޝައްކެތް ކުރާނެ ޖާގައެއް ނެތެވެ. އެހެނީ އެބައިމީހުން އެތަނަށް އައީ، އެރަށް ތަބާވެގެން އޮތް އަރަބީންގެ ރަސްކަމުގެ މައި މަރުކަޒުކަމަށްވާ ވެރިރަށް ޔަމަން ކަރައިންނެވެ. މަދީނާގެ މާހައުލު މިދެންނެވި ހާލެއްގައި އޮއްވައި، ކައިރީ އޮތް މައްކާއޭ ކިޔުނު ރަށުން އަހަރެމެންގެ މާތް ނަބިއްޔާ ފާޅުވެއްޖެއެވެ. އިތުރު އެކަލޭގެފާނު ގެންނެވި ރިސާލަތަށް ދައުވަތުދެއްވަން ފައްޓަވައިފިއެވެ. ނަމަވެސް މައްކާގައި އިތުރު އެކަލޭގެފާނަށް ތަބާވަމުން އޭރު ދިޔަ ގިނަ މީހުންނަކީ ފަގީރުންނާއި ނިކަމެތީންނެވެ. ބޮޑުންނާއި މުއްސަނދީންގެ ތެރެއިން ބޭބޭކަލުން އިސްލާމްވެވަޑައިގެންނެވި ނަމަވެސް މައްކާގެ އެންމެ ނުފޫޒުގަދަ ބޮޑެތި މީހުންގެ ގިނަ ބައިގަނޑު ޚިޔާރުކުރީ އިތުރު އެކަލޭގެފާނަށް ކާފިރުވުމުގެ މަގެވެ. މާތް ނަބިއްޔާއަށް ތަބާވާ މީހުންނަށް އަނިޔާކޮށް ވެސް ހަދަނީ އެވެ. މައްކާގައި އިސްލާމްވަމުންދިޔަ މީހުންނަށް އޮތީ ފުރައްސާރައާއި އަނިޔާއާއި ކުރިމަތިލުމެވެ. އަމާންކަމާއެކު އިސްލާމްދީނަށް އުޅެވޭނެ މަގެއް ފެންނާކަށް ނެތެވެ. މައްކާގެ ބޮޑުން އިސްލާމެއް ނުވިއެވެ.

މާތް ނަބިއްޔާ ޖެހިގެން އޮތް ތާއިފަށް ވަޑައިގެން އިސްލާމީ ރިސާލަތުގެ ދައުވަތު ފެއްޓެވިއެވެ. ތާއިފްގެ ބޮޑުން މާތް ނަބިއްޔާ އެރަށުން ބޭރުކުރީ ނުހަނު އަނިޔާވެރިކަމާއި ބޭއިންސާފާއި ފުރައްސާރައާއެކީ އިތުރު އެކަލޭގެފާނުގެ ހަށިކޮޅުން ލޭފޮދު އޮހޮރުވަމުންނެވެ. މާތް ނަބިއްޔާ ދެން އަމާޒު ހިއްޕެވީ އުންމީދާއެކު ހައްޖުވެރިންނާ ދިމާއަށެވެ. މައްކާގައި ހުންނަ ގެފުޅަށް ޙައްޖުވުމަކީ އަހަރެމެންގެ ނަބިއްޔާ ގެންނެވި ރިސާލަތުގެ ކުރިޔަށް އިބްރާހީމް ޢަލައިހިއްސަލާމްގެ މިއްލަތުގައި ވެސް އޮތް ކަމެއްކަމަށްވެފައި، އޭރުވެސް އެކި ސަރަހައްދުތަކުން އަރަބިންނަކީ ގެފުޅަށް ޙައްޖުވުމަށް މައްކާއަށް އަންނަ ބަޔެކެވެ. މިގޮތަށް ގެފުޅަށް ޙައްޖުވުމަށް ޒިޔާރަތްކުރި ޙައްޖުވެރިންތަކަކަށް މާތް ނަބިއްޔާގެ ރިސާލަތުގެ ދަޢުވަތު އިތުރު އެކަލޭގެފާނު ދެއްވުމުން، މަދީނާއިން އައި ހައްޖުވެރިންކުރެ ހައެއްކަ މީހުން އިސްލާމްވިއެވެ. ޖެހިގެން އައި އަހަރު މަދީނާގެ ނުފޫޒުގަދަ ދެ ޚާންދާނުކަމަށްވާ އައުސްއާއި ޚަޒްރަޖް މިދެ ގަބީލާއަށް ނިސްބަތްވާ ނުފޫޒުގަދަ ބާރަ ބޭކަލަކު ޙައްޖަށް ވަޑައިގެންނެވިއެވެ. މިބާރަ ބޭކަލުންނާއި މާތް ނަބިއްޔާއާ ދެމެދު އެއްބަސްވުމެއް ވެވުނެވެ. އިސްލާމީ ފިޤުހުގައި އެޔަށް ކިޔަނީ، މާތް ނަބިއްޔާއަށް އެބާރަ ބޭކަލުން ބައިޢަތު ހިއްޕެވުމެވެ. ބައިޢަތުގެ ނަމަކަށް ކިޔުނީ ޢަޤަބާގެ ބައިޢަތެވެ. އެކަން ހިނގި ސަރަހައްދުގެ ނަމުންނެވެ. ޢަޤަބާގެ އެއްބަސްވުމޭ ވެސް ކީދާނެއެވެ. އަޅުގަނޑު ހިތުން ޢަޤަބާގެ ކޮންވެންޝަންއޭ ކިޔަސް ހަމަ އެންމެ ރަނގަޅެވެ. ތަފާތަކީ ވަޙީ ބާވާލެއްވޭ ރަސޫލަކަށް އީމާންވެވުމާއެކު އެއްބަސްވެވޭ ކަމަކީ އެދީނުގެ ނަން މަތިވެރިކުރުންކަމަށްވުމެވެ. އާދޭހެވެ. އިސްލާމީ ވެރިކަމުގެ ފެށުންވެސް ގުޅިލާމެހޭނީ ހަމަ މި ކޮންވެންޝަނާއެވެ. ޢަޤަބާގެ ފުރަތަމަ ބައިޢަތުގައި މާތް ނަބިއްޔާއަށް ބައިޢަތު ހިފެވުނު ކަންކަމުގެ ތެރޭގައި، މާތް ﷲ އަށް އަޅުކަން ކުރުމުގައި އެހެން އެއްޗެއް ބައިވެރިނުކުރުމާއި، ވައްކަންނުކުރުމާއި، ޒިނޭނުކުރުން ފަދަ އިސްލާމްދީނުގެ މައިގަނޑު އަސާސްތައް ހިމެނިފައިވާކަން މާތް ﷲ ރުއްސުންލެއްވި ޢުބާދާ ބުނުއްޞާމިތު ރިވާކުރައްވައިފައިވާ އެހާދިސާގެ ތަފުސީލުން އެނގެ އެވެ. ދެންނެވުނު ކަންކަމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކެވެ. ތަހުޒީބާއި ތަމައްދުނު އެމައްޗަށް ބިނާވާނެ ބިންގާވެސް ނޫންތޯ އެވެ.

މާތް ނަބިއްޔާ މަދީނާގެ މި ބާރަ ބޭކަލުންނާއެކު މާތް ޞަޙާބީ މުޞްޢަބު ބިން ޢުމައިރު ފޮނުއްވިއެވެ. އިސްލާމްދީން އުގަންނަވައިދެއްވާނެ ބޭކަލެއްގެ ގޮތުގަ އެވެ. މިއާއެކު ދާދި އަވަހަށް މަދީނާގައި އިސްލާމްދީން ފެތުރިއްޖެއެވެ. މުޞްޢަބު ބިން ޢުމައިރު އަލުން މައްކާއަށް އެނބުރި ވަޑައިގެންނެވީ ހައްޖު މޫސުމެއްގަ އެވެ. މަދީނާގެ 73 ފިރިހެން ބޭކަލަކާއި 2 އަންހެން ބޭކނަބަލުން އަރިހުގައި ވަޑައިގަތީ، އިތުރު މާތް ނަބިއްޔާއަށް ބައިޢަތު ހިއްޕެވުމަށެވެ. އާދޭހެވެ! ޢަޤަބާގެ ދެވަނަ ކޮންވެންޝަނެވެ. ޢަޤަބާގެ ދެވަނަ ބައިޢަތެވެ. އެއްވަނަ ބައިޢަތުގައި އެއްބަސްވެވުނު ކަންކަމުގެ އިތުރަށް މި ދެވަނަ ބައިޢަތުގެ އެއްބަސްވުމުގައި، ދައްޗާއި ތަނަވަސްކަމުގައި އުނދަގުލާއި ފަސޭހައިގައިވެސް މާތް ނަބިއްޔާއަށް އަޑުއަހައި ކިޔަމަންގަތުން ހިމެނިފައިވެ އެވެ. އެންމެ ފާހަގަކުރެވޭ ތަންކޮޅަކީ ދިފާއުގައި ހަނގުރާމަ ކުރާންޖެހިއްޖެނަމަ އެކަމަށްޓަކައި ވެސް މި އެއްބަސްވުމުގައި ބައިޢަތު ހިފެވުނުކަމެވެ. އެއީ ފުރަތަމަ ބައިޢަތުލްޢަޤަބާގައި އޮތް ޝަރުތެއް ނޫނެވެ. މިދެ އެއްބަސްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުން ކުރެ ގިނައީ މުޅިންވެސް އައުސް ދަރިކޮޅާއި ޚަޒްރަޖް ދަރިކޮޅުގެ ބޭބޭކަލުންނެވެ. ކުރިންވެސް ދެންނެވިހެން މަދީނާގައި ރަށްވެހިވަމުން އައި ގޮތަށް ބަލާއިރު، އެއީ އޭރު މަދީނާގައި އޮންނާނެ އެންމެ ބައިގިނަ، އަދި ހޭލުންތެރިކަމުގެ ގޮތުންވެސް އަދި ފުދުންތެރިކަމުގެ ގޮތުންވެސް އެންމެ އިސްވާނެ އެރަށުގެ އެންމެ ނުފޫޒު ހުރި ދެ އާއިލާއެވެ. އެރަށުގެ އާބާދީގެ ބޮޑު ބައިވެސްމެ އެވެ.

ޢަޤަބާގެ ދެ ބައިޢަތާއެކު މަދީނާގައި އިސްލާމްދީން ފެތުރި، މަދީނާގެ މާހައުލަކީ މާތް ނަބިއްޔާގެ އިސްލާމީ ރިސާލަތު މުޅި ދުނިޔެއަށް ފެތުރުއްވުމުގައި މައިމަރުކަޒު ކަމުގައި ހައްދަވަންވީ ތަނުގެ ގޮތުގައި ފައްކާވެ ފުރިހަމަވެއްޖެއެވެ. މާތް ނަބިއްޔާ އަވަހާރަކޮށްލުމަށް މުޝްރިކުން ރާވަމުންދަނިކޮށް، އިތުރު އެކަލޭގެފާނު މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއިރު، މަދީނާގެ މާހައުލު އޮތީ ދެންނެވުނު ފަދައިން އިސްލާމީ ދައުވަތުގެ މަރުކަޒަށް ފައްކާކުރެވި ފުރިހަމަކުރެވިއެވެ. އެމަރުކަޒުގައި މަދުވަނީ ހަމަ އިތުރު މާތް ނަބިއްޔާއެވެ. އިތުރު އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމާއެކު ކިޔުއްވި ހޫނުގަދަ މަރުހަބާ ތާރީހުގައި ރަންދެލީން ލިޔެވިފައި އޮންނަ އޮތުން މިކަމުގެ ދަލީލަށް ފުދެއެވެ.

މިލިޔުމުން ކިޔުންތެރިޔާގެ ސިކުނޑީގައި ޖާގައެއް ހޯދަން އަޅުގަނޑު މިމަސައްކަތްކުރަނީ، އިސްލާމީ ރިސާލަތު ފުރިހަމަވެދިއުމަށްފަހު، އަދި މާތް ނަބިއްޔާ ސުވަރުގެވަޑައިގަތުމަށްފަހު، މަތީން ބާވާލެއްވޭ ވަޙީގެ ޒަމާނަށްފަހު، މުސްލިމުންގެ ވެރިކަން ހިނގަމުން އައި ގޮތުގެ ފެށުމުގައި ދަންނަވާލެވުނު މުހިންމު ހާދިސާއެއްގެ އިތުރު ތަފުސީލަށެވެ. އާދޭހެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާކަމަށް އަބޫބަކުރުގެފާނު އިހުތިޔާރުކުރެވުނު މަޖިލީހުގައި މާތް ޞަޙާބީ ސަޢުދު ބިން ޢުބާދާގެ ނަންފުޅު ހުށަހެޅިގެން ދިޔަ ސަބަބާއި ސަޢުދު ބިން ޢުބާދާ ފަހުން މުސްލިމުންގެ ވެރިކަމާ ގުޅިގެން ހިއްޕެވި މަގާމެދު ތާރީޚް ޢިލްމުވެރިން ބަހުސްކުރައްވާ މައުޟޫއެވެ. ޚަޒްރަޖް ޚާންދާނަކީ މަދީނާގެ ކޮން ދަރިކޮޅެއްކަން އިސްވެ ދަންނަވާލެވިއްޖެއެވެ. ސަޢުދު ބިން ޢުބާދާއަކީ އެދަރިކޮޅުގެ ޒަޢީމެވެ. އެޚާންދާނުގެ ލީޑަރެވެ. އިސްވެ ފާހަގަކުރެވުނު ޢަޤަބާގެ ދެވަނަ ބައިޢަތުގައި މާތް ނަބިއްޔާއަށް ބައިޢަތު ހިއްޕެވި ބޭކަލެކެވެ. ދީނުގެ ދިފާއުގައި ހަނގުރާމަކުރަންޖެހިއްޖެނަމަ އެކަންވެސް ކުރުމަށް މާތް ނަބިއްޔާއާއަށް ބައިޢަތު ހިއްޕެވި މަދީނާގެ އަހުލުވެރިންކުރެ ޚަޒްރަޖްވަންހައިގެ ޒަޢީމެވެ. ސަޢުދު ބިން ޢުބާދާ ފަހުން އިހުތިޔާރުކުރެއްވި މަގާއި ޚަޒްރަޖް ވަންހަ އިޚްތިޔާރުކުރި މަގާއި މިކަންކަމާމެދު އެހެން ލިޔުމެއްގައި ތަފުސީލުކޮށް ބަލާލާނަމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox