މިލާނާއި ޔުވެންޓަސް ބަލިވިއިރު، ނަޕޯލީން ފައިދާނަގައި 13 ޕޮއިންޓަށް ލީޑުފުޅާކޮށްފި

Jan 30, 2023, 4:02 AM
ނަޕޯލީގެ އޮސީމެން ގޯލު ޖެެހުމަށް ފަހު އުފާފާޅުކުރަނީ.

ނަޕޯލީގެ އޮސީމެން ގޯލު ޖެެހުމަށް ފަހު އުފާފާޅުކުރަނީ.

މިލާން (ޖެނުއަރީ 30) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި ޔުވެންޓަސް ބަލިވިއިރު، ނަޕޯލީން އޭއެސް ރޯމާ އަތުން ފަހު ވަގުތު 2-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، މިލާން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ ސަސުއޯލޯ އަތުން 5-2 އިން ބަލިވެފަ އެވެ. އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަދި މިލާނުގެ ކުރީގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީގެ ކްލަބް، މޮންޒާ އިން ވަނީ ޔުވެންޓަސް ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. ލާޒިއޯ ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ފިއޮރެންޓީނާއާ އެއްވަރުވެފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ލީގުގެ ތާވަލަށް ބަލާއިރު، ގަަދަ ހައެއްގައި އޮތް ކޮންމެ ޓީމެއް ވަނީ 20 މެޗު ކުޅެފަ އެވެ. ނަޕޯލީ 53 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އިންޓަ އޮތީ 40 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި އޮތް ލާޒިއޯ އާއި ހަތަރެއްގައި އޮތް އެޓަލަންޓާ އަދި ފަސް ވަނައިގައި އޮތް މިލާނަށް ވަނީ 38 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި ރޯމާ އޮތީ 37 ޕޮއިންޓް ހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިލާނުން އަށް ވަނަ މިނިޓްގައި ލީޑުނަގަން އޮލިވިއޭ ޖިރޫ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެ ފަހުން، މެޗުގެ 22 މިނިޓް ތެރޭ ސަސުއޯލޯ އިން ދެ ގޯލު ޖެހި އެވެ. ސަސުއޯލޯގެ ޑޮމެނިކޯ ބެރާޑީ ދިން ބޯޅަތަކުން . މި ލަނޑުތައް ޖެހީ ގްރެގޯ ޑެފްރެލް އާއި ޑާވިޑޭ ފްރަޓޭސީ އެވެ.

މެޗުގެ 24 ވަނަ މިނިޓްގައި މިލާންގެ ޖިރޫ ބޮލުން ގޯލެއް ޖަހައި އުންމީދެެއް ހޯދައިދިން ނަމަވެސް، އޭގެ ހަ މިނިޓް ފަހުން ބެރާޑީ ވަނީ ލަނޑެއް ޖަހައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސުއޯލޯ އަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ޕެނަލްޓީ އަކުން ސަސުއޯލޯގެ އަރްމަންޑް ލައުރިއެންޓޭ ވަނީ ޕެނަލްޓީ އަކުން އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިދީފަ އެވެ. އަދި ފަހުން މަތިއުސް ހެންރީކޭ ވަނީ ސަސުއޯލޯގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.

ސަސުއޯލޯގެ ބެރާޑީ ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ: ބެރާޑީ ވަނީ މިލާން ކޮޅަށް ގޯލެއް ޖަަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި.

ދެ ވަނަ ހާފުގައި މިލާންގެ އަންޓޭ ރެބިޗް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ވީއޭއާރް އިން ނިންމިއިރު، އެ ޓީމުގެ ފަހު ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުން ޑިވޮކް އޮރީގީ އެވެ.

އޮކްޓޫބަރުގެ ފަހުން، ފުރަތަމަ ފަހަރަށް މޮޅުވި، ސަސުއޯލޯ ރޭގެ ތިން ޕޮއިންޓާ އެކު ވަނީ 16 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 20 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.

ނަޕޯލީގެ ކިވިކާ ކްރަވަޝްކާލިއާ މެޗުގެ 17 ވަނަ މިނިޓްގައި ދިން ބޯޅައަކުން އެ ޓީމުގެ ވިކްްޓަ އޮސީމެން ވަނީ ލީޑުނަގައިދީފަ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި ރޯމާގެ ސްޓެފަން އެލްޝަރާވީ އެ ޓީމަށް އެއްވަރުކޮށްދީފައިވަނިކޮށް، އޭގެ 10 މިނިޓް ފަހުން، ނަޕޯލީ މޮޅުކޮށްދިން ލަނޑު ޖެހީ ޖިއޮވާނީ ސިމިއޯނީ އެވެ.

މޮންޒާ އިން ރޭ 10 ވަނަ މިނިޓްގައި ޖިއަންލޫކާ ކަޕްރާރީގެ ގޯލުން ލީޑުނެގި ނަމަވެސް އެ ލަނޑު ވީއޭއާރް އިން ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، އޭގެ އަށް މިނިޓް ފަހުން، ޕެޓްރިކް ކުރީއާ ވަނީ މޮންޒާ އަށް ކުރިހޯދައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑެނީ މޮޓާ ވަނީ އޭރިއާތެރެއިން ގޯލަށް ބޯޅަ ފޮނުވާލައި، މޮންޒާގެ ލީޑުފުޅާކޮށްދީފަ އެވެ.

ރޭގެ މެޗުގައި ޔުވެންޓަަސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް މޮންޒާގެ ކީޕަރު، މިޝޭލޭ ޑި ގްރެގޯރިއޯ ވަނީ މަތަކޮށްފަ އެވެ. މޮންޒާ، މި ވަނީ އިޓަލީ ފުރަތަަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ސީޒަނުގައި ޔުވެންޓަސް އަތުން ދެ މެޗުން ވެސް މޮޅުވެފަ އެވެ. ރޭގެ މޮޅާ އެކު މޮންޒާ ވަނީ ލީގު ތާވަލުގައި ވެސް ޔުވެންޓަސް އަށް ވުރެ ކުރިއަށް ޖެހިލައިފަ އެވެ.

މާލީ މައްސަލަތަކެއްގެ ސަބަބުން 15 ޕޮއިންޓް އުނިކުރި ޔުވެންޓަސް މިހާރު އޮތީ، 20 މެޗުން 23 ޕޮއިންޓާ އެކު 13 ވަނައިގަ އެވެ. މޮންޒާ ވަނީ 20 މެޗުން 25 ޕޮއިންޓާ އެކު 11 ވަނަ އަށް ޖެހިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox