އޭއެފްސީގެ ރައީސް ކަމަށް ތިން ވަނަ ދައުރަކަށް ޝެއިހް ސަލްމާން

Feb 1, 2023, 10:21 AM
އޭއެފްސީގެ ރައީސް ކަމަށް ތިން ވަނަ ދައުރަކަށް ޝެއިހް ސަލްމާން

މަނަމާ، ބަހްރޭން (ފެބްރުއަރީ 1) - އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ (އޭއެފްސީ)ގެ ރައީސްގެ މަގާމަށް ތިން ވަނަ ދައުރަކަށް، ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އެލް ހަލީފާ އިންތިހާބުވެވަޑައިގެންފި އެވެ.

ބަހުރޭންގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝެއިހް ސަލްމާން އޭއެފްސީގެ ރައީސްގެ މަގާމުގެ ތިން ވަނަ ދައުރަކަށް، މިއަދު އިންތިހާބުވެވަޑައިގަތީ، ބަހްރޭނުގައި ކުރިއަށްގެންދިޔަ، 33 ވަނަ އޭއެފްސީ ކޮންގްރެސްގަ އެވެ. ޝެއިހް ސަލްމާން އަކީ ފީފާގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ފަރާތެވެ.

ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތި، ޝެއިހް ސަލްމާން، ރައީސް ކަމުގެ އިތުރު ދައުރެއް މިއަދު ފައްޓަވާއިރު، އޭނާ އެންމެ ފުރަތަމަ 2013 ވަނަ އަަހަރު އޭއެފްސީގެ އިސް ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ، އޭރުގެ ރައީސް މުހައްމަދު ބިން ހަންމާމު މަގާމުން ވަކިވުމުންނެވެ. ގަތަރުގެ ވިޔަފާރިވެރިޔާ، ހަންމާމު، އަށް ފުޓްބޯޅައިގެ ހަރަކާތްތަކުން އުމުރު ދުވަހުގެ ސަސްޕެންޝަނެއް ދިނީ ކޮރަޕްޝަނުގެ ތުހުމަތާ އެކު އެވެ.

ހަންމާމުގެ ދައުރުގެ ފަހު ދެ އަހަރު ރައީސްކަން ކުރެއްވި، ޝެއިހް ސަލްމާން ވަނީ 2015 އާއި 2019 ވަނަ އަހަރު އޭއެފްސީގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ. އަދި ކުރިން ދެ ފަަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ޝެއިހް ސަލްމާނާ އިދިކޮޅަށް ނިކުންނާނެ ކެންޑިޑޭޓެއް ނެތެވެ.

"އިތުރު ހަތަރު އަހަރުގެ ދައުރަކަށް އަހަރެން މި މަގާމުގައި ބަހައްޓަން ނިންމީތީ އެންމެނަށް ޝުކުރު އަދާކުރަން،" މިއަދުގެ ކޮންގްރެސްގައި ޝެއިހް ސަލްމާން ވިދާޅުވި އެވެ. "މިހާރު އޭޝިއާގެ ފުޓްބޯޅަ މި ދަނީ ބޮޑު ބަދަލުތަކެއް އަންނާނެ މިސްރާބަކުން،"

ފީފާގެ ކޮންގްރެސްގެ ތެެރެއިން އިންފަންޓީނޯ (ކ) އާއި ޝެއިހް ސަލްމާން.

ފީފާގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު ޖިއާނީ އިންފަންޓީނޯ އިންތިހާބުވެވަޑައިގަތްއިރު، ޝެއިހް ސަލްމާން އަކީ އިންފަންޓީނޯއާ ވާދަކުރައްވަން ނުކުތް ކެންޑިޑޭޓެކެވެ. އެކަމަކު، ފަހަކަށް އައިސް އިންފަންޓީނޯ އާއި ޝެއިހް ސަލްމާން އަކީ އަރިސް ދެބޭފުޅުންނެވެ. ޝެއިހް ސަލްމާން އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެެންނެވުމާ އެކު، އިންފަންޓީނޯ ވަނީ ޝެއިހް ސަލްމާނަށް މަރުހަބާ ދަންނަވައިފަ އެވެ.

"މި ފަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަކީ އެންމެ ފުރިހަމަ މުބާރާތް، އެއާ ހަމަކުރެވޭނެ މުބާރާތެއް އަވަހަށް ނާންނާނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ޝެއިހް ސަލްމާނާ އެކު، 2023-2027 ގެ ދައުރުގައި ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ، ވެސްޓް ޒޯނުގައި ލެބަނަންގެ ހައިޝަމް ހައިދަރު، ސެންޓްރަލް ޒޯނުގައި އީރާންގެ މެހްދީ ތާޖު، ސައުތު ޒޯންގައި ބޫޓާންގެ އިއުގެން ސެޝުޕް، އާސިއާން ޒޯންގައި މިޔަންމާގެ ޒައޮ ޒައޮ އަދި އީސްޓް ޒޯނުގައި މޮންގޯލިއާގެ ގަންބާތަރު އަމްގަލަންބާތަރު އެވެ.

އޭއެފްސީ އަކީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާގެ ދަށުން އޮންނަ ބައްރުތަކުގެ ފެޑެރޭޝަންތަކުގެ ތެރެއިން އެންމެ ބޮޑު ފެޑެރޭޝަނެވެ. އެގޮތުން ފީފާގެ މެމްބަރު 211 ގައުމުގެ ތެެރެއިން، 47 ގައުމު ނިސްބަތްވަނީ އޭއެފްސީ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox