އެމްޑީޕީގެ ހުވަދޫ ކިއްލާއަކަށް ވިލިނގިލި، ރައީސް ވިދާޅުވީ ގެނައި ތަރައްގީ ރައްޔިތުން ބަލައިގެންފި ކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިލިނގިލީގައި، ކުރިން އެމްޑީޕީއާ އިދިކޮޅު އެ ރަށް މިހާރު ވަނީ އެމްޑީޕީގެ މައި ރަށަކަށް ވެފައި -- ފޮޓޯ: ރައީސް ކެމްޕޭން ޓީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިލިނގިލީގައި، ކުރިން އެމްޑީޕީއާ އިދިކޮޅު އެ ރަށް މިހާރު ވަނީ އެމްޑީޕީގެ މައި ރަށަކަށް ވެފައި -- ފޮޓޯ: ރައީސް ކެމްޕޭން ޓީމް

ގއ. ވިލިނގިއްޔަކީ މީގެ ކުރިން އެމްޑީޕީ އާއި އިދިކޮޅު މައި ރަށްތަކުގެ ތެރޭގައި ގުނާލެވޭނެ ރަށެކެވެ. ނަމަވެސް ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމުން ފެނުނު މަންޒަރު ވަރަށް ވެސް ތަފާތެެވެ.

ވިލިނގިއްޔަށް ރައީސް ވަޑައިގަތުމުން ބޮޑުބެރާއި ކުރުފަލިން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވެފައި އޮތީ ރަން ރީނދޫ ލަޝްކަރެކެވެ. މުޅި މާހައުލު މަލުން ޖަރީކޮށްފައި އޮތް އިރު، ޖައްވުގައި އިހުސާސް ވަނީ ޕާޓީގެ ރޫހާއި ފޯރި އެވެ.

މީގެ ކުރިން އެމްޑީޕީއަށް ގިނަ އިންތިހާބުތަކުގައި ބޮޑެތި ނާކާމިޔާބީ ކުރިމަތިވި ވިލިނގިލީގެ މަންޒަރު އަނެއް ފުށަށް ޖެހުނީ ކީއްވެ ކަމާމެދު ސުވާލު އުފެދުނު ނަމަވެސް، މިއަދު ވެސް އިދިކޮޅު ފިކުރުގެ އަޑު އެ ރަށުން އިވެ އެވެ. ރައީސް އަށް ގިނަ ބަޔަކު މަރުހަބާ ކީއިރު، މަދުން ނަމަވެސް އަޑު ހަރުކޮށް އިދިކޮޅު ސަޕޯޓަރުން ދިޔައީ ޝުއޫރު ފާޅު ކުރަމުންނެވެ.

ހޫނު ތަރުހީބާއެކު ރައީސް ވަޑައިގެން އެ ރަށުގެ އެމްޑީޕީ ހަރުގެ ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ވިލިނގިލި ބަދަލުވިކަމަށް ބުނާ ސަބަބު ބަޔާންކޮށްދިނެވެ.

ރައީސް ސޯލިހު ގއ. ވިލިނގިލީގައި ހުރި ކެމްޕޭނު ޖަގަހަ ހުޅުއްވައި ދެއްވަނީ -- ފޮޓޯ: ރައީސް ކެމްޕޭން ޓީމް
ރައީސް ސޯލިހު ގއ. ވިލިނގިލީގައި ހުރި ކެމްޕޭނު ޖަގަހަ ހުޅުއްވައި ދެއްވަނީ -- ފޮޓޯ: ރައީސް ކެމްޕޭން ޓީމް

ރައީސް ސޯލިހު ގއ. ވިލިނގިލީގައި ހުރި ކެމްޕޭނު ޖަގަހަ ހުޅުއްވައި ދެއްވަނީ -- ފޮޓޯ: ރައީސް ކެމްޕޭން ޓީމް

ރައީސް ވިދާޅުވީ ވިލިނގިއްޔަކީ ކުރިން ކުރިން އެމްޑީޕީގެ ދާއިރާއެއް ނޫން ކަމަށެެވެ. އަދި ޒަމާނުއްސުރެ އެމްޑީޕީއާއި އިދިކޮޅު ޕާޓީތަކުން އެ ދާއިރާގެ އިންތިހާބުތައް ދިޔައީ ކާމިޔާބު ކުރަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންނަމަވެސް މި ސަރުކާރުގެ ސިޔާސަތު ތަފާތުވުމާއެކީގައި ރާއްޖޭގެ ތަރައްގީއަށްޓަކާ ކުރާ މަސައްކަތުގައި ވަކި ވިސްނުމަކަށް ނުބަލާ، އެ ދާއިރާއެއްގައި ތިބީ ކޮން ޕާޓީއެއްގެ ބައެއްތޯ ނުބަލާ، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ތަފާތު ކަމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ގެނައުމުގެ ނަތީޖާ މިއަދު ވިލިނގިލިން މި ފެންނަނީ،" ރައީސް ވިދާޅުވި އެވެ.

ކުރީގެ އިންތިހާބުތަކުގައި ވިލިނގިލިން އެމްޑީޕީއަށް ނާކާމިޔާބީ

ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ގއ. ވިލިނގިލިން ގިނަ ވޯޓު ލިބުނީ އެއިރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ. މައުމޫނާ ދެކޮޅަށް ނިކުންނަވާ އެ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވިލިނގިލި ވެގެންދިޔައީ ވޯޓު ހޯދަން އުނދަގޫ ރަށަކަށެވެ.

އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބު ތަކުގައި ވެސް އެމްޑީޕީއަށް ކުރިމަތިވީ ނާކާމިޔާބީ އެވެ. އެގޮތުން، 2014 ވަނަ އަހަރުގެ މަޖިލިސް ގޮނޑި، މިހާރު ވެސް އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ސައުދު ހުސެއިން ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ސައުދު އެ ގޮނޑި ދިފާއު ކުރެއްވީ މިނިވަން މެންބަރެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ.

ސައުދާއެކު ވިލިނގިލިވެސް ރީނދޫ ކުލައިން ޖަރީވެފައި

އެ ރަށުން ވާހަކަ ދައްކާލި ގިނަ މީހުން ބުނި ގޮތުގައި 2021 ވަނަ އަހަރު ސައުދު އެމްޑީޕީއަށް ސޮއިކުރެއްވުމާއި، މި ސަރުކާރުން އެ ރަށަށް ދެމުންދާ އަހަންމިއްޔަތު ކަމަކީ އެ ރަށުގެ ސިޔާސީ މަލަމަތި ބަދަލުވި މައިގަނޑު ސަބަބުތަކެވެ.

"ސައުދު ބަދަލުވީ، ދެން އަހަރުމެން ވެސް ބަދަލުވާނެތާ، ސަރުކާރުން އެ ދަނީ ކޮށްދޭން ބުނި ކަންކަން ކޮށްދެމުން،" އެމްޑީޕީގެ ފިކުރު ރަށުގައި ގިނަވާ ސަބަބު ކިޔައިދެމުން ރައީސް ސޯލިހަށް މަރުހަބާކިޔަން ނިކުމެ ހުރި މީހަކު ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިލީގައި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިލީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިލީގައި -- ފޮޓޯ: ރައީސް ކެމްޕޭން ޓީމް

އެ ޖަލްސާގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ މީގެ ކުރިން ވިލިނގިލީގައި އެމްޑީޕީ އޮތީ ކުރިއަށް ނުގޮސް މަޑުޖެހިފައި ކަމަށެވެ. މިއަދު ވިލިނގިލީގައި އެމްޑީޕީ ކުރިއަށްދާ ސަބަބަކީ ރައީސް ސޯލިހު ކަމަށާއި ހޮނިހިރު ދުވަހު އޮތް ޕްރައިމަރީގައި ވިލިނގިލީ ރައްޔިތުން ވޯޓުލާންވީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ވެރިކަން ދިފާއު ކުރުމަށް ކަމަށެވެ.

"މިއަދު އެމްޑީޕީގެ ހުވަދު އަތޮޅުގެ ކިއްލާ އަކީ ވިލިނގިލި، މި ރަށް އެމްޑީޕީގެ ކިއްލާއަކަށް ހައްދަވައިދެއްވީ މިއަދު މިތާ މި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،" ސައުދު ވިދާޅުވި އެވެ.

އޭގެ އިތުރުން ސައުދު ވިދާޅުވީ ވިލިނގިލީގައި ހުއްޓިފައި އޮތް ތަރައްގީ މެކުހަށް ޖަހާލަދެއްވީ ރައީސް ސޯލިހު ކަމަށެވެ. އެގޮތުން ވިލިނގިލީގެ ބަނދަރު އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް 37 ބަދަލަކާއެކު ތަރައްގީ ކޮށްދޭނެ ރައީސަކީ ރައީސް ސޯލިހު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox