އެންބީއޭ ސްކޫލްގައި ރާއްޖޭގެ ކޯޗު ހަސަން މުހިންމު ތަޖުރިބާއެއް ހޯދަނީ

Feb 9, 2023, 6:48 AM
އެންބީއޭ ސްކޫލްގައި ރާއްޖޭގެ ކޯޗު ހަސަން މުހިންމު ތަޖުރިބާއެއް ހޯދަނީ

ދުނިޔޭގެ ފެންވަރުގައި ބާސްކެޓްބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އެންބީއޭ ސްކޫލް ޕްރޮގްރާމްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ރާއްޖޭގެ ބާސްކެޓްބޯޅަ ކޯޗު ހަސަން މުހައްމަދު ދީދީ އަށް ލިބިއްޖެ އެވެ.

ހަސަން އަކީ މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ)އާ ގުޅިގެން ކުރިއަށްގެންދާ ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ޖޫނިއާ ޓީމްތައް ތަމްރީން ކުރުމުގައި މިދިޔަ ތިން އަހަރު މުހިންމު ދައުރެއް އަދާކުރި ކޯޗެކެވެ. ދުބާއީގައި ހުންނަ އެންބީއޭ ސްކޫލުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަން ހަސަން އަށް ފުރުސަތު ލިބުނީ އޭނާ މާލޭގައި ތަމްރީން ކުރި ދެ ކުއްޖަކު އެންބީއޭ ސްކޫލްގައި ތަމްރީން ހަދަން ފެށި ހިސާބުންނެވެ.

"އެ ދެ ކުދިން އެކޮޅުގައި ޓްރެއިންނި ހަދަން ފެށި ފަހުން އެކޮޅުން ފުރުސަތުތައް އޮތްކަން އެނގުނީ. ދެން ހަމަ ކޯޗެއްގެ ވަޒީފާ އަށް އެޕްލައިކޮށްގެންގެން ހަތަރު ފަހަރު އިންޓަވިއުވެސް ކޮށްފައި އެންމެ ފަހުން އޮފާ ލިބުނީ" ދުނިޔޭގެ މިވަގުތު އެންމެ ފުޅާކޮށް ހިންގަމުން އަންނަ ތަމްރީން ޕްރޮގްރާމްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާން ފުރުސަތު ލިބުނު ގޮތާ ގުޅޭގޮތުން ހަސަން ބުންޏެވެ.

Advertisement

ރާއްޖޭން ބޭރުން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ވެސް ވީ އެންމެ ފުރިހަމަ އަށް ހިފުމަކީ ހަސަންގެ ވިސްނުން.

މި ވަގުތު، ހަސަން، ދުބާއީ އެންބީއޭ ސްކޫލުގައި ހުރީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ކޮންޓްރެކްޓް އިތުރުކުރުމުގެ ފުރުސަތު ވެސް އޭނާ އަށް އެބައޮތެވެ. އެކަމަކު، އޭނާގެ ވިސްނުން މި ވަގުތު ހުރީ މި ހަ މަސްދުވަހު ގިނަ ކަންތައްތަކެއް ދަސްކޮށް އޭގެ ފައިދާ ދިވެހި ބާސްކެޓްބޯޅަ އަށް ފޯރުކޮށްދޭށެވެ.

އެންބީއޭ ސްކޫލުގެ އެކި އުމުރުފުރާގެ ޓީމްތަކަށް ހަސަން އިރުޝާދުދޭނެ އެވެ. އެ ގޮތުން ކޮންމެ ދުވަހެއްގައި ވެސް ކަނޑައެޅިފައިވާ ކަރިކިއުލަމްއާ އެއްގޮތަށް ތިއަރީ ކްލާސްތަކާއި، ތަމްރީންތައް ކުރިއަށްގެންދާނެ އެވެ.

އެންބީއޭ ސްކޫލުގެ ތަމްރީން ޕްރޮގްރާމާ ގުޅޭގޮތުން އޭނާ ބުނީ އެންމެ ބޮޑަށް ފާހަގަވަނީ ހުރިހާ ކަމެއްވެސް ހަރުދަނާ އުސޫލެއްގެ ތެރެއިން ރޭވިގެން ދިޔުން ކަމަށެވެ. މިއީ ރާއްޖޭގައި ނުފެންނަ މަންޒަރެއް ކަމަށާއި، ކޮންމެ ކުޅިވަރެއްގައިވެސް މި ގޮތަށް ކަންކަން ކުރުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

"އަސްލު ވަރަށް ލޯ ހުޅުވިއްޖެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް. މި ކޮޅުގައި ހުރިހާ ކަމެއް ވެސް ވަރަށް އޯގަނައިޒް، ވަކި ސްޓްރަކްޗާ އަކަށް ހުރިހާ ކަމެއް ދަނީ. މީޓިންތަކާ، ޓްރެއިނިން ބްރީފިންއާ ކަންކަން ވެސް ހިމެނޭނެ ކޮންމެ ދުވަހަކު ވެސް. ކޯޗުން ވެސް އެހެން މީހުން ވެސް ހުރިހާ ކަމަކަށް ވަރަށް ތައްޔާރުވެގެން ޓްރެއިނިން އަށް ނިކުންނަނީ" މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އެހީތެރިކަމާ އެކު އެމެރިކާގައި އޮތް ކޯޗިންގެ ކޯހެއް ވެސް ފުރިހަމަކުރި ހަސަން ބުންޏެވެ.

މެޗެއްގެ ތެރެއިން ހަސަން ކުޅުންތެރިންނަށް ބުނެދެނީ: ރާއްޖޭ ހުރިހާ ކުޅިވަރެއްގައި ޖުމްލަކޮށް މި ހިމެނޭ ކޯޗިން އޮފިޝަލުންގެ ތެރެއިން އެންމެ އުންމީދީ ކޯޗުންގެ ތެރޭގައި ހަސަން ހިމެނޭ.

ހަސަންގެ އުއްމީދަކީ އެންބީއޭ ސްކޫލުގައި އޭނާ އަށް ލިބޭ ތަޖުރިބާގެ އެހީގައި ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް ރަނގަޅު ޕްލޭނެއްގެ ތައްޔާރުކުރެވި ޖޫނިއާ ޕްރޮގްރާމްތައް ހަރުދަނާ ކުރުމެވެ. އެ ކަމަށް، އޭނާގެ އެހީތެރިކަން ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށް ވެސް ހަސަން ބުންޏެވެ.

ދުބާއީގައި ހުރެ ފޯނުން ވާހަކަދައްކަމުން ހަސަން ބުނީ މިވަގުތު އެންމެ ދެރަވާ ކަމަކީ މިހާރު ކުރިއަށްދާ ޖޫނިއާ ޗެމްޕިއަންޝިޕްގައި ބައިވެރިވާން މާލޭގައި ނުހުރެވުމެވެ. އޭނާގެ އިރުޝާދުގެ ދަށުން ޖޫނިއާ ޓީމްތަކުގައި ކުޅުނު ގިނަ ކުދިން މި މުބާރާތުގައި ވާދަކޮށް ދައްކަމުން އަންނަ ކުޅުން ހަސަން ފާހަގަކުރަނީ އުފަލާއެކުގަ އެވެ.

"ހުރިހާ ކުދިންނަށް ގުޑްލަކް ބުނެލަން ބޭނުން ހަސަންގެ ފަރާތުން ހުރިހާ ކުދިންނަށް. އެންމެން މަތިންވެސް ވަރަށް ހަނދާންވޭ. ހުރިހާ ކުދިންވެސް އެންމެ ބެސްޓް ޕާފޯމް ކުރާނެކަމަށް އުއްމީދަ ކުރަން" ހަސަން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox